އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަބުރުސްތާނުގަ މަތިމައްޗަށް މީހުން ވަޅުލެވިދާނެތޯ؟

ޤަބުރުސްތާނުގަ މަތިމައްޗަށް މީހުން ވަޅުލެވިދާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 39 ސިކުންތު

ފުރަތަމަ: މުސްލިމް މައްޔިތާއަށް ޙުރުމަތްތެރިކޮށް ހިތުން: 

އިސްލާމީ އުއްމަތުގެ އެންމެހައި ޢިލްމުވެރިންނާއި މުސްލިމް އުއްމަތް އެއްބަސްވާ ގޮތުގައި މުސްލިމުންނަކީ ދިރިތިބޭއިރު އެބައިމީހުންނަށް އިޙްތިރާމް ކުރުން ވާޖިބުވާ ފަދައިން މަރުވުމަށްފަހުވެސް އިޙްތިރާމް ލިބިގެންވާ އަދި ލިބެންޖެހޭ ބައެކެވެ. އެހެންކަމުން މުސްލިމަކު ދިރިހުންނައިރު ގެއްލުމެއްދޭން ހުއްދަނުވާ ފަދައިން އޭނާ މަރުވުމަށްފަހުވެސް ގެއްލުމެއްދިނުމީ ހުއްދަވެގެންވާ ކަމެއްނޫނެވެ.  

رَسُولُاللَّهِصلى الله عليه وسلم ޙަދީޘު ކުރަށްވާފައިވެއެވެ. 

(إِنَّكَسْرَعَظْمِالْمُؤْمِنِمَيِّتاًمِثْلُكَسْرِهِحَياًّ ) رواهأبوداودوابنماجةوصححهابنحبان 

މާނައީ: މުސްލިމަކު މަރުވެފައި އޮތްވާ އޭނާގެ ހަށިގަނޑުން ކަށްޓެއް ބިންދާލުމަކީ އޭނާ ދިރިހުއްޓާ އޭނާގެ ގައިގެ ކަށިގަނޑެއް ބިންދާލުންފަދަ ކަމެކެވެ. މިއެވެ.  

އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘު ކުރަށްވާފައި ވެއެވެ.  

(لاَ تُؤْذِي صَاحِبَ الْقَبْرِ) رواهالطبراني  މާނައީ: ކަށްވަޅުގައި އޮންނަ މީހާއަށް އުނދަގޫ ނުކުރާށެވެ! މިއެވެ.   

ދެވަނަ: މަހާނަމަތީ މީހުން ވަޅުލެވިދާނެބާ!  

ފަލަސްޠީނުގެ ޣައްޒާގައި ފަހަކަށް އައިސް އެތާގެ މީހުން ކަންކުރަންފެށި ގޮތަކީ ކުރީގެ ބޯދާ ގަބުރުސްތާނުގައި ކުރީގެ މަހާނަތައް މަތީގައި އަލަށް މީހުން ވަޅުލަން ފެށުމެވެ. ޣައްޒާގެ މީހުން މިކަން މިގޮތަށް ހަދަންފެށި ސަބަބަކީ ޤަބުރުސްތާނު ދަތިވުމާއި އެބައިމީހުން ދެން ބޭނުންކުރަން އޮތް ތަންތަަނަކީ އިޒްރޭލުގެ ސަރަޙައްދާއި ކައިރީގައި އޮތް ބިންތަކަށްވާތީ، އެމީހުންގެ ފަރާތުން ނުރައްކަލާ ކުރިމިތިވާންޖެހިދާނެ ކަމަށްޓަކައެވެ. އެހެންކަމުން ޑރ. ޒިޔާދު މިޤްދާދު ވަނީ ކުރީގެ ޤަބުރުސްތާނުގައި ދިހައަހަރަށްވުރެ ދުވަސްވީ މުސްކުޅި ޤަބުރުތައްމަތީ އަލަށް މީހުން ވަޅުލުމަށް ހުއްދަ ދެއްވާފައެވެ.  

އަދިވެސް ޑރ. ވިދާޅުވެފައި ވެއެވެ.

"وإذاكانتهناكضرورةتتمثلفيعدموجودمقبرةفلابأس" 

.މާނައީ: އިތުރުއެހެން ގަބުރުސްތާނެއްނެތި، އެކަމަށް ކޮންމެހެން ބޭނުންވެފައިވާކަމުގައި ވާނަމަ އެތަނުގައި ވަޅުލުމަކީ މައްސަލައެއް އޮތްކަމެއްނޫނެވެ. މިއެވެ.

އަދި ޑރ. ބައްސާމު އަލްޢުއްފުއާއި ޝައިޚު ޢާޝޫރުވެސް މިއަށް ތާއީދުކުރަށްވާ، ވާހަކަދައްކަވާފައިވެއެވެ. މިބޭފުޅުންނަކީ ޣައްޒާގެ ކުއްލިއްޔަތުއްދަޢުވާގެ ޤިސްމުއްޝަރީޢާގެ ތިން އުސްތާޛުންނެވެ. އަދިވެސް މިބޭފުޅުން ވިދާޅުވެފައި ވެއެވެ. "ޑރ. ސައުސީ ވިދާޅުވިފަދަ ޙާލަތަކަށް ޣައްޒާގެ ޙާލަތު މުޅިން ގޮސްފައި އޮތްކަމަކަށް ޤަބޫލުނުވި ކަމުގައި ވިއަސް ކުރީގެ ބޯދާ މަހާނަތަކުގައި ތިބި މައްޔިތުންގެ ހަށިތައް ކަށްވަޅުގައި ވެއްޔަށްވެ ހަލާކުވެ ނެތިގޮސްފައިވާނަމަ ކަށްވަޅުކޮނެ ސާފުކޮށް އެހެންމީހުން އެތާގައި ވަޅުލުމީ ހުއްދަވެގެންވާނޭ ކަމެކެވެ." 

ސަޢޫދީ ޢަރަބިޔާގެ فتاوى اللجنة الدائمة للبحوث العلمية والإفتاء - (ج 11 / ص 125) މިފޮތުގެ ހަތަރުވަނަ ސުވާލުގައި ތިމާމެން އަމިއްލަ ބިމެއްގައި ކުއްޖަކު ނުވަތަ ތިންހަތަރު ކުދިން ވަޅުލުމަށްފަހު، އެންމެ ފަހުގެ ކުއްޖާ ވަޅުލިތާ ފަސްއަހަރުފަހުން އެތަނުން އެކުދިން ކޮނެނަގައި އެހެންތަނެއްގައި ވަޅުލަން ބޭނުންވެ، އެކަންކުރަންވެއްޖެނަމަ، މިކަންކުރުމާމެދު ޙުކުމަކީ ކޮބައިތޯއޭ؟ ދެންނެވުމުން ޖަވާބުގައި މިފަދައިން ލިޔެފައި ވެއެވެ.  

އަޞްލު އުޞޫލަކީ މައްޔިތާ ކަށްވަޅުން ކޮނެނެގުމަކީ ހުއްދަކަމެއް ނޫންކަމެވެ. މިހެނީ މީހަކު ތަނެއްގައި ވަޅުލައިފިއްޔާ އެތަނެއް ވެގެންދަނީ އެމީހާގެ މިލްކެއްކަމަށެވެ. އަދި ކުރީގެ ސުވާލެއްގައި ބުނެވިދިޔަ ފަދައިން އެތާގައި އެމީހާވަނީ ޤާއިމުވެފައެވެ. އެތާގައި އެމީހާއަށް ގޯނާކުރުމާއި، އެތަނަށް ބާރުފޯރުވުމަކީ އެކަކަށްވެސް ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. އެހެންނޫނަސް ކޮނެނަގާއިރު ކަށިތައް ބިނދިގެންދިއުމާއި އެއަށް އިޙްތިރާމު ނުވުމާއި މިކަންކަމަކީވެސް ދީނުގައި ނަހީކުރެވިގެންވާ ކަންކަމެވެ....  

ދެން އެއަށްފަހު މިފަދައިން ލިއުއްވާފައި ވެއެވެ.

وَإِنَّمَايَجُوزُنَبْشُقَبْرِالْمَيِّتِوَإِخْرَاجِهِمِنْهُإِذَادَعَتِالضَّرُورَةُإِلَىذَلِكَ، أَوْمَصْلِحَةٍإِسْلاَمِيَّةٍرَاجِحَةٍيُقَرِّرُهَاأَهْلُالْعِلْمِ. 

މާނައީ: އެހެނެއްކަމަކު މައްޔިތާ ކަށްވަޅުން ކޮނެ ނެގުމަކީ ކޮންމެހެން ބޭނުންޖެހިއްޖެކަމަކަށް ވާނަމަ ނުވަތަ އިސްލާމީ މަޞްލިޙަތެއް އެކަމުގައި ހިމެނޭކަމަށްވާނަމަ އެކަމަކީ، ކުރެވިދާނެ ކަމެކެވެ. މިކަން ކަނޑައަޅުއްވާނީ އެތަނެއްގައި ތިއްބެވި ޢިލްމުވެރިންނެވެ.  

އިމާމު ނަވަވީ ޝަރަޙަ މުހައްޛަބުގެ 5/303 ގައި ވިދާޅުވެފައި ވެއެވެ.  

(وأما) نبشالقبرفلايجوزلغيرسببشرعىباتفاقالاصحابويجوزبالاسبابالشرعيةكنحوماسبقومختصرهأنهيجوزنبشالقبرإذابلىالميتوصارتراباوحينئذيجوزدفنغيرهفيهويجوززرعتلكالارضوبنائهاوسائروجوهالانتفاعوالتصرففيهاباتفاقالاصحابوإنكانتعاريةرجعفيهاالمعيروهذاكلهإذالميبقللميتأثرمنعظموغيرهقالأصحابنارحمهماللهويختلفذلكباختلافالبلادوالارضويعتمدفيهقولأهلالخبرة 

ކޮންމެއަކަސް ގަބުރު ކޮނެނެގުމަކީ، މަޛްހަބުގެ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ފަދައިން، ޝަރުޢީ ޢުޛުރަކާއި ނުލައި ހުއްދަވެގެންވާ ކަމެއްނޫނެވެ. މީގެ މިސާލުތައ އިސްވެވަނީ ބަޔާންވެ ގޮސްފައެވެ. އޭގެ ޚުލާޞާއަކީ ގަބުރު ކޮނެ ނެގުމާއި، އެނޫން މީހަކު އެތާގައި ވަޅުލުމަކީ މައްޔިތާ ހަލާކުވެ ވެއްޔަށްވެ ގޮސްފައިވާނަމަ ހުއްދަވެގެންވާ ކަމެކެވެ. ހަމައެހެންމެ އެބިމުގައި ދަނޑުވެރިކަން ކުރުމާއި ޢިމާރާތްކުރުމާއި އެނޫންވެސް ފައިދާކުރަނިވި ކޮންމެ ކަމެއް ކުރުމަކީ ހުއްދަ ވެގެންވާ ކަމެކެވެ. މިއީ މަޛްހަބުގެ އެންމެހައި ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ކަމެކެވެ. އަދި އެތަނަކީ ބަދަލުދިނުމަށް ނަގާފައިއޮތް ތަނެއްކަމުގައި ވިއަސް އޭގެ އަޞްލުވެރިޔާއަށް ބޭނުން ހިފުމަށްޓަކައި އެތަން އަނބުރާ ދެވިދާނެއެވެ. މިހުރިހާގޮތެއް ހުއްދަވާނީ އެތަނުގައި މައްޔިތާގެ ކަށްޓާއި އެފަދަ އެހެނިހެން އެއްޗެހިން އެތަން ސާފުވެފައި އޮތްނަމައެވެ. މިމައްސަލާގައި މިގޮތަށް ދަންނަބޭކަލުން ވިދާޅުވެފައި ވެއެވެ. އެއަށްފަހު ނަވަވީ އިމާމު ވިދާޅުވަނީ މިކަންތައްތަކަކީ ރަށާއި ބިމާއި ތަން ތަފާތުވުމުން ތަފާތުވެގެންދާ ކަންކަމެވެ. އެހެންކަމުން އޭގައި އިތުބާރު ކުރެވޭނީ ތަޖުރިބާކާރުންގެ ބަހެވެ.  

އަދިވެސް އެކަލޭގެފާނު އަލްއިޤްނާގައި ވިދާޅުވެފައިވެއެވެ. "އެއްވެސް ޙާލެއްގައި މީހަކު އޮތް މަހާނައެއްގައި އޭނާގެ ހަށިގަނޑު ހަލާކުނުވެ އޮތްވައި، ނަގާފައި އެހެންމީހަކު ވަޅުލައިގެން ނުވާނެއެވެ. އެއީ ކުރީގައި އޮތް މީހާގެ ޙުރުމަތަށްޓަކައެވެ. އެހެނަސް އެމީހާ މުޅިން ހަލާކުވެ ފީވެއްޖެކަން އެނގޭނަމަ ކޮނެ ފަސްގަނޑު ނެގުމަށްފަހު އަނެކާ ވަޅުލުމަކީ ހުއްދަވެގެންވާ ކަމެކެވެ. މިގޮތުން އެތަނަކުން މައްޔިތާގެ ކަށިތައް ފީވެ މުޅިން ނެތި ދިއުމުން، އެބިމުގައި ދަނޑުވެރިކަން ކުރުމާއި ފަސްގަނޑުޖެހުމާއި ވަޅުގަނޑުގަނޑު ކޮނުމާއި އެނޫންވެސް ބިނާކުރުން ފަދަ ކަންތައް ކުރެވިދާނެއެވެ. އެހެންނޫންނަމަ ހުއްދަނުވާނެއެވެ. 

ނޯޓް: (އިސްވެ ބަޔާން ކުރެވުނު މަޢްލޫމާތުތައް ނެގިފައިވަނީ ދިވެހިރާއްޖޭގެ ފިގްހު އެކަޑަމީ އިން ނެރެފައިވާ "މުސްލިމުންގެ މަހާނަތައް ކޮނެ ނެގުމާބެހޭ "ގަރާރުންނެވެ.

ޚުލާޞާ: ރަށުގައި ބިންދަތިވެ، ހަދާނެ ގޮތެއް ނެތިއްޖެ ޙާލަތެއްގައި މަތިމައްޗަށް ފަސް އަޅައިގެން ވަޅުލެވިދާނެއެވެ. ނަމަވެސް ބިމުގެ ތަނަވަސްކަން ހުރިނަމަ އެގޮތަށް އެކަން ކޮށްގެން ނުވާނެއެވެ. އަދި ފަސްއަޅަން މަސައްކަތް ކުރާ ކުރުމުގައިވެސް ވަޅުލެވިފައިވާ މައްޔިތުންގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް