އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ކޮންމެ ދުވަހަކު ހުރިހާ ކަސްޓަމަރުންނަށް ދިރާގުން ހަދިޔާތަކެއް!

ރަމަޟާން މަހު ކޮންމެ ދުވަހަކު ހުރިހާ ކަސްޓަމަރުންނަށް ދިރާގުން ހަދިޔާތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު

ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު އިނާމުތަކާއި ކޮންމެ ހަފުތާއަކު "ބޮޑު ހަދިޔާ" އާއެކު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފިއެވެ. މިގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި އޮފަރތަކާއި އެ ކުންފުނީގެ ރަމަޟާން މަހުގެ ޚާއްސަ ހަރަކާތްތައް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. 

ދިރާގު ބޮޑު ހަދިޔާއާއެކު އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ހަފްތާއަކު 'މައިޑިއާ' ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ދެ ދޮރު ލީ އައިސް އަލަމާރި، އަވަން، މައިކްރޮވޭވް އަދި ވެކިއުމް ކްލީނަރގެ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭނެއެވެ. ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ ހުރިހާ އެކްޓިވް ކަސްޓަމަރުންވެސް މީގައި ހިމެނޭނެއެވެ. 

މީގެ އިތުރުން 'ބޯނަސް މެގަ ހަދިޔާ' ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެމީހެއްގެ އުމުރާ ދަތުރެއްވެސް ލިބިގެންދާނެއެވެ. 

ދިރާގު މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރަމަޟާން މަހުގެ ހާއްސަ ގިނަ ޕްރޮމޯޝަންތަކެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި:

•  ޑެއިލީ ގިފްޓް: ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ހެނދުނު 9:00 އަށް ކަސްޓަމަރުންނަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާ އެޑް-އޮން އެއް ކާމިޔާބު ކުރެވޭނެއެވެ. މި ލިބޭ ޚާއްސަ އެޑް-އޮން 1 ކަލަންޑަރު ދުވަހަށް ބޭނުންކުރެވޭނެއެވެ.

•  ބޯނަސް ގިފްޓް: ދިރާގު އެޕް މެދުވެރިކޮށް އެޑް-އޮންއެއް ނުވަތަ ބޫސްޓާރއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށްވެސް 24 ގަޑިއިރުގެ މުއްދަތަކަށް އިތުރު ހިލޭ އޮފަރއެއް ލިބިގެންދާނެއެވެ.

•  ރޯދަ ހަދިޔާ ފިހާރަ: ދިރާގު އެޕްގެ ޑިޖިޓަލް ރޯދަ ހަދިޔާ ފިހާރައިން ޚާއްސަ އެކްސްކްލޫސިވް އޮފާތަކެއް ހުރިހާ ކަސްޓަމަރުންނަށްވެސް ލިބޭނެއެވެ.

•  ޑަބަލް ޑޭޓާ ބޫސްޓަރ: ރަމަޟާން މަހުގެ ލިމިޓަޑް ޓައިމް އޮފަރއެއްގެ ގޮތުން ޚާއްސަ ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް ބޫސްޓަރ ނަގާ ކޮންމެ ފަރާތަކަށް ވެސް ދެގުނު ޑޭޓާ ލިބޭނެއެވެ.

ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޚާއްސަ އޮފަރތަކަށް ސަބްސްކްރައިބް ކުރެއްވޭނެއެވެ.

މިއަހަރު ދިރާގު ރަމަޟާން މަހުގެ ކެމްޕެއިންގެ ޝިޔާރު ބިނާކޮށްފައިވަނީ މަންމައިންގެ އަގު ވަޒަންކުރުމަށާއި މަންމަޔާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ. މިގޮތުން މިޝިޔާރާ ގުޅުވައިގެން ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ވަނީ މަމްސް އެއިޑް އެން.ޖީ.އޯގެ 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ޕާރޓްނަރަކަށްވެފައެވެ. މީގެ ދަށުން ދިރާގުން ވަނީ އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންއަޅާލާ މައިން ހިމެނެއެވެ. މީގެ އިތުރުން މިޟަން ފޯރ މައިގްރަންޓް ވަރކަރސް މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ ރޯދަވިއްލާ ޕެކްތަކެއްވެސް ދިރާގުން ފޯރުކޮށްދޭނެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެއެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް *454# ޖައްސަވައިގެން އެސް.އެމް.އެސްއިން އަދި ޕޯސްޓްޕއިޑް ކަސްޓަމަރުންނަށް ދިރާގުޕޭ ވެޕް ޕޯރޓަލް ނުވަތަ އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް