އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޝަހީމް އިސްތިޢްފާ ދެއްވަނީ

ޑރ. ޝަހީމް އިސްތިޢްފާ ދެއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

 

 އެކަން ސީދާ ހާމަ ނުކުރެއްވި ނަމަވެސް މިއަދު ޑރ. ޝަހީމް ވަނީ "އައިޔޫއެމްގެ ކައުންސިލުގެ ޢިއްޒަތްތެރި މެންބަރުން އައިޔޫއެމްގެ ތަރައްޤީއަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވައި ހެޔޮ ދުޢާ ކުރައްވާ" ކަމަށް ވިދާޅުވެފައެވެ.

 

އިސްލާމިކް ޔުނިވަރސިޓީ އުފެދި ފާއިތުވީ 3 އަހަރެއްހައި ދުވަހުގެ ތެރޭގައި އެ ޔުނިވަރސިޓީން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދައި ކާމިޔާބީތައް ޙާޞިލުކޮށްފައެވެ. މިހާރު އެޔުނިވަރސިޓީއަކީ ދުނިޔޭގެ ބައެއް ބޮޑެތި ޔުނިވަރސިޓީތަކާއި ގުޅިގެން ހިންގާ ޔުނިވަރސިޓީއެކެވެ. ގިނަ ޔުނިވަރސިޓީތަކެއްގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ޔުނިވަރސިޓީއެކެވެ.

 

ޑރ. ޝަހީމް މަޤާމުން އިސްތިޢްފާ ދެއްވަން ނިންމެވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ރަނިންގ މޭޓެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށްފަހު އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް