އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިކަމެތިންނަށް ރަމަޟާންމަހުގެ ފެންބިލާއި ކަރަންޓްބިލް ދައްކައިދީފިނަމަ ދެއްވަވާނެ ޘަވާބުގެ އިމެއް ނެތެވެ!

ނިކަމެތިންނަށް ރަމަޟާންމަހުގެ ފެންބިލާއި ކަރަންޓްބިލް ދައްކައިދީފިނަމަ ދެއްވަވާނެ ޘަވާބުގެ އިމެއް ނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ކޮންމެ އަހަރެއްގެ ރަމަޟާންމަސްވެސް ބައްދަލުކުރަނީ މުސްލިމުންގެ ތެރެއިން އެތައް މިލިއަން ބައަކަށް ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވަނިކޮށެވެ. މިއަހަރަކީ އެކަން އަދި މާބޮޑަށް ކުރިމަތިވެފައިވާ އަހަރެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން ބައަކު ވަރަށް ނިކަމެތިޙާލުގައިވަނިކޮށް ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު ޙާދިސާއާއި ސީރިޔާއާއި ތުރކީވިލާތަށް ކުރިމަތިވި ނިންހެލުމުގެ ބޮޑު ޙާދިސާގެ ސަބަބުން ނިކަމެތި ޙާލުގައި ތިބި މީހުންގެ ޢަދަދު މިވަނީ އެތައް ގިނައަކަށް ބޮޑުވެފައެވެ. 

ފުދުންތެރިކަން ހުރިމީހާ ވީވަރަކުން އެންމެންނަށްވެސް އެހީތެރިވާށެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް އެމީހަކު ދިރިއުޅޭ ސަރަޙައްދުގައި ތިބި މުސްލިމުން ރޯދަހިފަނީ ކައިބޮއިހަދައިގެންކަން ޔަޤީންކުރާށެވެ.  

ދަތިޙާލުގައި އުޅެންޖެހޭތީ ނުކައި ނުބޮއި ތިބެގެންވެސް ކަރަންޓްބިލާއި ފެންބިލްވެސް ދައްކަންޖެހޭނެއެވެ. އެހެންކަމުން ވަރަށް ނުކަމެތިޙާލު ކުރިމަތިވާނެ ބައަކު އުޅޭނެއެވެ. ދަތިޙާލުގައި ޖެހިގެން މީހަކު އެހީތެރިކަމަށް އެދިއްޖެނަމަ ކާނެ އެތިކޮޅެއްދީފައި ފޮނުވާލުމުގެ ބަދަލުގައި އެމީހެއްގެ ކަރަންޓްބިލާއި ފެންބިލް ދައްކަން އެހީތެރިވިނަމަ އެކަމުން ހާދަ ބޮޑު ޘަވާބު ހޯދެން އެބައޮތެވެ. 

އެކަމުގެ ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ދަތިޙާލުގައި ހުރިމީހެއްގެ ގޭގެ ކަރަންޓްބިލް ތިބާ ދައްކައިދިނީއެވެ. އެކަމުގެ ސަބަބުން އެގޭގައި ދިއްލިފައި ހުންނާނީ ތިބާދިން އަލިކަމެވެ. އެއަލިކަމުގައި ގޭގެ މީހުން ޤުރްއާން ކިޔަވައި އެހެންވެސް އަޅުކަންކުރީމާ ތިބާއަށް ޘަވާބް  ދެއްވަވާނެ މިންވަރު ނިކަން އިޙްޞާޞްކޮށްލަބަލާށެވެ. ހަމައެފަދައިން ތިބާ ފެންބިލް ދައްކައިދީފިނަމަ އެގެއެއްގެ މީހުން ކައްކާކައި، ހިނައިޠޯހިރުވާނީ ތިބާދިން ފެނުންނެވެ. ނަމާދުކުރަން ވުޟޫކުރާނީ ތިބާދިން ފެނުންނެވެ. އެކަންކަމުން ތިބާއަށް ޘަވާބް ދެއްވަވާނެ މިންވަރު ނިކަން އިޙްޞާޞްކޮށްލަބަލާށެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އެކަންކަން ކޮށްލައިދޭ ވަޤުތު ތިބާގެ ޖީބުން މަދުވެލާ މިންވަރަށް ނުވެސް ވިސްނާށެވެ! ތިބާއަށް ނުވެސް އެނގިހުއްޓައި ތިބާ ހޭދަކުރިވަރަށްވުރެ މާގިނައިން ދެއްވަވައި ޖީބުތައް ﷲ ތަޢާލާ ފުރައިލަ ދެއްވަވާނެތެވެ! އަދި އާޚިރަތް ދުވަހު ތިބާގެ ހިތްވެސް ފުރައިލަދެއްވަވާނެތެވެ! އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް