އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ޓީމަށް ލަފާދޭ ކޮމިޓީގައި މިނިސްޓަރ މަޙްލޫފާއި، ބައްސާމް އަދި ނާޝިދު ނުހިމެނޭ!

ޤައުމީ ޓީމަށް ލަފާދޭ ކޮމިޓީގައި މިނިސްޓަރ މަޙްލޫފާއި، ބައްސާމް އަދި ނާޝިދު ނުހިމެނޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށާއި ޓީމުގެ އެކްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހެދި ކޮމިޓީގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި މޫސާ ނާޝިދު ނުހިމަނައި، އެ ކޮމިޓީ އަލުން އެކުލަވާލައިފިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން ފުޓުބޯޅައަށް އޮތް ފޯރި އަލުން އަނބުރާ ގެނެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށް ހެދުމަށް އެފްއޭއެމް އިން އިސްނަގައިގެން ވަނީ ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީގައި ފުރަތަމަ ހިމެނުނީ، މިނިސްޓަރު މަހުލޫފް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި، ބައްސާމް އަދި ކޮމިޓީގެ ޗެއާމަންގެ މަގާމުގައި މިވަގުތު ހުންނެވި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. 

ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެހެން ބައެއް އެސޯސިއޭޝަންތަކުގެ ޝަކުވާއާ އެކު މިނިސްޓަރ މަހްލޫފް ވަނީ ކޮމިޓީއިން ނަން އަނބުރާ ގެންދަވާފަ އެވެ. އެހެން ނަމަވެސް އޭނަގެ ފުރިހަމަ އެއްބާރުލުން ކޮމިޓީއަށް ބޭނުންވެއްޖެ ހާލަތެއްގައި ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ފަހުން އެކުލަވާލި ކޮމިޓީގައި ބައްސާމާއި ނާޝިދުގެ ބަދަލުގައި ހިމެނެނީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އާއި ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު (އޮގަރު އައްޔަ) އަދި ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރުފަތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ