އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ސްޓެމް ފެއަރ ގެ އޯވަރޯލް ބެސްޓް ސްކޫލް އެވޯޑް އިސްކަންދަރު ސްކޫލަށް!

އުރީދޫ ސްޓެމް ފެއަރ ގެ އޯވަރޯލް ބެސްޓް ސްކޫލް އެވޯޑް އިސްކަންދަރު ސްކޫލަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

އުރީދޫ ސްޓެމް ފެއަރ 2023 ފގައި ބައިވެރިވި ސްކޫލްތަކުން ބޮޑު ކާމިޔާބީތަކާއެކު ނިންމާލައިފިއެވެ. އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސްއަންސް، ޓެކްނޮލޮޖީ، އިންޖެނިއަރިންގް އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މިއަދު ބޭއްވުނު މި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއަރ، ސީނިއަރ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވެއެވެ. އޯވަރަލް ބެސްޓް ސްކޫލްގެ ގޮތުގައި އިސްކަންދަރު ސްކޫލަށް 50،000 ރުފިޔާ ލިބުނުއިރު، ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ދާ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ވަނީ ދީފަ އެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް ވަނީ ބައިވެރިވުމުގެ ސެޓްފިކެޓް ދީފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ "އުރީދޫ ސްޓެމް ފެއަރ އާއި އެކު ޒުވާން ދަރިވަރުން އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސްޓެމް ފެއާގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަގުބަލުގެ ލީޑަރުންގެ ގާބިލްކަން ފެނިގެންގޮސްފި. އަދި މި ގޮތުގައި މި ދާއިރާ ތަކުން ދަރިވަރުން ބިނާ ކުރެވިއްޖެނަމަ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް އެހެން ގައުމުތަކާ އެއހަމައެއްގައި ކުރިއަރެމުގެ ފުރުސަތު ބޮޑުވެގެންދާނެ.

އުރީދޫ ސްޓެމް ފެއާގައި ދައްކާލި ހުނަރު ތަކަށް ސާބަސް ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ހުނަރުވެރި ޒުވާން ވިސްނުންތަކުން ހުށަހަޅައިދީފައިވާ ޕްރޮޖެކްޓްތަކުން ދައްކުވައިދެނީ ސްޓެމް ގެ ދާއިރާއިން މުސްތަގުބަލުގެ ލީޑަރުން. އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ސްޓެމް ތަޢުލީމު ކުރިއަރުވައި، މިދާއިރާތަކުން އެކުދިންގެ ހުނަރާއި ޝައުޤުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަން."

ނޮވިސް ކެޓަގަރީން (ގްރޭޑް 4 އިން 6 އަށް) އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ އިކޯ ފާމް ޕްރޮޖެކްޓްއެވެ. އަދި ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ ވޭސްޓް ޓު އިލެކްޓްރިސިޓީ ޕްރޮޖެކްޓް އާއި މަޖީދިއްޔާ ސްކޫލުގެ ބައިސްކަލް އޮޕަރޭޓް ކުރާ ވެންޑިން މެޝިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ސޯލާ ޑީހައިޑްރޭޓް ޕްރޮޖެކްޓް ހޮވުނު އިރު ތިން ވަނައަށް އިސްކަންދަރު ސްކޫލުގެ އެއާ ޕޮލިއުޝަން ޑިޓެކްޓާ ޕްރޮޖެކްޓް ވަނީ ހޮވިފައެވެ.

ޖޫނިއަރ ކެޓަގަރީ (ގްރޭޑް 7 އިން 8 އަށް) އެއްވަނަ ޣިޔާސުއްދީން ސްކޫލްގެ ވޭވް ބެރިއާ ޕްރޮޖެކްޓް، ދެވަނަ އަށް އިސްކަންދަރު ސްކޫލްގެ އޮއި ވާށި ޕްރޮޖެކްޓް އަދި ތިން ވަނައަށް ކަލާފާނު ސްކޫލުގެ މޮޑަނައިޒްޑް ޒެބްރާ ކްރޮސިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ވޭވް އެނާޖީ ބޯއީ ޕްރޮޖެކްޓް ހިމެނެ އެވެ.

ސީނިއާ ކެޓަގަރީ (ގްރޭޑް 9 އިން 10 އަށް) އެއްވަނަ އިސްކަންދަރު ސްކޫލުގެ އެކުއަޕޮނިކްސް ޕްރޮޖެކްޓަށް ލިބުނުއިރު، ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ މަންފާ ޕްރޮޖެކްޓް އަދި ކަލާފާނު ސްކޫލުގެ އިލެކްޓްރިސިޓީ ބައި ފްލައިވީލް ޕްރޮޖެކްޓް ހޮވުނު އިރު  ތިން ވަނަ ހޯދީ މަޖީދިއްޔާ ސްކޫލުގެ ކޮކޮނަޓް ސައިންސް ޕްރޮޖެކްޓެވެ.

ވިމެން އިން ޓެކްގެ ވައިސް ޕްރެޒިޑެންޓް މަރިޔަމް ޝިމާނަތު ވަނީ ބައިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ. "އަޅުގަނޑުމެން ދެކޭގޮތުގައި ކޮންމެ ކުއްޖަކަށްވެސް ސްޓެމް ޙަރަކާތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބެންޖެހޭނެ، އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކޮށްދޭ ކަމެއް. އުރީދޫ ސްޓެމް ފެއަރއަކީ މިދާއިރާގެ ކުރިމަގަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ފެއަރއެއްކަން ޔަޤީން. ސްޓެމްގައި ބައިވެރިވުމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އަދި މުޖުތަމަޢުގެ މެދުގައި އެއްބާރުލުން ދިނުން މުހިންމު." ޝިމާނަތް ވިދާޅުވިއެވެ.

ސްޓެމް ދާއިރާތަކުން މާހިރުން ބިނާކުރުމަށް އަންނަން އޮތް ޖީލަށް ހިތްވަރު ދިނުމުގައި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ. 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު