އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި މީރާއިން އެކުލަވައިލައިފައިވާ "ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" 22  ފުބުރުވަރީ  ގަ2023 ގައި ވަނީ ގެޒެޓްކޮށްފިއެވެ.

18 ޑިސެމްބަރ 2022 ގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "ކުނި މެނޭޖްކުރުގެ ޤާނޫނު" ގައި ވާގޮތުން، 18 އޭޕްރިލް 2023 އިން ފެށިގެން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހެއެވެ. އަދި، މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މޯލްޑިސްވްސް އިންލަޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުން މިގާނޫނުން ވަނީ  ލާޒިމުކޮށްފައެވެ. އަދި، މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އެ ޤާނޫނުގެ ދަށުން ފީ ނެގުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވާލަންޖެހޭ ގަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭ މީރާއިން އެކުލަވާލަންވާނެކަމަށް ކަނޑައަޅާފައި ވެއެވެ. އަދި، 22 ފެބްރުވަރީ 2023 ގައި މީރާއިން ގެޒެޓްކުރި ގަވާއިދަކީ މިގޮތުން ގެޒެޓުކުރި ގަވާއިދު ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މި ގަވާއިދުގައި، ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް، އަދި، ފައިސާ ދައްކާނެ ގޮތް ހިމަނައިފައިވެއެވެ.

ވިޔަފާރި ހަރަކާތްތަކުން، 18 އެޕްރީލް 2023 އިން ފެށިގެން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގަންވާނެކަމަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، އެ ފަރާތަކުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާނުގައި އެ ފަރާތުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާ މުއްދަތައް ނިސްބަތްވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މަޢުލޫމާތު ހިމަނައި، ޖީ.އެސް.ޓީ ދެއްކުމުގެ ސުންގަޑީގެ ނިލަޔަށް ޕްލާސްޓިކް ކޮތަޅުގެ ފީވެސް މީރާއަށް ދައްކަންވާނެކަމަށް  މީރާއިން މައުލޫމާތުދެއެވެ. އަދި، ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށްވެސް  މީރާއިން މައުލޫމާތުދެއެވެ.  ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެގެންވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އިން މި ފީ ނެގުން އިސްތިސްނާވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ޖީއެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ހިންގާ ވިޔަފާރި ހަރަކާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކަސްޓަމަރުގެ އަތުން ނަގާފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދަކީ ޤާނޫނާއި ގަވާއިދާ އެއްގަތޮށް ހިސާބުކޮށްފައިވާ އަދަދެއްކަން ކަށަވަރު ކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހަހައްޓަން ވާނެ ކަމަށާއި ބަލަހައްޓަން ޖެހޭ  ލިޔެކިޔުންތަކުގެ ތަފްސީލު ގަވާއިދުގައި ހިމަނާފައި ވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހުށަނާޅާނަމަ ނުވަތަ މި ފީ މީރާއަށް ނުދައްކާނަމަ އަޅާނެ ފިޔަވަޅުތައް "ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" ގައި ހިމަނައިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު