އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައު ސަރުކާރުން ހަތަރު އެއާޕޯޓެއް ހެދުމަށް ބަޖެޓު ކޮށްފި!

އައު ސަރުކާރުން ހަތަރު އެއާޕޯޓެއް ހެދުމަށް ބަޖެޓު ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހަތަރު ރަށެއްގައި އެއާޕޯޓު ހެދުމުގެ މަޝްރޫއުއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

 

އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ލަފާކޮށް ރައްޔިތުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހަތަރު ރަށެއްގައި އެއާޕޯޓޭއްގެ އިތުރުން ސަތާރަ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައެވެ.

 

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރަށްރަށުގައި އެއާރޕޯޓު ހެދުމަށް ނިންމާފައި ވާއިރު، އޭގެ  ތެރޭގައި މ. މުއްޔާއި ގދ. ފަރެސްމާތޮޑާ އާއި ހދ. މާފިނޮޅު ހިމެނެއެވެ. މީގެ އިތުރުން އެތަނުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ހދ. ކުޅުދުއްފުށީގައި އެޅި އެއާޕޯޓު ތަރައްގީ ކުރަންވެސް ބޮޑު އަދަދެއް އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައި ވެއެވެ.

 

ރައީސް ޔާމީންގެ ސަރުކާރުން މި އަހަރަށް ހަރަދު ކުރަމުން ގެންދާ ބަޖެޓަށް ހަތާވީސް ބިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އާ ސަރުކާރުގެ މަޝްރޫއުތައް ހިމަނައިގެން ހުށަހެޅި ބަޖެޓުގައި ދެ  ބިލިއަން ރުފިޔާ އިތުރަށް ވަނީ ހުށަހަޅާފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު