އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުޟު ނަމާދުތަކުން އުނިވާބައި ފޫބައްދަން ކޮންމެހެން ކުރަން ޖެހޭ 3 ކަންތައް: ޝައިޚް އަބޫބަކުރު ޒައުދު

ފަރުޟު ނަމާދުތަކުން އުނިވާބައި ފޫބައްދަން ކޮންމެހެން ކުރަން ޖެހޭ 3 ކަންތައް: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ކިތަންމެ ފުރިހަމައަށް ނަމާދުކުރަން މަސައްކަތްކުރި ނަމަވެސް ﷲ ތައާލާ އަންގަވާފައިވާ ގޮތަށް 100 އިންސައްތަ ފުރިހަމަކޮށް ހަމައެކަކަށްވެސް ނަމާދެއް ނުކުރެވޭނެއެވެ. އުނިވާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަމުން ސަލާމަތް ވުމަށް ކުރަންއޮތީ 3 ކަމެކެވެ. 

(1) ކުށުސަޖިދަ ކުރަންޖެހޭ ކަމެއްގައިނަމަ ކުށުސަޖިދަކުރުން

(2) ނަމާދު ނިމުމާއިއެކު އަސްތަޣްފިރުﷲ ކިޔުން

(3) ރަވާތިބު ސުންނަތްތައް ކުރުން 

ރަވާތިބް ސުންނަތް ކުރަންޖެހެނީ ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ފަރުޟު ނަމާދުތަކުން އުނިވާބައި ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް އެމީހަކު ކޮށްފައިވާ ރަވާތިބު ސުންނަތުން ނަންގަވައި ފަރުޟުތައް ފުރިހަމަކޮށްދެއްވަވާނެތީއެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް