އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނި ރޫޅިފައިތިބި އަންހެނުންނާއި ހުވަފަތް އަންހެނުންނާ ކައިވެނިނުކުރަނީ ކީއްވެ؟ އެއީ ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވަވާނެ ކަމެއް!: މުފްތީ މެންކް

ކައިވެނި ރޫޅިފައިތިބި އަންހެނުންނާއި ހުވަފަތް އަންހެނުންނާ ކައިވެނިނުކުރަނީ ކީއްވެ؟ އެއީ ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވަވާނެ ކަމެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ކައިވެނި ރޫޅި އެކަނިވެރިމައިންގެ ގޮތުގައި ތިބޭ އަންހެނުންނާއި އަދި ހުވަފަތް އަންހެނުންނާއި ކައިވެނިކުރަން ގިނަ ފިރިހެނުން ޖެހިލުންވެ ފަސްޖެހެއެވެ. އަޅުގަނޑަކީވެސް ހަމަ އެފަދަ ޙާލުގައި އިން އަންހެނަކީމެވެ. ކައިވެނިކުރަން ބޭނުންވާކަމަށްބުނެ ވާހަކަދައްކާލާފައި 3 ދަރިން ތިބިކަން އެނގުމުން ދެން ޚަބަރެއް ނުވެއެވެ. ވީމާ މިދެންނެވި ފަދަ ފިރިހެނުންނަށް ވިސްނައިދެވޭނެ ލިޔުމެއް ގެނެސްދެވިދާނެތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އިމާމް މުފްތީ މެންކުގެ ތިރީގައިވާ ލިޔުމަކީ ތިއަ ބޭނުންވާ ކަންތަކަށް ވަރަށް ފައިދާކުރާނެ ވާހަކަތައް ހިމެނޭ ލިޔުމެއް ކަމަށް ދެކެމެވެ. 

ކައިވެނި ރޫޅި ވަރިވެފައިވާ އަންހެނުންނާއި އަދި ހުވަފަތްވެފައިވާ އަންހެނުންނާއި ކައިވެނިކުރަން ފަސް ނުޖެހޭށެވެ! އެއީ ކައިވެނިކުރަން އެންމެ ރަނގަޅު އަންހެނުން ކަމުގައިވެސްވެދާނެއެވެ. ރަސޫލް ()ގެ ކައިވެނިފުޅުތަކުން މިކަން އޮތީ ފެންނާށެވެ! ޢާއިޝަތުގެފާނު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުންނަށް ބެލުމުން މިކަން އެނގިގެންދާނެއެވެ. އެއީ ކުރަން ރަނގަޅުކަމެއް ނޫންނަމަ ރަސޫލް () އެފަދައިން ކައިވެނިފުޅުތަކެއް ނުކުރައްވަވާނެއެވެ. 

ވަރިވެފައި ނުވަތަ ހުވަފަތްވެފައި ތިބޭ އަންހެނުންގެ ތެރޭގައި ތަޤްވާވެރިކަމާއި ކެތްތެރިކަމާއި ދިރިއުޅުމުގައި ހަރުދަނާގޮތުން އެންމެ އަރައިތިބި އަންހެނުން ހިމެނެއެވެ. ކިތަންމެ ރަނގަޅު މީހެއްގެ ކައިވެނިވެސް ރޫޅިދާނެއެވެ. ކައިވެނި ރޫޅޭއިރަށް އެއީ އެމީހާގެ ނުބައިކަމުން ނުވަތަ ސުންޕާކަމުން މެދުވެރިވި ކަމެއްކަމަށް ނުދެކޭށެވެ! 

އަދި ކީއްހެއްޔެވެ؟ އެކަނިވެރިވެ ނިކަމެތިވެފައި ތިބޭ އަނqހެނުންނާއި ކައިވެނިކޮށް އެމީހުންގެ ޙަޔާތަށް އުފާވެރިކަމެއް ހޯދައިދިނުމަކީ މަތިވެރި އަޅުކަމެކެވެ. އެމީހާގެ ދަރިން ތިބިނަމަ، އެއްވެސް އަމިއްލަ އެދުމެއް ކުރިއަށް ނުނެރެ އެދަރިންނަކީވެސް އަމިއްލަ ދަރިންކަމަށްބަލައި ހެޔޮ ގޮތުގައި ބަލައި ބޮޑުކޮށްފިނަމަ އެކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އެތައް ގޮތަކުން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ 

އަންހެނެއްގެ 3،4 ދަރިން ތިއްބައި އެއަންހެނަކާއި ކައިވެނިކޮށް ﷲ ތަޢާލާއަށްޓަކައި އެދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށްފި މީހަކު އެކަމަށްކުރާ މަސައްކަތްވެގެންދާނީ ﷲ ތަޢާލާގެ މަގުގައި ވެވޭ ވަރަށް ބޮޑު ޤުރްބާނީއަކަށެވެ. 

އަހަރެންގެ ނަޞޭޙަތަކީ ކައިވެނިކުރާނަމަ ހުވަފަތް އަންހެނުންނާއި ކައިވެނިކުރުމެވެ. ނޫން ނަމަ ވަރިވާންޖެހިފައިވާ އަންހެނުންނާއި ކައިވެނިކުރުމެވެ. އެކަނބަލުންނަށް ލިބިފައިވާ ނިކަމެތިކަމުން ސަލާމަތްކޮށްދީ އެހީތެރިވާން މަސައްކަތްކުރުމެވެ! އެކަމުން ލިބެން އޮތް އެންމެ މަތިވެރި ޘަވާބާއި ދަރުމަ ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.   

- މުފްތީ މެންކުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް