އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެރާކީ ކޮފީ ކެޕްސޫލް މޫލީ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މުޅިން ހިލޭ ޑެލިވެރީ!

މެރާކީ ކޮފީ ކެޕްސޫލް މޫލީ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މުޅިން ހިލޭ ޑެލިވެރީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 38 ސިކުންތު

މެރާކީ ކޮފީ ރޯސްޓަރސްއިން އުފައްދާ ދިވެހިރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް މިއަދު ލޯންޗުކޮށްފި އެވެ. އަމިއްލައަށް ނެތިފަނާވާ (ކޮމްޕޯސްޓަބަލް) މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ މި ކޮފީ ކެޕްސޫލަކީ، ފަސޭހަކަމާއެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެކެވެ. ހެޔޮއަގުގައި ލިބެން ހުންނާނެ މިކެޕްސޫލް މޫލީ މެދުވެރިކޮށް ލިބޭއިރު، ކޮފީ ބޯ ފަރާތްތަކަށް އިތުރު އެއްވެސް ތުރާލެއް ނެތި، ގޭގައި ނުވަތަ އޮފީހުގައި ފެންވަރު ރަނގަޅު މީރު ކޮފީއެއް ހަދާލެވޭނެ އެވެ.

އަލަށް ތައާރަފްކުރި މި ކޮފީ ކެޕްސޫލްތައް  މޫލީ މެދުވެރިކޮށް ކޮންމެތާކު އަދި ކޮންމެވަގުތަކުވެސް ފަސޭހަކަމާއކު ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސ މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ އެވެ. ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މޫލީ ގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި، އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އަދި ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް ބޮޑު ކަސްޓަމަރ ބޭސްއަކާއި ޑެލިވަރީގެ ޚިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް މި ޕްލެޓްފޯމް އެހީތެރިވެދެއެވެ.

ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ލޯންޗުކުރި އިރު، މި ތިން ބާވަތަކީވެސް މުޅި އަހަރުގެ ތެރޭގައި ލިބެން ހުންނާނެ އުފެއްދުންތަކެކެވެ. އެއީ ކްލެސިކް އެސްޕްރެސޯއެއްގެ މަތިން ހަނދާންކޮށްދޭނެ "ޗޮކްލެޓީ އެންޑް ނަޓީ" ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ "ބްރައިޓް އެންޑް ސިޓްރަސީ" ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާއި ތަފާތު ރަހަތަކެއް ހިމެނޭ "ސްވީޓް އެންޑް ފުރުޓީ" ކެޕްސޫލެކެވެ. މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް އަހަރުގެ އެކި ހިސާބުތަކުގައި ލޯންޗުކުރުމަށް ވަނީ ރޭވިފަ އެވެ.

·       ޗޮކްލެޓީ އާދި ނަޓީ ފްލޭވަރ ބައްލަވައިގަތުމަށް https://www.moolee.mv/meraki_chocolatey_and_nutty ޒިޔާރާތްކޮށްލައްވާށެވެ.

·       ބްރައިޓް އަދި ސިޓްރޫސީ ބައްލަވައިގަތުމަށް https://www.moolee.mv/meraki_bright_and_citrusy ޒިޔާރާތްކޮށްލައްވާށެވެ.

·       ސްވީޓީ އަދި ފްރުޓީ ބައްލަވައިގަތުމަށް https://www.moolee.mv/meraki_sweety_and_fruity ޒިޔާރާތްކޮށްލައްވާށެވެ.

މިހުރިހާ ކެޕްސޫލެއްވެސް ފަރުމާކުރެވިފައިވަނީ ނެސްޕްރެސޯ ކޮފީ މެޝިންތަކުގައި ބޭނުންކުރާ ކެޕްސޫލާ އެއް ފަރުމާއެއްގަ އެވެ. އެހެން ކަމުން، ނެސްޕްރެސޯ މެޝިނުގައި ނުވަތަ ނެސްޕްރެސޯ ކެޕްސޫލް ލެއްވޭ ކޮފީ މެޝިންތަކުގައި މެރާކީގެ ކެޕްސޫލްތައް ބޭނުންކުރެވޭނެ އެވެ. ނަމަވެސް، މެރާކީގެ ސްޕެޝަލިޓީ ކޮފީ ކެޕްސޫލެއްގެ ފުރިހަމަ ރަހަތައް އިންސާފުކުރުމަށް އެންމެ ރަނގަޅު މެޝިނަކީ "މޯނިންގ" ކޮފީ މެޝިނެވެ. މޯނިންގ ކޮފީ މެޝިނަކީ ކެޕްސޫލް ފޯމެޓް ސްޕެޝަލިޓީ ކޮފީއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މެޝިނެއް ކަމުން، އޭގައި ހިމެނޭ ކެލިބްރޭޝަން ފީޗާސް، އިން-ބިލްޓް ސްކޭލް އަދި އެހެނިހެން އެޕް ކޮންޓްރޯލްތަކާއެކު، ކެޕްސޫލްގައި ހުރި ހުރިހާ މީރު ރަހަތައް، އެއްވެސް އުނިކަމެއް ނެތި، ބަލާލެވޭނެ އެވެ. މެރާކީ އަކީ މޯނިންގ ކޮފީ މެޝިނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ، އަދި މި ކޮފީ މެޝިންވެސް ފަސޭހަކަމާއެކު މޫލީ މެދުވެރިކޮށް ބައްލަވައުގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ. މޫލީ މެދިވެރިކޮށް "މޯނިންގް" ކޮފީ މެޝީން ބައްލަވައިގަތުމަށް https://www.moolee.mv/the_morning_machine ޒިޔާރާތްކޮށްލައްވާށެވެ.

މިކެޕްސޫލްތަކާ އެކު މެރާކީއިން އާ ކޮފީ ފޯމެޓެއް ތައާރަފްކުރި ނަމަވެސް، މިއީ، ދުނިޔޭގައި ފާހަގަކޮށްލެވޭ ކޮފީތައް ރޯސްޓްކުރާ ރޯސްޓަރެއްގެ ގޮތުގައި، މެރާކީއިން ގެންގުޅޭ މިންގަނޑުތަކާ ދުރުވާ ދުރުވުމެއް ނޫނެވެ. ކެޕްސޫލްވެސް ހިމެނޭ ގޮތަށް، މެރާކީއިން ރޯސްޓްކޮށް، ބާޒާރަށް ނެރޭ ހުރިހާ ކޮފީއަކީވެސް ކޮފީގެ އަސްލު އެނގުމާއެކު، އުފެއްދުމުގެ ހުރިހާ ހިސާބެއްގައިވެސް މަސައްކަތްތެރިންނަށް ހަމަ އަގު ލިއްބައިދޭ، ދެމެހެއްޓެނިވި ޕްރެކްޓިސްތަކެއްގެ މަތިން އުފައްދާ، ރޯސްޓްކުރެވޭ ކޮފީތަކެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު