އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއާޔަތަށް ސަމާލުވޭ!: އެދޭ ކަންކަން ޙާޞިލުކުރަން ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައިވެސް އަނބިދަރިން ލައްވައި ނަމާދުކުރުވަންޖެހޭކަން ޤުރްއާނުން

މިއާޔަތަށް ސަމާލުވޭ!: އެދޭ ކަންކަން ޙާޞިލުކުރަން ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައިވެސް އަނބިދަރިން ލައްވައި ނަމާދުކުރުވަންޖެހޭކަން ޤުރްއާނުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"ކަލޭގެފާނު މި ފޮތުން އިސްމާޢީލްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދުފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ." (މަރިޔަމް: 54) 

"އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ." (މަރިޔަމް: 55)  

ކީރިތި ޤުރްއާނުގައި މިފަދަ ބަސްފުޅުތައް ވަޙީކުރައްވަވާފައިވަނީ އެންމެން އެކަމަކަށް ޢަމަލުކުރުމަށެވެ. ޢަމަލުކުރުމުން އެންމެންނަށްވެސް އެ މަތިވެރި ނިޢްމަތް ދެއްވަވާނެތީއެވެ. މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ އިސްމާޢީލްގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް އަމުރުފުޅު ކުރެއްވެވި ކަމެވެ. އަދި އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވިކަމެވެ.  

މިއީ އަހަރެމެން ކޮންމެ މީހަކަށްވެސް ޢަމަލުކުރަންޖެހޭނެ ގޮތެވެ. ވީމާ އެމީހެއްގެ އަނބިދަރިން ނަމާދުކުރިކަން ނުބަލައި ހުންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އޮފީހުގައި އިންނަނަމވެސް މަސައްކަތުގައި އުޅުނުކަމުގައިވީނަމަވެސް ނަމާދު ވަޤުތު ޖެހުމުން ފުރތަމަކަމަކަށް ތިމާ ނަމާދުކުރާށެވެ. އެއަށްފަހު އަނބިދަރިންނަށް ނަމާދުކުރަން ހަނދާންކޮށްދޭށެވެ. އެމީހުން ނަމާދުކުރިތޯ ބަލާށެވެ.  

މިޒަމާނުގައި އެއީ ކުރަން އުދަގޫ ކަމެއް ނޫނެވެ. ހުރިތަނެއްގައި ހުރެގެން އަތުގައި އޮންނަ ފޯނުން ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އަދި ޤަވާޢިދުން އެކަން ކުރާނަމަ އަނބިދަރިންވެސް އެކަމަށް އިތުރަށް ސަމާލުކުރަންދޭނެއެވެ. ފިރިމީހާ ނުވަތަ ބައްޕަ އެކަން ބަލާނެކަން އެނގޭނެތީއެވެ.  

ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ ކަންކަން އަބަދުވެސް ކުރަމުން ގެންދަންވާނެއެވެ!  

- މަޢުލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް