އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ރަމަމާންމަސް ފެށިއްޖެއެވެ. ނަމާދުގެ ޖަމާޢަތްތަކަށް މިސްކިތްތައް ފުރި ބާރުވެއްޖެއެވެ. އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. އިން ޝާ ﷲ އެހެންކަމުން ވީހައި ފުރިހަމައަށް ނަމާދުކުރަން މަސައްކަތްކުރަން އެހީތެރިވެދިނުމުގެ ގޮތުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ޚުޝޫޢަތްތެރިކަމާއިއެކު ﷲ ތަޢާލާއަށްޓަކައި ނަމާދުކުރެވޭނީ އެހެން މީހުންގެ ކަންކަމަށް ވިސްނުމާއި ދުރުހެލިވެވިގެންނެވެ. އަދި ޙަލާލްތަކެތިކައި ބައި ހަދައިގެންނެވެ. ނަމާދަށް ހުއްޓުމަށްފަހު ތިމާގެ އަމިއްލަ އެދުންތައް ހިތުން ބޭރުކޮށްލެވިގެންނެވެ.
އަދި ކީއްހެއްޔެވެ؟ މިކަންކަން ކުރެވޭނީ އީމާންކަން ހިތުގައި ވަރުގަދަކުރެވިގެންނެވެ. ނަމާދުގެ މުހިންމުކަން ހިތަށް ވެއްދިގެންގެންނެވެ.
ނަމާދަށް ހުއްޓުމަށްފަހު، ނުވަތަ ޙަރަމްބަނުމާއިއެކު ނަމާދުކުރުން ފިޔަވައި އެހެން ހުރިހާ ކަންކަން ހިތުން ބޭރުކޮށްލަން މަސައްކަތްކުރާށެވެ! އެއިރުން ހިތުގެ އެބައިތަކަށް ﷲ ތަޢާލާގެ މަތިވެރިކަން ވަދެގެންދާނެއެވެ. އެއިރުން ނަމާދުން ބޭރުގައި ހިނގާ ކަންކަމަށް ވިސްނަން ބޭނުމެއްވެސް ނުވާނެއެވެ!
އަދި ކީއްހެއްޔެވެ؟ އެއިރުން ހިތަށް މަޑުމޮޅިކަން ލިބިގެންދާނެއެވެ. ﷲ ތަޢާލާއަށްޓަކައި ހިތް މަޑުމޮޅިކުރުވައިފިމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެއެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުގެ ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ
އަދިވެސް ކީއްހެއްޔެވެ؟ ނަމާދުގައި ހިތް ﷲ ތަޢާލާއަށްޓަކައި މަޑުމޮޅިކުރުވަން އެދޭމީހާ ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަލްޙަމްދުލިﷲ ކިޔައި އެއަށް ޢަމަލުކުރާށެވެ! އޭނާއަށް މަޑުމޮޅިކަން މިންވަރުކުރައްވަވާނެތެވެ. އެކަމުގެ ސަބަބުން ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން މަގުފަހިވެގެންދާނެތެވެ! ދެދުނިޔޭގެ ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
Advertisement
24 މާޗް 2023