އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު މައްސަލައަކަށް މިވަނީ އެންމެން ސުލައިމާނުގެފާނުގެ ފުރަތަމަ ދުޢާކޮށްފައި ދެވަނަ ދުޢާކުރަން އެކަކުވެސް ބޭނުން ނުވާތީ! އުފާވެރިކަން ބޭނުންނަމަ 2 ދުޢާވެސް ކުރައްވާ!

މިއަދު މައްސަލައަކަށް މިވަނީ އެންމެން ސުލައިމާނުގެފާނުގެ ފުރަތަމަ ދުޢާކޮށްފައި ދެވަނަ ދުޢާކުރަން އެކަކުވެސް ބޭނުން ނުވާތީ! އުފާވެރިކަން ބޭނުންނަމަ 2 ދުޢާވެސް ކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

ސުލައިމާނުގެ ފުރަތަމަ ދުޢާ:  

"އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢްމަތްތައް ދެއްވާ ރަސްކަލާނގެއެވެ."

(ޞާދް: 35)  

މިދުޢާގައި މިވަނީ "މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ!" މިފަދައިންނެވެ. ނަމަވެސް މިހާރު މީހުން ކުރާނީ ވެރިކަމަށްވުރެ ބޮޑަށް ތަނަވަސްކަމަށް އެދިގެންނެވެ. ދުނިޔޭގައި ހުރި އެންމެ ތަނަވަސް މީހާކަމުގައި ލެއްވެވުން އެދިގެންނެވެ.  

ސުލައިމާނުގެފާނުގެ ދެވަނަ ދުޢާ: 

فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ

ފަހެ (ސުލައިމާންގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލަހާމް ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތް ފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"

(އަންނަމްލް: 19) 

މިއާޔަތުގައި ހިމެނޭ ދުޢާ:  

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ 

ދުޢާގެ މާނަ:

"އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތް ފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" 

ފުރަތަމަ ވެސް ބަޔާން ކުރައްވަވަން ބޭނުންފުޅުވެވަޑައިގަތީ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމެވެ. އެއަށްފަހު އެދިވަޑައިގެންފައި އެވަނީ ތަނަވަސްކަން އިތުރުކޮށްދެއްވެވުމަކަށް ނޫނެވެ! ޑޮލަރާއި ރިޔާލައަކަށް ނޫނެވެ.  "އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ!" މިފަދައިންނެވެ.  

ދެންވެސް އެދިވަޑައިގަތީ ތަނަވަސްކަމަކަށް ނޫނެވެ. ދުނިޔޭގެ އެދުންފުޅަކަށް ނޫނެވެ.  

"އަދި އިބަރަސްކަލާނގެ ރަޙްމަތް ފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" މިފަދައިންނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ދެ ދުޢާއަކީވެސް ކީރިތި ޤުރްއާނުގައި ވާރިދުވެގެންވާ 2 ދުޢާއެވެ. އަހުރެން ވަޝިއްޔަތް ކުރަން ބޭނުންވަނީ ހަމަ ކޮންމެ މީހަކުވެސް ދެވަނަ ދުޢާ (އަންނަމްލް: 19) ގައިވާ ދުޢާ ވީހައި ގިނައިން ކުރަމުންގެންދިއުމަށެވެ. އަހުރެމެންނަށް ބޭނުންވާނެ ހުރިހާ ކަންކަންހެން މިދުޢާގައި ވަނީ ހިމެނިގެންނެވެ.  

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް