އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯލްޑްކަޕް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން އުރީދޫން ނިންމައިފި

ވޯލްޑްކަޕް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން އުރީދޫން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ދުނިޔޭގައި ބާއްވާ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ވޯލްޑްކަޕް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން އުރީދޫން ނިންމައިފިއެވެ.

މިކަމާގުޅިގެން އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ މިފަހަރުގެ ވޯލްޑްކަޕް ބާއްވާ ޤައުމުކަމަށްވާ ގަތަރުގައި އޮތް ފޯރިއާއި ގާތްކުރާ މިންވަރަށް ރާއްޖޭގައިވެސް ވޯލްކަޕްގެ ފޯރި ގަދަކުރަން ބޭނުންވާކަމަށާއި އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްތަކާއި ގުޅިގެން ފޭން ޒޯނުތަކެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު ބައެއް ރަށްރަށުގައި މިހާރުވެސް ފޭން ޒޯންތައް ޤާޢިމްކޮށް ފޯރިއާއިއެކު ވޯލްޑްކަޕްގެ ޙަރަކާތްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯލްޑްކަޕާއި ގުޅިގެން އުރީދޫން ވަނީ ޚާއްޞަ ޕްރޮޑަކްޓްތަކެއްވެސް ލޯންޗްކޮށްފައެވެ. އެގޮތުން ވޯލްޑްކަޕްގެ ހުރިހާ މެޗެއް މީޑިއާނެޓްގެ އެޕް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުން ބަލާލެވޭނެ ގޮތަށް 250 ރުފިޔާއަށް 100 ޖީބީ އާއި މީޑިއާނެޓްގެ ސަބްސްކްރިބްޝަން ހިލޭ ލިބޭގޮތަށް ވަނީ ޕްރޮޑަކްޓެއް ލޯންޗްކޮށްފައެވެ.

މީގެއިތުރުން ވޯލްޑްކަޕް ބެލުމަށް ގަތަރަށް ދާ ދިވެހިންނަށް ޚާއްޞަކޮށްގެން 1000 ރުފިޔާއަށް އެއް ޓީބީގެ ޑޭޓާ އެއްމަސްދުވަހަށް ލިބޭ ޕްރޮޑަކްޓެއްވެސް ތައާރަފްކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ޕެކޭޖް 4ޖީ އަދި 5ޖީ ގައިވެސް ބޭނުންކުރެވޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އދި ގޯލަރ އެޕް މެދުވެރިކޮށް މެޗްތަކުގެ ސްކޯ ދިމާކޮށްގެން ހޮވޭ 7 ފަރާތަކަށް ޚާއްޞަ އިނާމުތަކެއް ކަނޑައެޅިފައިވާކަމަށާއި ރާއްޖޭގެ ހަތަރު ސިޓީގައި ފީފާ ޓޯނަމެންޓެއްވެސް ވަރަށް އަވަހަށް ޢިއުލާނުކުރެވިގެންދާނެކަމަށެވެ.

މާލެ، ކުޅުދުއްފުށި، ފުވައްމުލަކުގެ އިތުރުން އައްޑޫސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ޓޯނަމެންޓާއި ގުޅޭގޮތުން ނިޔާޒު ވިދާޅުވީ ކޮންމެ ދިވެއްސަކަށްވެސް މި މުބާރާތުގައި ބައިވެރި ވެވޭނެކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު