އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމަކަށް ބޭނުންވުމުންވެސް މާޔޫސްނުވެ ﷲ މިއާޔަތްތަކުގައި އަންގަވާފައިވާ ޢަމަލުކޮށްބަލާށެވެ!

ކޮންމެ ކަމަކަށް ބޭނުންވުމުންވެސް މާޔޫސްނުވެ ﷲ މިއާޔަތްތަކުގައި އަންގަވާފައިވާ ޢަމަލުކޮށްބަލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ކަމަކަށް ބޭނުންވާއިރަށް ދުއްވައިގަނެވެނީ ކޮންމެވެސް މީހަކާއިދިމާއަށެވެ! ފުރަތަމަ ކުރަން އަންގަވާފައިވާ ކަންތަކުގެ މަތިން ހަނދާން ހުންނަނީ ވަރަށް މަދުމީހެކެވެ. 

"އަދި ތިމަން އިލާހާމެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންއިލާހު އިޖާބަ ކުރައްވަމެވެ". (އަލްބަޤަރާ: 180) 

"ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ". (ޣާފިރް: 160) 

"ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެއިލާހަށް ދުޢާކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވާ އިލާހު ހެއްޔެވެ؟" (އަލްނަމްލް: 62) 

ދެން ބުނާނީ ދުޢާކުރީމާ ހުރިހާކަމެއްވޭ ހެއްޔެވެ؟ ޔަޤީންތާއެވެ! ދުޢާކުރުމުން ނުފުދޭނެ ބޭނުމެއް ނެތެވެ. ނަމަވެސް ޝަރުޠެއްގެމަތީންނެވެ. ދުޢާކުރުމުގައި އިޚްލާޞްތެރިވުމާއި ދުޢާކުރުމަށްފަހު އެކަމެއް ޙާޞިލްކުރަން އެމީހަކަށް ކުރެވެންހުރި މަސައްކަތްތައް ކުރުމެވެ. 

މިވާހަކަކޮޅުގައި އެންމެ ބޮޑަށް ސަމާލުކަމަށް ގެންނަން ބޭނުންވީ ކަމަކަށް ބޭނުންވުމުން މީހުންގެ ފަހަތުން ދިއުމުގެ ކުރިންވެސް އަދި އެކަމަކަށް އެދި ތިމާ މަސައްކަތް ފެށުމުގެކުރިންވެސް އެކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރަންޖެހޭނެ ކަމާއި އެކަމުގެ މުހިންމުކަމެވެ. ޔަޤީންކުރާށެވެ!

ﷲ ތަޢާލާގެ ޙަޟްރަތުން ގިނަގިނައިން ކަންކަމަށް އެދި ދުޢާކުރާއަޅުންދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް