އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް ފެށުމުގެ ކުރިން ކޮންމެ ގޮތަކުން ނަމަވެސް އަނބިމީހާ ހެއްވާލަންވާނެ!: މުފްތީ މެންކް

ރަމަޟާން މަސް ފެށުމުގެ ކުރިން ކޮންމެ ގޮތަކުން ނަމަވެސް އަނބިމީހާ ހެއްވާލަންވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ރަމަޟާންމަހު އެންމެ ބޮޑަށް މަސައްކަތްކުރަންވީ ރިވެތި އަޚްލާޤްގެ މަތީގައި ހުރުމަށެވެ. އެގޮތުން އަނބިމީހާ އާއި ޢާއިލާގެ މީހުންނަށް ހިނިތުންވުން ގެނެސްދޭށެވެ. ކޮންމެވެސް ގޮތަކުން އަނބިމީހާ ހެއްވައިލެވޭތޯވެސް ބަލާށެވެ! 

"ކަލޭ ހާދަ ރީއްޗޭ! ހާދަ ހޫނޭ!" ފަދަ ބަހަކުން ނަމަވެސް އަނބިން ހިނިތުންކުރުވާށެވެ! ކުރިން އެފަދަ ބަސްތައް ބުނެވިފައި ހުންނާނީ ވަރަށް މަދުންކަމަށްވުން ގާތެވެ. ވީމާ އެފަދަ ބަހެއް ބުނެފިނަމަ "ކަލޭ މޮޔަވީތޯ؟ އަނބިމީހާ ސުވާލުވެސްކޮށްފާނެއެވެ. 

މިފަދަ ވާހަކަ ދެއްކީމާ އަޑުއަހަން އުނދަގޫވާ ބައަކު އުޅޭނެއެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވީމީހުން ބޮޑާހާކައިފާނެއެވެ. އެއީ އެކަމުގެ ހުރި ފައިދާ ނުވިސްނޭތީއެވެ. އެމީހުންގެ ވިސްނުން ތަފާތުވީމައެވެ. އެންމެ ރަނގަޅެވެ. އެފަދަ ބަސް ބުނެގެން ނުވާނެ މީހުންނަށް ބުނާއިރު ބުނަންޖެހޭ މީހުންނަށް ނުބުނަންވީ ކީއްވެގެން ހެއްޔެވެ؟ 

މިހެން މިބުނަނީ ވަރަށް މުހިންމު ސަބަބެއް އޮވެގެންނެވެ. މިދައްކާ ވާހަކައިގެ މާނައަކީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ފަދައިން އުފާވެރިކަމުގެ ވެސް މައްސަރެވެ. ވީމާ ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި ފިތުނަތަކުން ސަލާމަތްވެ ހިތް ޠޯހިރުކުރަން ޖެހެއެވެ. މޫނުތަކުން ހިނިތުންވުމާއި އުފާވެރިކަން ފެންނަން ޖެހެއެވެ. މިދެއްކި ވާހަކައިގެ ބޭނުމަކީ އެއީއެވެ. އެކަކު އަނެކަކަށް ހުރި މައްސަލަތައް ޙައްލުކޮށް އުފާވެރިކަމުގައި ރަމަޟާންމަހާއި ބައްދަލުކުރުމުގެ މުހިންމުކަން ބޮޑުވީމާ މިބާވަތުގެ ވާހަކަތައްވެސް ދައްކަންޖެހެނީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް