އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުރުތައްދުވުމުގެ މައްސަލަތަކެއްގަ ހައްޔަރުކުރި ވެލެޒިނީ މިނިވަންކުރުމަށް އީވާ ފުލުހުންނަށް ގޮވާލައްވައިފި

މުރުތައްދުވުމުގެ މައްސަލަތަކެއްގަ ހައްޔަރުކުރި ވެލެޒިނީ މިނިވަންކުރުމަށް އީވާ ފުލުހުންނަށް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

މުރުތައްދުވުމުގެ މައްސަލަތަކެއްގައި ފުލުހުން ހައްޔަރުކުރި ވެލެޒިނީ މިނިވަންކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ފުލުހުންނަށް ގޮވާލައްވައިފިއެވެ.

 

ވެލެޒިނީ ރާއްޖެއިން ބޭރުގައި ހުރެ އޭނާ އިސްލާމް ދީނަށް ފުރައްސާރަކުރާ ވީޑިއޯތައް ޢާންމުކުރުމުގެ އިތުރުން ކަނޑައެޅިގެން ކަލަކު ވޮޑިގެން ނުވާ ކަމަށް ބުނާ ވީޑިއޯތައްވެސް ޢާންމުކޮށްފައެވެ.

 

ވެލެޒިނީގެ ދިފާއުގައި ވާހަކަދައްކާ މީހުން ބުނަނީ އޭނާއަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ އަންހެނެއް ކަމަށެވެ. މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ސިކުނޑީގެ މައްސަލަ ހުންނަ، ޚާއްޞަކޮށް މުރުތަދުވުމާއި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ބަލި ޖެހިފައި ތިބޭ މީހުން ރާއްޖެ ފަދަ މުސްލިމް ޤައުމެއްގައި ވީއްލިފައި ތިބެގެން ނުވާނެ ކަމަށާއި އެމީހުން ބައިތިއްބަންޖެހޭނީ ޖަލުތަކުގައި ނުވަތަ އެފަދަ ބަލިތަކަށް ފަރުވާދޭ ތަންތަނުގައި ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް