އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްދީނާ ދެކޮޅަށް ފޮތެއް ލިޔުމުގެ ތެރެއިން ފެނުނު އެންމެ އާޔަތަކަށް ވިސްނައި އިތުރަށް ދަސްކޮށް މުސްލިމްވި މީހެއްގެ ވާހަކަ-

އިސްލާމްދީނާ ދެކޮޅަށް ފޮތެއް ލިޔުމުގެ ތެރެއިން ފެނުނު އެންމެ އާޔަތަކަށް ވިސްނައި އިތުރަށް ދަސްކޮށް މުސްލިމްވި މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

ފާޠިމަތު ނައީޝާ

 

ނެދަލޭންޑްސްއަށް އުފަން ޖޮރަމް އުޅެ ބޮޑުވީ ކްރިސްޓިއަން އާއިލާއެއްގައިއެވެ. ޖޮރަމް ވަނީ އޭލެވަލްއަށްފަހު މަތީ ތަޢުލީމު ހާޞިލްކޮށް އެކި އެކި ދީންތަކާއި އެދީންތަކުގެ އަޞްލުތައް ހިމެނޭ ދާއިރާއަކުން ކިޔަވާފައިއެވެ. އެޤައުމުގެ މަޖިލީސްގެ މެމްބަރުކަންވެސް އޭނާ އަދާކުރިއެވެ. 

ކްރިސްޓިއަނެއްގެ ގޮތުގައި ޖޮރަމްގެ މައިންބަފައިން އޭނާ ބަލާ ބޮޑުކުރަމުން އައިއިރުވެސް އެދީނުގެ އެކިކަންތައްތައް ހަމަނުޖެހޭކަމަށްފެނުނެވެ. އުމުރުން އެންމެ 16،17 އަހަރުގައި އޭނާގެ ދީނާމެދު ސުވާލުތައް އުފެދިގެން އައިއިރު، އެކި އެކި ފާދިރީންނާއި އެދީނުގެ ޢިލްމުވެރިންކައިރި ސުވާލުކުރުމުން ހަމަޖެހޭ، އޮށްޓަރުހުރި އެއްވެސް ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އެހެންނަމަވެސް އެކަންތައްތަކަށް މާބޮޑު ސަމާލުކަމެއްނުދީ ކްރިސްޓިއަންދީނުގައި އޭނާ ސާބިތުވެހުއްޓެވެ. 

ކޮލެޖަށް އޭނާ ދާންފެށީ 11 ސެޕްޓެމްބަރ 2001 ގައިއެވެ. މުސްލިމުންގެ ޓެރަރިޒަމް ހަމަލާއެއްގެ ގޮތުގައި ލޭބަލް ވަފައިވާ ހާދިސާ ހިނގީ އެއަހަރުގެ ސެޕްޓެމްބަރ 9 ގައި އެމެރިކާގައިއެވެ. އެހާދިސާގެ ސަބަބުން އިސްލާމަދީނަށާއި މުސްލިމުންނަށް ކުރާ ނަފްރަތު އިތުރުވިއެވެ. އެއާއިއެކު ޖޮރަމް ނިންމީ އިސްލާމްދީނާއި ދެކޮޅަށް ފޮތެއް ލިޔާށެވެ. 

އެފޮތް ލިޔުމުގެ ތެރެއިން އޭނާގެ ހަނދާނަށްއައީ ކުރިން އޭނާގެ ދީން، ކްރިސްޓިއަން ދީނާމެދު ހިތުގައި އުފެދުނު ސުވާލުތަކެވެ. އެހުރިހާ ސުވާލުތަކަކަށްވެސް އިސްލާމްދީނުގެ ނަޒަރުން ޖަވާބުދެވުނުކަން އޭނާއަށް ފާހަގަވިއެވެ. އަދި އެއީ އޮށްޓަރުހުރި، ހަމަޖެހޭ ވާހަކަތަކެއްކަން އޭނާއަށް އިނގުނެވެ. ދެން ޖޮރަމް ފެށީ އިސްލާމްދީނާއި ކްރިސްޓިއަންދީނުގައިވާ ކަންކަން އަޅާކިޔާށެވެ. އެއާއިއެކު އިސްލާމްދީނުގައިވާ ކަންތައްތަކާއި، ތައުހީދަކީ އޭނާއަށް ޤަބޫލުކުރެވޭ ކަންތައްތަކެއްކަން ވިސްނުނެވެ. އެހިސާބުން އިސްލާމްދީނަށް ކުރާ ނަފުރަތު ޖޮރަމްގެ ހިތުގައި ކުޑަވިއެވެ. ނަމަވެސް އިސްލާމްދީނަކީ އޭނާ އެހާ ފާޅުގައި ފާޑުކިޔަމުންދާ ދީނަކަށްވާތީ އެހާ ފަސޭހައިން އެކަންތައްތައް ޤަބޫލުކުރަން އޭނާ ފަސްޖެހުނެވެ. 

އިސްލާމްދީނަށް އޭނާ އަދިވެސް ބަލަމުން ދިޔައީ ހަރުހިތަކައިގެންނެވެ. އިތުރު ސުވާލުތަކައިގެން ޖޮރަމް ދެން ދިޔައީ ޝެއިޚެއްގެ ގާތަށެވެ. ޝެއިޚުގެ ޖަވާބުތަކުންނާއި، އެޝެއިޚު ކިޔަންބުނި ފޮތްތަކުގެ ސަބަބުން ޖޮރަމްއަށް ލޯހުޅުވިގެން ދިޔައެވެ. މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ އެއްކައުވަންތަކަން އޭނާއަށް ޤަބޫލުކުރެވުނެވެ. ދެން އޭނާ ހިތަށްއެރިއެވެ. ކީރިތި އަޞޫލާ محمد الصلى عليه وسلم އީ އެކަލާނގެ ރަޞޫލާކަމަށް އޭނާ ޤަބޫލުކޮށްފިއްޔާ ތިމަންނާ މުސްލިމަކަށްވެވުނީއެވެ. އެއާއިއެކު އޭނާ ލިޔަންފެށި ފޮތް ލިޔުން މެދުކަނޑާލަން އޭނާ ނިންމިއެވެ. މުސްލިމަކަށް ވެވިދާނެތީ ބިރުންނެވެ. އޭރު އޭނާ އެދިއެދި ހުރީ އިސްލާމްދީނުގެ ޔަޤީންކަމަށެވެ. 

ފޮތް ލިޔުން މެދުކަނޑާލުމަށްފަހު އޭނާ މަޢުލޫމާތު ހޯދުމަށް އެއްކޮށްފައިވާ ހުރިހާ ފޮތްތަކެއް ހަރުގަނޑަށް ލާން އުޅުމުގެ ތެރޭގައި ކީރިތި ޤުރުޢާން އޭނަގެ އަތުން ވެއްޓުނެވެ. ޚަޠިމް ނެގިއިރު ޤުރުއާނުގެ އާޔަތެއްގައި އޭނާގެ އަތްޖެހިފައިވާކަން އޭނާއަށް ފާހަގަވިއެވެ. އެ އާޔަތް ކިޔާލުމުން އޭނާއަށް ކުރެވުނީ ބުނެދޭންވެސް ނޭނގޭފަދަ އިޙްސާސެކެވެ. އެއީ سورة الحخّ ގެ 46 ވަނަ އާޔަތެވެ. "... އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ." 

އެހިސާބުން މުސްލިމަކަށްވާން ޖޮރަމް ބޭނުންވިއެވެ. މުސްލިމުވުމާއިއެކު އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. 2000 އަށްވުރެ ގިނަ މަރުގެ އިންޒާރު އޭނާއަށް ލިބުނެވެ. އެހެންނަމަވެސް އޭނާ އިސްލާމްދީނުގެ މަގުގައި ސާބިތުވެހުރީއެވެ. 

ވިސްނާފިކުރުކޮށްފި ކޮންމެ މީހަކަށް ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ މަގުދައްކަވާނެކަންކަށަވަރެވެ. އެއީ ހުރިހާކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.  

https://www.youtube.com/watch?v=yXCMU72z0Ms&t=205s

   

Advertisement

ކޮމެންޓް ކުރެއްވުމަށް