އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުރުތައްދު ވެފައިވާ ވެލިޒިނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި

މުރުތައްދު ވެފައިވާ ވެލިޒިނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ތިމާއަކީ މާތް ﷲ ގެ ވަޙީ ބަސްފުޅު ލިބިލައްވާ ފަރާތެއް ކަމަށްބުނެ މުރުތައްދު ވެފައިވާ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އައިޝަތު ވެލިޒިނީ ހައްޔަރު ކޮށްފިއެވެ. 

 

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މިއަދު ވެލިޒިނީ ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. އޭނާވަނީ ރާއްޖެއިން ބޭރުގައި ހުރި ދުވަސްތަކުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމްދީނު ގެ އަސްލާއި ޚިލާފު އެތައް ވާހަކަތަކެއް ދައްކާފައެވެ. އެކަމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އޭނާ އަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށް ކަނޑައަޅާފައެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވެފައިވަނީ ވެލިޒިނީ ހައްޔަރު ކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

 

ނެދަލޭންޑްސް ގައި މިދިޔަ އަހަރު ވެލިޒިނީ ހުއްޓާ، 14 ދުވަސް ތެރޭ ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން ވަނީ އެއިރު އޭނާއަށް އަންގާފައެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އޭނާ ރާއްޖެ އައިސްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ