އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައިޟުގެ ދުވަސްވަރު ޤުރްއާން ކިޔެވޭނެތަ؟

ޙައިޟުގެ ދުވަސްވަރު ޤުރްއާން ކިޔެވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 31 ސިކުންތު

ޙައިޟުގެ ދުވަސްވަރު މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުރި މައްސަލައެކެވެ. އެގޮތުން : 

1-       ޖުމްހޫރު ޢީލްމުވެރިން (ގިނަޢިލްމުވެރިން) ދެކެވަޑައިގަންނަވަނީ ހައިޟުވެރިޔާ ހައިޟުގެ ދުވަސްވަރު ޤުރުއާން ކިޔެވުމަކީ ޙަރާމްކަމެއްކަމުގައެވެ. ހަމަ އެކަނި އިސްތިޘްނާ ވެގެންވަނީ އޭނާ ދުޢާކުރުމުގައި ބޭނުންކުރާ ބައެއް އާޔަތްތަކެވެ. 

މިސާލަކަށް ( رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي اْلآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) ސޫރަތުލް ބަޤަރާ 201 . 

2-       ހ- އިމާމް މާލިކް رحمه اللهގެ މަޒްހަބުގައާއި އަދި އިމާމް އަޙްމަދު رحمه الله ގެ ރިވާޔަތެއްގައި ޙައިޟުވެރިން ޤުރުއާން ކިޔެވުމަކީ ހުއްދަކަމެއްކަމުގައި ވިދާޅުވެއެވެ. އަދި މިއީ ޝައިޚުލްއިސްލާމް އިބްން ތައިމިއްޔާ رحمه الله އަދި އިމާމް ޝައުކާނީ رحمه الله ވެސް ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެބޭފުޅުންވިދާޅުވަނީ: ސާފު ޞަރީޙަ ލަފްޒެއް ކީރިތިޤުރްއާނުންވެސް އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުންވެސް ވާރިދުވެގެން އައިސްފައި ނުވާކަމަށެވެ.

ށ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރުގައި ހައިޟުގެ ޙާލަތު ގައި ތިބޭ އަންހެން ބޭކަނބަލުންނަށް ޤުރްއާންކިޔެވުމަށް އެކަލޭގެފާނު މަނާނުކުރައްވައެވެ. 

މައްސަލާގައި ބޮޑަށް ބުރަވެވެނީ އަންހެނުންނަށް ހައިޟުގެ ދުވަސްވަރުގައި ޤުރުއާން ކިޔެވިދާނެކަމަށެވެ. ނަމަވެސް ޝުބުހާއިން (ޝައްކުތަކުން) ދުރުވުމަށްޓަކައި ޟަރޫރީ ޙާލަތްތަކުގައި މެނުވީ ނުކިޔެވުމަކީ އެންމެ މޮޅު އިތުރު ގޮތްކަމުގައި ފެނެއެވެ. މިސާލަކަށް ހިތުން ދަސްކުރާމީހެއް ހަދާނުން ނެތިދާނެކަމަށްޓަކައި އަދި ކިޔަވާ ކުއްޖަކު އޭނަގެ ތަޢުލީމަށްޓަކައެވެ. ނަމަވެސް މުޞްޙަފު (ޚަތިމް) ގައި ބީހުމެއްނެތިއެވެ. واللهأعلم

ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރުގައި ޒިކުރުކުރުމަކީ ހުއްދަކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙައްޖުތެރޭގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުގެ ޙާލަތުގައި އިންނަވާ ހިނދު ޙަދީޘް ކުރެއްވިއެވެ: " اِفْعَلِي مَا يَفْعَلُهُ الحَاج غَيْرَ أَنْ لَا تَطَوفي فِيالْبَيْتِ حَتَّى تَطَهِّرِي" މާނައީ: ކަމަނާ ޙައްޖުވެރިންކުރާ ކަންތައްތަކުގެތެރެއިން ޠަވާފު ނޫން އެހެން ކަންތައް ކުރައްވާށެއެވެ." އެބަހީ މިނާގައި ރޭކުރުމާ ހިލައުކުމާއި ތަލްބިޔާ ކިޔުމާއި ތަޙްލީލް، ތަމްޙީދު އަދި ތަކްބީރު ފަދަ ކަންތައްތަކެވެ. واللهأعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

އިތުރު ސުވާލެއް: 

ކްރެކްކޮށްފައި ފިހާރަތަކުގައި ވިއްކަންހުންނަ ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަނެގެން ބޭނުންކުރުމަކީ  ވައްކަމަކަށްވާނެތޯ؟ 

މި ސުވާލު ސަޢޫދީގެ ޢިލްމުވެރިންގެ މަޖްލިހާއި ކުރެވުމުން އެބޭފުޅުން ޖަވާބުގައި ވިދާޅުވެފައިވެއެވެ. 

ކުންފުންޔަކުން އެބައިމީހުންގެ ހުއްދަނެތި ކޮޕީ ހައްދައިގެން ނުވާނެކަމަށް އިޢްލާންކޮށްފައިވާ އެބައިމީހުންގެ ޕްރޮޑަކްޓްތައް ނުވަތަ ސޮފްޓްވެއަރތައް ކްރެކް ހަދައިގެން ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. 

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިފަދަ ސޮފްޓްވެއަރތައް އެތަކެތީގެ ފައިދާ ހޯދުމުގެ ނިޔަތުގައި ކްރެކް ހަދައިގެން ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެތަކެތިން ވިޔަފާރިކޮށްގެން ނުވާނެއެވެ. ޚާއްޞަގޮތެއްގައި އޭގެ އޮރިޖިނަލް ގަންނަން ލިބެން ނެތުން ނުވަތަ އަމިއްލަ އަށް ގަނެވޭނެފަދަ މާލީ ޙާލަތު ތަން ނުދިނުން ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ކްރެކް ހެދުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް މިފަދަ ޙާލަތުގައި ބޭނުން ކުރަންވާނީ އަމިއްލަބޭނުމަށް އެކަންޏެވެ. އެހެން މީހުންނަށް އޭތިފޯރުކޮށްދީގެން ނުވާނެއެވެ. އަދި އެއިން ވިޔަފާރިކޮށްގެންވެސް ނުވާނެއެވެ. 

ވީމާ، ޚުލާޞާއަކީ، ކުންފުނިން އެސޮފްޓްވެއަރ އެއްގެ ކްރެކް ހެދުން ނުވަތަ ކޮޕީ ހެދުން މަނާކޮށްފައިނުވާނަމަ އެފަދަ ސޮފްޓްވެއަރ ތަކުގެ ކޮޕީ ހެދުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ކުންފުނިން ކޮޕީ ހަދައިގެން ނުވާނެކަމަށް އިޢްލާންކޮށްފައިވާނަމަ ނުވަތަ ޝަރްޠުކޮށްފައިވާނަމަ އެފަދަ ސޮފްޓްވެއަރ އެއްގެ ކޮޕީ ހަދައިގެން ނުވާނެއެވެ. ނަމަވެސް އަމިއްލަ އަށް އެސޮފްޓްވެއަރ ގަނެވޭނެ ފެންވަރުނެތް މީހުން، ނުވަތަ ސޮފްޓްވެއަރ ބާޒާރުގައި ގަންނަން ލިބެން ނެތްނަމަ، އަމިއްލަ ބޭނުމަށް ކޮޕީ ހެއްދުމަކީ ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވާ ކަމެކެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް