އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފި!

"ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި "ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފިއެވެ.

"އަންނަ ހަފުތާގައި ގަތަރުގައި ބާއްވާ މި އަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަކޮށް ފާހަގަކުރާ އިވެންޓެއް. އެގޮތުން މި ކުޅިވަރު އީދައި ގުޅިގެން އަޅުގަނޑުމެންގެ "ދިރާގު ފުޓުބޯޅަ އީދު" ލޯންޗުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކެމްޕެއިންގެ ޚާއްސަ ޕްރޮމޯޝަންތަކައި އޮފާރތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެން ބޭނުންވަނީ މި މުބާރާތް ދިވެހިރާއްޖޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނާއި ހަމައަށް ގެނެސްދޭން. "ދިރާގުގެ އެސިސްޓަންޓް މެނޭޖާރ އެޑްވަރޓައިޒިންގ، ހަސަން ޝާރިހް ވިދާޅުވިއެވެ.

ދިރާގުން ކުރިއަށް ގެންދާ "ފުޓުބޯޅަ އީދު" ކެމްޕެއިންގެ ދަށުން އެކުންފުނިން ދިރާގު ޚިދުމަތްތަކައި ގުޅުވައިގެން ބޮޑު ތިން ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެއެވެ.

•  ޖެހީ ލިބުނީ ޖީބީ: މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެއެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް   މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓަރކުރެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރެޖިސްޓަރ ކުރެވޭނީ އެއް ފަހަރުއެވެ.

•  މެޖިކް ޑޭޓާ: 350 ރުފިޔާއަށް 25ޖީބީ ލިބޭ މި އެޑް-އޮން އެކްޓިވޭޓްކުރާ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ރެންޑަމްކޮށް 100% އާ ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބޭނެއެވެ. އަދި މި ޑޭޓާ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.

•  ޑަބަލް ޑޭޓާ:  މި ކެމްޕެއިން މުއްދަތުގައި  މޮބައިލް ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާރ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓާތަކެއް ނެގުމުން އެއްއަގެއްގައި ހިލޭ ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ދިރާގުގެ ޓްވިޓާރ، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުތަކުގައި ކޮންމެ ހަފުތާއަކުވެސް ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެއެވެ. "ގެސް ދަ ޕްލޭޔާ؟" ގެ ނަމުގައި ކުރިއަށްގެންދާ މި ކުއިޒްގައި ބައިވެރިވެގެން ކޮންމެވެސް 5 ނަސީބުވެރިއަކަށް 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. އަދި މި ފަސް ބުރުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތުން މޮޅުވާ އެއް ބޭފުޅަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގޭމެއްވެސް ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ވައިބަރ އަދި ޓެލެގްރާމް ސްޓިކަރ ޕެކެއްވެސް ދިރާގުން ވަނީ ފަރުމާކޮށްފައެވެ.

ދިރާގުން ބުނެފައިވަނީ "ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ޕްރޮމޯޝަންތަކާއިއެކު ކުންފުނީގެ އަމާޒަކީ މި ކުލަގަދަ ކުޅިވަރު އީދު ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކައި ހަމައަށް ގެނެސްދީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުން ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު