އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު
އުރީދޫ މޯލްޑްވިސްގެ އަހަރީ ޢާންމު ޖަލްސާ ނިންމައިލައިފިއެވެ.
ބުދަ ދުވަހުގެރޭ ކްރޮސް ރޯޑްސްގައި ބޭއްވި އުރީދޫ އަހަރީ ޢާންމު ޖަލްސާގައި އުރީދޫއިންވަނީ ޚިދުމަތުގެ އާ ކެމްޕޭނެއްވެސް ތަޢާރަފް ކޮށްފައެވެ. އެގޮތުން މަވެސް އުރީދޫގެ ނަމުގައި މުޅީން ލަވައަކާއި އެކު މި ކެމްޕޭން ވަނީ ތަޢާރަފް ކޮށްފައެވެ.
އުރީދޫގެ ޗެއަރޕާރސަން ސުލްޠާނާ ފާޠިމާ އަލްކުވާރީ ރިޔާސަތު ބެލެހެއްޓެވި ޢާންމު ޖަލްސާގައި މިޒަމާނުގެ ޑިޖިޓަލް މުވާޞަލާތުގެ ޚިދުމަތްތައް އުރީދޫއިން ދެމުން ގެންދާގޮތުގެ މައްޗަށް ވަނީ އަލިއަޅުއްވައިލައްވައިފައެވެ. އަދި މިހާރު ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެގޮތުން އިތުރު ވަސީލަތްތައް ޒަމާނީ ކޮށްފައިވާކަންވެސް ވަނީ އިޢުލާންކޮށްފައެވެ.
މި ޖަލްސާގައި 2022 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި 2022 ވަނަ އަހަރުގެ އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން އޮތެވެ. އަދި ކުންފުނީގެ އޮޑިޓަރަުންގެ ރިޕޯޓު ފާސްކޮށް 2023 ވަނަ އަހަރަށް އޮޑިޓަރުން ޢައްޔަންކޮށް އޮޑިޓަރުންގެ އުޖޫރަވެސް ވަނީ ކަނޑައަޅައިފައެވެ.
2022 ވަނަ އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ޙިއްސާދާރުންނަށް ފައިސާ ބެހުމަށްޓަކައި ޙިއްސާއަކަށް ޖެހޭ މިންވަރުވެސް ވަނީ ފާސްކޮށްފައެވެ. ޙިއްސާއަކަށް 2022 ވަނަ އަހަރު ލިބުނު ފައިދާއިން ކަނޑައަޅައިފައިވަނީ 3 ރުފިޔާ 4 ލާރިއެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައި ރާއްޖޭގެ މުވާޞަލާތީ ޚިދުމަތް އެންމެ ޢާންމު އާދައިގެމީހާގެ އަތްމައްޗަށްވެސް ފޯރާފަށަށް ގެނެސްދިން އުރީދޫއިން މިހާރުވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެންމެ ހަލުވި ސްޕީޑްގައި މުވާޞަލާތުގެ ޚިދުމަތް ދިނުމަށް އަމާޒު ހިފައިފައެވެ.
Advertisement
9 މާޗް 2023