އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރިހަމަ މުސްލިމަކަށްވާން އެދޭމީހާ ނަމާދުގަ ކުރީ ސަފަށް އަރާފަދައިން މައިންބަފައިންނަށާ އަނބިދަރިންނަށް ޚިދުމަތްކުރުމުގަވެސް ހުންނަންވާނީ ކުރީ ސަފުގަ!: ޝައިޚް ޢަލީ ހައްމުދާ

ފުރިހަމަ މުސްލިމަކަށްވާން އެދޭމީހާ ނަމާދުގަ ކުރީ ސަފަށް އަރާފަދައިން މައިންބަފައިންނަށާ އަނބިދަރިންނަށް ޚިދުމަތްކުރުމުގަވެސް ހުންނަންވާނީ ކުރީ ސަފުގަ!: ޝައިޚް ޢަލީ ހައްމުދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ބަންގި ގޮވުމުން މިސްކިތައް އަރައި ކުރީ ސަފުގައި ނަމާދުކުރުމަކީ ކުރަން އެންމެ ހެޔޮ ޢމަލެވެ. ނަމަވެސް އެވަރަކުން އަދި ނުފުދޭނެއެވެ. ފުރިހަމަ މުސްލިމަކަށްވުމަށްޓަކައި މީހާގެ އެހެން ޢަމަލުތައްވެސް ހަމަ އެމަގަށް ބައްޓަން ކުރަންވާނެއެވެ. މިޘާލަކަށް ބުނާނަމަ އެމީހާ ކުރާ މުޢާމަލާތުތައް ސީދާކުރަންޖެހޭނެއެވެ.  

މުޢާމަލާމް މާނަ މިކުރަނީ ހަމައެކަނި ފައިސާގެ މުޢާމަލާތަކަށް ނޫނެވެ. އެމީހެއްގެ އަނބިދަރިންގެ ޙައްޤުތައް އަދާކުރާ މިންވަރަށެވެ. މައިންބަފައިންނަށް އަޅާލައި އެހީތެރިވާ މިންވަރަށެވެ. ކުރާ ކޮންމެ ކަމެއްގައާއި ބުނާ ކޮންމެ ބަހެއްގައި ތެދުވެރިވާ މިންވަރަށެވެ.  

މިކަންކަން ފުރިހަމަނުކޮށް ހަމައެކަނި ނަމާދުކުރުމަކުން ނުފުދޭނެއެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރަން ނުކުންނަން އުޅުނު ޒުވާނާ ހުއްޓުވައި މައިންބަފައިންނަށް ޚިދުމަތް ކުރަން ފޮނުއްވެވީ އެހެންވެގެންނެވެ.  

ލޮބުވެތި ކަނބަލުންނޭވެ! ފިރިހެނަކު އައިސް ކައިވެންޏަށް އެދޭއިރު އޭނާއަކީ ތަޤްވާވެރިއެއްކަމަށް ބަޔާންކޮށްފިނަމަ އުފާކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަޅުކަންކުރާނަމަ އެއީ ވަރަށް ރަނގަޅު، ހެޔޮލަފާވެސް މީހެކެވެ. އެހެނަސް އޭނާ އޭނާގެ މައިންބަފައިންނަށް، ޢާއިލާގެ އެހެން މީހުންނަށް ކަންކަންކުރާ ގޮތް ދެނެގަންނަންވާނެއެވެ. މައިންބަފައިންނަށާއި ޢާއިލާއަށް ޚިދުމަތްކުރުމުގައިވެސް އޭނާ ހުރީ ހަމަ އެންމެ ކުރީސަފުގައިކަމަށްވާނަމަ އެއޮތީ އިމްތިޙާނުން ފާސްވެފައެވެ. ނޫންނަމަ ފާސްވީކަމަށް ބަލައިގެން ލިބޭނީ ހިތްދަތިކަމެވެ.  

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް