އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު
ޢަރަބިއްޔާ ސްކޫލްގައި ތިބި މޫނުބުރުގާއަޅާ ދަރިވަރުންގެ ބެލެނިވެރިން ސްކޫލަށް ޙާޒިރުކުރިއިރު ވަކީލުންނާއިއެކު ޙާޒިރުވުމުން ބައްދަލުކުރަން ދެކޮޅު ހަދައިފިއެވެ.
އެތައްއިރަކު ބައިތިއްބާފައި އެންގިކަމަށް ބެލެނިވެރިއަކު ބުނީ "ވަކީލުންނާއިއެކު ބައްދަލުވުން ކުރިއަށް ނުގެންދާނެ ކަމަށާއި އަންގަންޖެހޭ އެންގުންތައް އަންގާނީ ލިޔުމުން" ކަމަށެވެ. އެހެންވީމާ އަޅުގަނޑުމެންނަށް މިއެނގުނީ މިއުޅެނީ ޤާނޫނާއެއްގޮތަށް ކަމެއްކުރަން ނޫންކަން. ޚުދުމުޚުތާރުކަމާއެކު ބާރުގެ ބޭނުންކޮށްގެން އެމްޑީއެންގެ ފިކުރަށް ޤައުމު ހިންގަންކަން. ދަރިވަރުންގެ ދީނީ ޤަޤީދާވެސް ނެތިކޮށްލަންކަން! އެކަމުގެ ދެވަނަ މަރުޙަލާ މިފެށެނީ."
"ދެން އިންޑިއާގަ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކޮށްފި! އެހެންވީމާ އިންޑިއާއަށް އަޅުވެތިވެފައިވާ ސަރުކާރަކުން އިންޑިއާގައި ކުރާ ކަންކަން ކުރާނެ! އަޅުވެތިކަމުގަ އޮތީމަ ނުކޮށް ކުރެވޭނެ ކަމެއް ނުއޮންނާނެ! އިންތިޚާބަށް ފައިސާވެސް ނުލިބިދާނެ ނޫންތޯ އެމީހުން ބުނާ ކަންކަން ނުކުރީމާ!"
ބެލެނިވެރިއަކު ބުނެފައިވެއެވެ. މިހިރީ މިއަދު މިޤައުމުގެ ކޮންމެ ރައްޔިތަކުވެސް ފުންކޮށް ވިސްނައިލަން ޖެހޭނެ ކަންކަމެވެ. މިހިސާބަށް ކަންކަން ދާއިރުވެސް އިސްލާމިކް މިނިސްޓްރީއާއި އެމިނިސްޓްރީގެ ބެލެނިވެރި ޢަދާލަތު ޕާޓީގެ ބަހެއް އަދި އަޑުއިވިފައި ނުވާތީވެސް ބެލެނިވެރިން ކަންބޮޑުވެއެވެ.
Breaking News.
— Arabiyya Family (@ArabiyyaFamily) March 21, 2023
Arabiyya gai moonu burugaa alhaa kudhinnaai beleniverin mivaguthu School ah haaziru koggen ulhey kamuge khabaru libijje.
Beleniverin haaziru vefaivanee qaanoonee vakeelun aa eku.
Ekamaku school in bunanee vakeelun aa eku meeting kuriyah nugendhaane kamah bunefa.
Advertisement
21 މާޗް 2023