އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޔެއްގެ ސަބަބުން ރޯދަތަކެއް ނުހިފި އަހަރުތަކެއް ފާއިތުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-: ޑރ. އިޔާޟް

ބައްޔެއްގެ ސަބަބުން ރޯދަތަކެއް ނުހިފި އަހަރުތަކެއް ފާއިތުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

މިމީހާ ފަދައިން ރޯދަތަކެއް ގެއްލިފައިވާނަމަ މިފަދައިން ޢަމަލުކުރާށެވެ.  

އަޅުގަނޑުގެ ބަލި ހާލަތު ހުރިގޮތުން، ޑޮކްޓަރ ލަފާދެއްވުމާއެކު 1431 ވަނަ އަހަރު ގެ ރަމަޟާން މަހުގައި ރޯދަ އެއް ނުހިފަމެވެ. މި ބައްޔަށް މިހާތަނަށް ވެސް އަޅުގަނޑު މިދަނީ ބޭސްކަމުންނެވެ. އަދި ﷲ ގެ ހެޔޮ ރަޙްމަތް ފުޅާއެކު ވަރަށް ބޮޑު ތަން ރަނގަޅެވެ. އަދި ނުހަނު ހިތްވަރާއެކު އަދި ﷲ އިރާދަފުޅާއި މިންވަރުފުޅާއެކު ފާއިތިވި 2 އަހަރުގެ ރޯދަތަށް ހިފީމެވެ. އެހެންކަމުން ކުރިން މިދެންނެވި ރޯދަތަކާމެދު އަޅުގަނޑު ޢަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ އަޅުގަނޑަކީ ބަރާބަރަށް ނަމާދު ކުރާ އަދި ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާން ކިޔަވައި އުޅޭ ކުއްޖަކީމެވެ. ނަމަވެސް މި ރޯދަތަށް ފުރިހަމަ ނުކުރެވި ހުރުމުގެ ސަބަބުން ޙަޤީޤީ ހިތްހަމަޖެހުމެއް ނަފުސަކަށް ނުލިބެއެވެ. މި ރޯދަ ތަކާމެދު ޢަމަލުކުރުމަށް ދީނީގޮތުން އޮތް އެންމެ ފުރިހަމަ ގޮތް އަޅުގަނޑަށް ބުނެދެއްވާށެވެ.  

ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން ބެހިގެން ވަނީ ދެބަޔަކަށެވެ. އެއީ ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބަލީގެ އަހުލުވެރިންނާއި، ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބަލީގެ އަލުވެރިންނެވެ.

ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބަލީގެ އަހްލުވެރިން ރޯދަ ދޫކޮށްލާފައި ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. 

ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބަލީގެ އަހްލުވެރިން ރޯދަ ދޫކޮށްލާފައި، ބަލި ރަގަޅު ވުމުން ގެއްލުނު ރޯދަތައް ގަޟާ ކުރާނީއެވެ. 

އަޚާގެ ޙާލަތަށް ބަލާއިރު، ތިޔަ ބައްޔަކީ އިން ޝާ ﷲ ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބައްޔެއް ކަމަށް ސުވާލުން ދޭހަވެއެވެ. އެހެންކަމުން ތިޔަ އިޝާރާތް ކުރައްވާ ނުހިފި ހުރި ރޯދަތަކަށް އަހަރުތަކެއް ހަމަވެގެން ގޮސްފައިވީނަމަވެސް، ބަލި ފަސޭހަވެގެން ރޯދަ ހިފޭވަރުވީމާ ހިފާށެވެ. އިތުރު ފިދްޔަ އެއް ދޭކަށް ނުޖެހޭނެއެވެ. އަދި ރޯދަތައް ނުހިފި ހުއްޓާ އަޚާ ނިޔާވެއްޖެނަމަ، އަޚާގެ ގާތްތިމާގެ މީހުން އެރޯދަތައް ހިފައިދޭން ޖެހޭނެއެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް