އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭން ތަޢާރަފްކުރަންވީ އިތުރު ޙަރާމްކަންކަންތޯ؟ ނޫނީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓާލަންވީތޯ؟

ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭން ތަޢާރަފްކުރަންވީ އިތުރު ޙަރާމްކަންކަންތޯ؟ ނޫނީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓާލަންވީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ ކުރީގެ ސަރުކާރުން ވަރަސް ގިނަ ވައްކަންކޮށްފިކަމަށާއި އެކަންކަން ބަލައި ފިޔަވަޅު އަޅައި ވަގަށް ނެގި ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވަޢުދުތައްވަމުންނެވެ. ނަމަވެސް ވެރިކަމަށް އައުދެވުމާއިއެކު ފެނިގެންދަނީ މުޅިން ތަފާތު މަންޒަރުތަކެވެ. ކުރީ ސަރުކާރަށްވުރެ ގިނައިން ވައްކަންކުރާތަނެވެ. 

މަޖިލީހުގެ މެޖޯރިޓީ ލިބުނީމާ މާލިއްޔަތުގެ ޤާނޫނަށް ބޭނުންހައި ބަދަލުތަކެއް ގެނެސް ބޭނުންހައި ކަމެއް ކުރެވޭގޮތް ހަދާތަން މިއޮތީ ފެންނާށެވެ. ކޮންމެ ސިފައެއްގައި ނަމަވެސް މިކުރަނީ އެއްކަމެކެވެ. ދައުލަތަށް ލިބޭ އާމްދަނީ ޙައްޤު ނޫން ގޮތުގައި ބޭނުންކުރުމެވެ.

ހެލްތް މިނިސްޓްރީގެ މިނިސްޓަރު ބަދަލުކުރަންބޭނުންވީމާ ގަދަކޮށްލި އަޑުތަކަކީ ޙަޤީޤަތެއް ނަމަ އެފައިސާ އަނބުރާ ނުހޯދިގެން އުޅެނީ ކީއްވެގެންތޯއެވެ؟ އެއީ ވައްކަމެއްނަމަ އެއްވެސް މީހަކަށް ފިޔަވަޅު ނުއެޅިގެން އުޅެނީ ކީއްވެގެންތޯއެވެ؟ ސަރުކާރުން ކުރާ ކަމެއް ބަލަން މަޑުޖައްސާލަން ބުނާއިރަށް އޭސީސީގެ މެންބަރުން ބަލުކުރަނީ ކީއްވެގެންތޯއެވެ؟ މިހެން ގޮސް ކުރެވިދާނެ އެތައް ސަތޭކަ ސުވާލުތަކެއް އެބަހުރި ނޫންތޯއެވެ؟

މާލީ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ލިބުމުން މާލިއްޔަތުގެ ޤާނޫނަށް ބަދަލު ގެނެސްގެންނާއި އެނޫންވެސް އެފަދަ ގޮތް ގޮތުން މިހާރު ކުރަމުން ގެންދާ އެފަދަ މުޢާމަލާތުތަކުގެ ފުރިހަމަ އޮޑިޓެއް ކޮށްފިނަމަ މިހާރުގެ ސަރުކާރަށް ވަރަށް ވަރުގަދަ ރެކޯޑެއް ޙައްޤުވާކަން އެނގިގެންދާނެއެވެ. 

3 މަސްދުވަހުން ހާމަކުރާނެކަމަށް ބުނި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓް 3 އަހަރުވީއިރުވެސް ހާމަނުކުރެވިގެން މިއުޅެނީ ތިމާމެންގެ އަމިއްލަ ނަން އެލިސްޓުގައި އޮތުމުން ކަމަށް ޤަބޫލުނުކުރަންވީ ސަބަބަކީ ކޮބައިކަން ބުނެދޭންވެއްޖެ ނޫންތޯއެވެ؟ 

މިފަދަ އެތައްތައް ސުވާލުތަކެއް ހުއްޓައި ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ ނަމުގައި މަޖިލީހުގައި ބަހުސް މިކުރަނީ ރާއްޖޭގައި މިހައިތަނަށް ނެތް ބޮޑެތި ޙަރާމްކަންކަން ތަޢާރަފްކޮށްގެން ފައިސާ ހޯދާށެވެ! ހަމަ ޤައިމުވެސް ވައްކަންކުރުން ހުއްޓާލައިފިނަމަ އެކަމުން ދެދުނިޔޭގައިވެސް ކުރާނީ ފައިދާއެވެ. ކޮންމެ ނަމެއް ކިޔާފައިވެސް ޙަރާމް ކަންކަން ތަޢާރަފްކުރުމުން ވާނީ ފާފަވެރިއެވެ. ކުރިމަތިލާންޖެހޭނީ ﷲ ތަޢާލާގެ ކޯފާއާއިއެވެ. 

މިކަންކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް މުސްލިމަކު ދެކޮޅު ހަދާނެ ކަންކަމެއް ނޫނެވެ. ކުރަން އޮތް ކަމަކީ އިތުރަށް ޙަރާމް ކަންކަން ތަޢާރަފްކުރުންތޯ ވައްކަންކުރުން ހުއްޓާލުންތޯ ވިސްނައިލުން ބުއްދިވެރި ނޫންތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް