އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ!

ދިރާގު ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަން ފެށުމަށްވަނީ ހަމަޖެހިފައެވެ. 

ހަ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން 48 އިވެންޓުގައި ބައިވެރިވާނެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭ.އޭ.އެމް) އިން ކުރިއަށްގެންދާ މި އިވެންޓުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރއަކީ ދިރާގެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އިން 26 ފެބުރުވަރީ 2023 ގެ ނިޔަލަށް ލ. ގަމުގައެވެ. 

ދިރާގަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރުވެސްމެއެވެ. މިގޮތުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ދަނީ އެ އެސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އައު ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭ.އޭ.އެމްއަށް މަގުފަހިކޮށް އެހީތެރިވެދެމުންނެވެ. 

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު