އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިދޭސީންނަށް ޚާއްސަ ކްރިކެޓް ކާނިވަލް 2 ޑިސެމްބަރ ގައި ބާއްވަނީ

ބިދޭސީންނަށް ޚާއްސަ ކްރިކެޓް ކާނިވަލް 2 ޑިސެމްބަރ ގައި ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން އެމްއެމްޑަބްލިއުއެމް ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލް 02 ޑިސެމްބަރ 2022 ވާ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވުނީ 2021 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އާއި ކްރިކެޓް ބޯޑާ ގުޅިގެންނެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މިމަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެކެވެ. ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސި މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.

އެމްއެމްޑަބްލިއުއެމް އަށް މި ކާނިވާ ކުރިއަށް ގެންދިޔުމުގައި ވޭތުވެދިޔަ އަހަރު އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް އެމްއެމްޑަބްލިއުއެމްގެ މައި ސްޕޮންސަރއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަރަކާތްތެރިވުމަކީ އެޖަމްޢިއްޔާއިން ނުހަނު އުފާކުރާ ކަމެއްކަމަށް ފާހަގަކުރެއެވެ.

އެދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 18:00 އާހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އެ ބޯޑުގެ މުވައްޒަފުންނެވެ.

ބިދޭސި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުން އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި މިފަދައިން ބިދޭސި މަސައްކަތްތެރިން ހިމަނައިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ ޖަމްޢިއްޔާއިން ނުހަނު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގައި ދީލަތި އެހީތެރިންނާއި ސްޕޮންސަރުންގެ އެއްބާރުލުން މި ފުރުސަތުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.

އެމްއެމްޑަބްލިއުއެމް އިން ބުނެފައިވަނީ އުންމީދު ކުރަނީ ވޭތުވެދިޔަ އަހަރާ އެއްގޮތަށް މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް ގިނަ އަދަދެއްގެ ބިދޭސި މަސައްކަތްތެރިންނާއި އެމީހުންގެ ޓީމުތައް ބައިވެރިވެ، ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުންކަމަށެވެ.

އެމްއެމްޑަބްލިއުއެމް އިން ވަނީ ކްރިކެޓް ޓީމުތަކަށް، އެ ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެ ޖަމްޢިއްޔާގެ ހޮޓްލައިން 9607384994+ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ރެޖިސްޓަރކުރުމުގެ އެންމެ ފަހު ތާރީޚަކީ 29 ނޮވެމްބަރ 2022 އެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު