އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޫޙްގެފާނުގެ ވާހަކަ-: ދަރިދަރިކަލުން

ނޫޙްގެފާނުގެ ވާހަކަ-: ދަރިދަރިކަލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ދަރިދަރިކަލުން:

ޠޫފާނަށްފަހު، ދުނިޔެއަށް އައި މީހުން އައިސްފައިވަނީ، نوح عليه السّلام ގެ ދަރިދަރިކަލުންގެ ނަސްލުންނެވެ. ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "ޠޫފާނަށްފަހު އުފަންވި ހުރިހާ އެންމެން އައިސްފައިވަނީ، ނޫޙޫގެފާނުގެ ނަސަބުފުޅުންނެވެ. އެހެން އެންމެން ދަރިފަސްކޮޅެއްނެތި މަރުވެގެން ދިޔައީއެވެ."

{ތަފްސީރު އިބްނު ކަޘީރު އިނގިރޭސި ތަރުޖަމާ، އަށްވަނަ ޖިލްދު، ޞަފްޙާ 260} 

މިދެންނެވުނު ރިވާޔަތަށް ކީރިތި ޤުރްއާނުގެ އައްޞާއްފާތު ސޫރަތުގެ 77 ވަނަ އާޔަތުން ދަލީލު ލިބެއެވެ. އެ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

"وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ ﴿٧٧﴾"

މާނައީ: [އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.] 

އިމާމު ތިރްމިޛީއާއި، އިބްނު އަބީޙާތިމާއި، އިބްނު ޖަރީރު، ސަމުރަތު ބުނު ޖުންދުބު ރަޟިޔަޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. (وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ ﴿٧٧މާނައީ: [އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.]) މި އާޔަތުގެ ތަފްސީރާ ބެހޭގޮތުން މާތް ނަބިއްޔާ ޙަދީޘް ކުރައްވައިފައިވެއެވެ. [އެއީ، ސާމު އާއި، ޔާފިޘު އާއި، ޙާމުއެވެ.]  

{ الألباني (ت ١٤٢٠)، ضعيف الترمذي ٣٢٣٠ إسناده ضعيف} 

އަދިވެސް ތިރުމިޛީގައިވާ އެހެން ރިވާޔަތެއްގައިވެއެވެ. ސަމުރަތު ބުނު ޖުންދުބު ރަޟިޔަޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

سامٌ أبو العَربِ، ويافثُ أبو الرُّومِ، وحامٌ أبو الحبَشِ }الألباني (ت ١٤٢٠)، ضعيف الترمذي ٣٩٣١ ضعيف}

މާނައީ: ]ސާމަކީ ޢަރަބީންގެ ބައްޕައެވެ. (އެބަހީ: ޢަރަބީން އައިސްފައިވަނީ ސާމުގެ ދަރިފަސްކޮޅުންނެވެ.) ރޫމީންގެ ބައްޕައަކީ ޔާފިޘެވެ. (އެބަހީ: ރޫމީން އައިސްފައިވަނީ ޔާފިޘުގެ ދަރިފަސްކޮޅުންނެވެ.) ޙަބަޝީންގެ ބައްޕައަކީ ޙާމެވެ. (އެބަހީ: ޙަބަޝީން އައިސްފައިވަނީ، ޙާމުގެ ދަރިފަސްކޮޅުންނެވެ.)] 

މިދެންނެވި ދެ ޙަދީޘަކީ ޟަޢީފު ދެ ޙަދީޘެވެ. ނަމަވެސް ތޫފާނަށްފަހު ދެން އައި މީސްތަކުން އައިސްފައިވަނީ ނޫޙުގެފާނުގެ ނަސަބުފުޅުންކަމުގައި ކީރިތި ޤުރްއާނުގެ ޞާއްފާތު ސޫރަތުގެ 77 ވަނަ އާޔަތުން ދޭހަވެއެވެ. 

އަރަހުށި މާތް ، نوح عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.!

 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
75%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް