އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ އަހަރި އާންމު ޖަލްސާ ބާއްވައިފި!

ދިރާގުގެ އަހަރި އާންމު ޖަލްސާ ބާއްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ދިރާގުގެ 34ވަނަ އަހަރީ ޢާންމު ޖަލްސާ ކުރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފިއެވެ.

މި އަހަރުގެ ވެސް ޖަލްސާ ބާއްވާފައިވަނީ 'ހައިބްރިޑް' މޮޑަލްއަކަށެވެ. މިދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވޯޓު ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ. މިއަހަރުގެ ޢާންމު ޖަލްސާގައި 125 ޙިއްސާދާރުންނާއެކު 71,347,289 ޙިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ހަތަރު (4) ރިޒޮލިއުޝަންއެއް ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ. 

2022ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަށް 2.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2021 ވަނަ އަހަރާއި އަޅާކިޔާއިރު %2.3 އިންސައްތަ މަތީ އަދަދެކެވެ. މިއީ ދިރާގުގެ ޚިދުމަތްތަށް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަކުރުމުގެ ނަތީޖާއެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާ ވަނީ 2021ވަނަ އަހަރާއި އަޅާކިޔާއިރު %11.8 ކުރިއަރާފައެވެ. 

ކެޕިޓަލް ޚަރަދު 53.5 އިންސައްތަ އިތުރުވެ 476 މިލިއަން ރުފިޔާއަށް ބޮޑުވެފައިވަނީ މައިގަނޑު ގޮތެއްގައި ކުންފުނިން ފުރިހަމަ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެއް ކަމަށްވާ ސީ-މީ-ޑަބްލިއުއީ 6 އަށް އިންވެސްޓްކުރަން ނިންމުމުންނެވެ. މިއީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މުސްތަގުބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ މުހިންމު އިންވެސްޓްމަންޓެކެވެ. އިންވެސްޓްމަންޓް އެޕްރޯޗުން ވެސް ދައްކުވައިދެނީ ހަރުދަނާ މާލީ ނަތީޖާތަކެއް ނެރެމުން އަންނައިރު ސްޓްރެޓެޖިކް ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ކުރުމަށް ކުންފުނިން ދޭ އަހައްމިއްޔަތުކަމެވެ. 

ދެމެހެއްޓެނިވި ހިއްސާދާރުންގެ އަގު އުފެއްދުމުގެ މުހިންމުކަން ދިރާގުން ދެނެގަނެ، މި ވައުދު ދައްކުވައިދެނީ އެ ކުންފުނީގެ ހިއްސާދާރުންނަށް ދުޅަހެޔޮ ޑިވިޑެންޑް ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުމުންނެވެ. މި ވައުދާ އެއްގޮތަށް ޑިރެކްޓަރުންގެ ބޯޑުން ހިއްސާއަކަށް 5.67 ރުފިޔާގެ ފައިނަލް ޑިވިޑެންޑެއް ހުށަހަޅައި، ހިއްސާދާރުން ފާސްކޮށް، 2022 ވަނަ އަހަރުގެ ފުލް އިޔާ ޑިވިޑެންޑް ހިއްސާއަކަށް 7.33 ރުފިޔާއަށް ގެނެސް، ސާފު ފައިދާގެ 61 ޕަސެންޓް ޕޭ އައުޓް ރޭޝިއޯ ރަމްޒުކޮށްދެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18.2 އިންސައްތައިގެ ކުރިއެރުމެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް