އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންދިމާވާ ގޮތަކުން ދެއިރުގެ ޛިކުރުތައް ނުކިޔޭ ދުވަހަކުވެސް މާޔޫސް ނުވާށެވެ!

ކަންދިމާވާ ގޮތަކުން ދެއިރުގެ ޛިކުރުތައް ނުކިޔޭ ދުވަހަކުވެސް މާޔޫސް ނުވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މިއީ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވުމުން ކޮންމެ މީހަކުވެސް ވީހައި ގިނައިން ޛިކުރުކުރަން، ޛިކުރު ކިޔަން ބޭނުންވާނެއެވެ. އެހެނަސް ކަންދިމާވާ ގޮތަކުން ދެއިރުގެ ޛިކުރުތައް ނުކިޔޭ ދުވަހެއްގައިވެސް މާޔޫސް ނުވާށެވެ!

ހަވީރުކިޔަންޖެހޭ ދުއާތަކާއި ޒިކުރުތައް ހަވީރު ނުކިއިއްޖެ ނަމަ މަޤްރިބް ނަމާދުނޫނީ އިޝާ ނަމާދުކޮށްގެން ހަވީރުގެ އެ ދުއާތަކާއި ޒިކުރުތައްކިޔޭނެތޯއެވެ؟

ހަވީރު ކިޔަންޖެހޭ ދުޢާތަކާއި ޛިކުރުތައް ހަވީރު ނުކިއިއްޖެނަމަ އެހެންގަޑިއެއްގައި ކިޔުމުން-އިންޝާ ﷲ- މައްސަލަ އެއް ނެތެވެ. والله تعالى أعلم.

އިތުރު 2 ސުވާލު:

ޢާޝޫރާދުވަހާއި ގުޅުވައިގެން ބައެއްމީހުން ޞަދަގާތް ކުރެއެވެ. އަނެއަބަޔަކުއެމީހުންގެ ދަރިފުޅުގެ ބަރުދަނުގެ ކޮންމެވެސް ކާއެއްޗެއް ބަހައެވެ. ނުވަތަގިނައިން ރޯ ކުއްޖެއްންމަ އެކުއްޖެއްގެ އަނގައިގައި ފޮޅި އެޅުމަށްފަހު އެފޮޅި ބަހައެވެ. މިފަދަ ކަންތައްތަކަކީ ކުރުން ރަނގަޅު ކަންތައްތޯ؟

ގިނަގިނައިން ރޯދަހިފުމާއި ޞަދަގާތް ކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާ ދެކަންތަކެވެ. ނަމަވެސް ޢާޝޫރާ ދުވަހާއި ގުޅުވައިގެން މިފަދަ ކަމެއް ކުރުމަކީ ސުންނަތުން ޘާބިތުވާ ކަމެއް ނޫނެވެ.

ދަރިފުޅުގެ ބަރުދަނަށް ކާއެއްޗެތިބެހުމާއި ދަރިފުޅުގެ އަނގައިގައި ފޮޅި އޮޅުމަށްފަހު ފޮޅި ބެހުމަކީ ބިދްޢަވެރި ޢަމަލުތަކެވެ. އެފަދަ ކަންތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. واللهتعالىأعلم.

އަންހެންމީހާއޭނާ ގެ ފިރިމީހާށް އަމުރުކުރަނީ ކަލޭ މިވެނިކމެއް ދެންކޮށްފިއްޔާވަރިވާނެ؟ މިގޮތަށް އަނބިމީހާ ބުނެގެން ކޮށްފިކަމަށްއވާނަމަ ވަރިވާނެހެއްޔެވެ؟

ވަރިއަކީ ފިރިމީހާގެ އަތްމަތީގައިވާ ބާރެކެވެ. އެހެންކަމުން އަނބިމީހާ ފިރިމީހާ އާއި ދިމާލަށް މިވެނި ކަމެއް ކޮށްފިނަމަ ވަރިވާނެޔޭ ބުނުމަކުން ފިރިމީހާ ވަރިނުކުރާހާ ހިނދަކު ވަރިޔެއް ނުވާނެއެވެ.والله تعالى أعلم.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް