އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ މަރުކަޒުގެ މިސްކިތުން ވާރޭ ހިޔާކޮށްލަދޭނެ ފަރާތަކަށް ބޭނުންވެފަ!

އިސްލާމީ މަރުކަޒުގެ މިސްކިތުން ވާރޭ ހިޔާކޮށްލަދޭނެ ފަރާތަކަށް ބޭނުންވެފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ރައީސް މައުމޫން ދާދިފަހުން ވެސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޚިދުމްތަތްކުގެ ތެރެއިން އެންމެ ފާހަގަކުރައްވާ އެއް ޚިދުމަތަކީ އިސްލާމީ މަރުކަޒު ކަމަށެވެ. އެއީ ހަމަ ތެދުފުޅެކެވެ. މިއަދާއިހަމައަށްވެސް އިސްލާމީ މަރުކަޒުގެ ހޯލަކީ އެންމެ ގިނަ ދަރުސް ދެވޭ ހޯލެވެ. އެމިސްކިތަކީ މާލެސިޓީގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މިސްކިތެވެ. 

ހުކުރަށް އަރާ މީޙުންގެ ޢަދަދަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު އަދިވެސް ހުކުރަށްދަނީ އިސްލާމީ މަރުކަޒުގެ މިސްކިތަށެވެ. އަދި ތަރާވީޙް ނަމާދަށާއި ދަމުނަމާދަށްވެސް އެންމެ ގިނަ ބައަކު ދަނީ އިސްލާމީ މަރުކަޒަށް ކަމަށް ބެލެވެއެވެ. 

އެމިސްކިތަށްވުރެ މޮޅަށް މިސްކިތެއް އަޅަން އެޅި ކިންގ ސަލްމާން މިސްކިތުގައި ފަންކާއެއް ނުލެވުނުތަނުގައި އޭސީތަކުން ފިނިނުވާ މައްސަލަ ޙައްލުނުކުރެވިގެން އުޅެނިކޮށް ހުޅުމާލޭގައި އެވަނީ އަމިއްލަ ފަރާތަކުން މާފުރިހަމަ މިސްކިތެއް އަޅައިފައެވެ. އެމިސްކިތުގެ އޭސީ ހަލާކުވެގެން އުޅެންޖެހުނުކަން އެނގިފައެވެ. ބަރާބަރަށް ފިނިވެއެވެ. 

މިއަދުގެ މެންދުރު ނަމާދުގެ ވަޤުތުގައިވެސް އިސްލާމީ މަރުކަޒުގެ މިސްކިތަށް ވާރޭ ވެހުނެވެ. މިއީ އަލަށް ކުރިމަތިވި މައްސަލައެއް ނޫނެވެ. މިމައްސަލަ ޖެހެމުން އަންނަތާ އެތައް ދުވަހެއްވީއިރުވެސް އަދިވެސް ރަނގަޅުކޮށްލެވޭނެ ގޮތެއް ނުވެއެވެ. 

މިސްކިތްތަކަކީ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކެވެ. ﷲ ތަނަވަސްކަން ދެއްވަވާފައިވާ ފަރާތަކުން މިކަން ރަނގަޅުކޮށްލައި ދެއްވައިފިނަމަ އެހޯދުނީ ޘަވާބު ފުންޏެވެ. 

ސަލްމާން މިސްކިތުގެ އޭސީތައް ރަނގަޅު ނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދިއަ ނަމަވެސް، އިސްލާމީ މަރުކަޒުގެ މިސްކިތުން ވާރޭވެހުން ނުހުއްޓުވުނު ނަމަވެސް ސަޖިދައިދައިގައި އޮންނަ އިރު މީހުން މިސްކިތުގައި ޙަރަކާތްތެރިވާނަމަ ލޮޅުންއަރާގޮތަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައި "ބޯގުޑާމިސްކިތް" އެޅުމުން މިސްކިތްތައް އަޅައި ބެލެހެއްޓުމުގެ ސަރުކާރުގެ ސިޔާސަތު ވަރަށް ރަނގަޅަށް ސާފުވާކަމަށް ގިނަބައަކު ބުނެއެވެ. 

ކިންގ ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގެ މިސްކިތް ބަލަހައްޓަން ސިޓީ ކައުންސިލާއި ޙަވާލުކޮށްފައެއް ނުވެއެވެ. ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް