އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަޚުންނާ އުޚުތުންނަށް ދެމުންއައި ހަދިޔާއިން ޢިލްމްވެރިވެވި ތަނަވަސްކަން ލިބުނު ޒުވާނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އަޚުންނާ އުޚުތުންނަށް ދެމުންއައި ހަދިޔާއިން ޢިލްމްވެރިވެވި ތަނަވަސްކަން ލިބުނު ޒުވާނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 31 ސިކުންތު

ޢާއިލާގެ މީހުންނަށްވެސް އަދި އެކުވެރިންނަށްވެސް ދޭން އެންމެ ރަނގަޅު ހަދިޔާއަކީ ކޮބައިތޯއެވެ؟ އެމީހުން އަޅުގަނޑަށް އަގުބޮޑު ހަދިޔާތައް ދެއެވެ. ނަމަވެސް އަޅުގަނޑުގެ ކިބައިގައި ތަނަވަސްކަން ނެތުމުން އަޅުގަނޑަކަށް ނުދެވެއެވެ. އަޞްލު ސުވާލަކީ މިޙާލަތުގައި އަޅުގަނޑަށް އެމީހުންނަށް ދެވޭނެ އެމީހުންނަށް އެންމެ ފައިދާކުރާނެ ހަދިޔާއަކީ ކޮބައިތޯއެވެ؟ 

ކިޔުންތެރިޔާގެ 2 ސުވާލިގެ ޖަވާބަކަށްވެސް ތިރީގައި އެވާ ވާހަކަ ފުދޭނެ ކަމަށް އުންމީދުކުރަމެވެ. 

ވަރަށް ލޯބިން އެކުގައި އުޅޭ ޢާއިލާތަކުގައިވެސް ހަދިޔާ ދިނުން ކަމަށްވެފައި މިއޮންނަނީ ކޮންމެވެސް ބޮޑު އެއްޗެއް ދިނުމެވެ. ހަފަލާއަކަށް ދާއިރު ނުވަތަ އެންމެ ކުޑަމިނުން ބަލިވެ އޮތް މީހަކަށް ގޮވާލަންދާއިރުވެސް ކޮންމެ މީހަކުވެސް ސަމާލުކަންދޭނީ ވީހައި ރަނގަޅު ހަދިޔާއެއް ގެންގޮސްދިނުމަށެވެ. ދަރިންލައްވައި ޕާރުސަލްދީގެން އެއާދަ ދަރިންގެ ގައިގައިހަރުލައްވުވަން ވެސް މަސައްކަތްކުރެއެވެ. 

މިއީ ހަމަ ރަނގަޅު ކަމެކެވެ. އެކަމަށް އެއްވެސް ބަހެއް ބުނާކަށް ނެތީމެވެ. ނަމަވެސް ބުނެލަން ބޭނުންވަނީ ތިމާކުރަންވެސް އަދި ދަރިންނަށް ދަސްކޮށްދޭންވެސް މާމުހިންމު ކަމެއް އެބައޮތެވެ. މާފަސޭހައިން މާގިނައިން ކުރެވެން އޮތް ކަމެއް އެބައޮތެވެ! އަދި އެކަން ކުރުމުން ﷲ ތައާލާ ނުހަނު މަތިވެރި ޘަވާބާއި ދަރުމަ ދެއްވަވަތެވެ! 

ވަޞިއްޔަކީ އަހްމަދުގެ މިތަޖުރިބާކިޔައިލުމެވެ. އަދި ޢަމަލުވެސް ކުރުމެވެ. ދުޢާއަކީ އަޙްމަދަށް ލެއްވެވި ފަދައިން އެގޮތަށް ޢަމަލުކުރި ކޮންމެ މީހަކަށް ރަޙްމަތް ލެއްވެވުމެވެ. 

އަހްމްދުގެ ވާހަކަ: 

އަޙްމަދު އަކީ ކުޑައިރުންސުރެ ވަރަށް ތަޤްވާވެރި ހެޔޮލަފާ ކުއްޖެކެވެ. މައިންބަފައިންގެ ބަސް އަހާ ކުއްޖެކެވެ. އަބަދުވެސް ނަމާދުކުރާ ކުއްޖެކެވެ. ހަމައެއާއިއެކު އަބަދުވެސް އޭނާގެ އަޚުންނާއި އުޚުތުންނަށްޓަކައި ހެޔޮ ދުޢާކުރަމުން އައި ކުއްޖެކެވެ. އޭނާއަށް ބޭނުންވެގެން ކަންކަމަށް އެދި ﷲ ތަޢާލާއަށް ދަންނަވާ ވަރަށްވުރެ ގިނައިން އޭނާގެ އަޚުތުންނަށްޓަކައި ހެޔޮ ދުޢާކުރަމުން އައި ކުއްޖެކެވެ. 

އަޙްމަދު އެންމެ ގިނައިން ދުޢާކުރީ އޭނާގެ އަޚުންނާއި އުޚުތުންނަކީ ޢިލްމުވެރިން ކަމުގައި ލައްވަވައި ދެއްވަވާތޯ އާއި އެކުދިންނަކީ ފައިސާވެރި ތަނަވަސްކުދިން ކަމުގައި ލައްވަވައިދެއްވެވުން އެދިއެވެ. 

ކަންދިމާވިގޮތުން ބޮޑުވެގެން އަޙްމަދުވީ ވަރަށް ބޮޑު ޢިލްމުވެރއަކަށެވެ. އަދި އަތްމަތި ތަނަވަސް ފައިސާ ވެރިއަކަށެވެ. އެހެން އެކަން ދިމާވީ ކީއްވެގެންކަން އަޙްމަދަކަށް ނުއެނގެއެވެ. އޭނާއަށް އެ ނިޢްމަތްތައް ދެއްވެވީ ވަކި ޚާއްޞަކަމެއް ކުރެވިގެން ކަމެއް އޭނާއަކަށް ނުއެނގެއެވެ. 

އެއްދުވަހަކު އަޙްމަދު އާއި ބައްދަލުވި ދީނީ ޢިލްމުވެރިއަކާއި ދެކެވުނު ވާހަކައެއްގައި އަޙްމަދު ކުޑައިރުންސުރެ އޭނާގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރާ ކަމުގައި ދެންނެވިއެވެ. އަޙަމަދު ދެންނެވިއެވެ. "އަޅުގަނޑު އެންމެ ކުޑައިރުންސުރެ އަޅުގަނޑުގެ އަޚުންނާއި އުޚުތުންނަށް ޢިލްމާއި ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރަމެވެ. ނަމަވެސް އަދިވެސް ބައެއް އަޚުންނަކީ ތަނަވަސް ބައެއް ނޫނެވެ. ނަމަވެސް ހުރިހާ އަޚުންނާއި އުޚުތުންނަކީވެސް ޢިލްމުވެރިންނެވެ. މިކަމުގެ ޙިކުމަތަކީ ކޮބައިތޯއެވެ؟" 

ޢިލްމުވެރިޔާ ވިދާޅުވިއެވެ! 

"ފުރަތަމަ ކަމަކީ އެއްވެސް މީހަކު އެދޭ ހުރިހާ ކަމެއް މިދުނިޔޭގައި ފުރިހަމަ ނުވެދާނެއެވެ. ނަމަވެސް ދުޢާކުރުންމަތީގައި ހުރިނަމަ އެކަމުގެ ފައިދާ ޤިޔާމަތް ދުވަހުގައި ކުރާނެއެވެ. ވީމާ އެއްވެސް މީހަކު މާޔޫސްވެ ދުޢާކުރުން ހުއްޓާލައިގެނެއް ނުވާނެއެވެ. 

ހަމަ އެއާއިއެކު މިކުރެވެނީ ކިހައިވަރެއްގެކަމެއްކަން ނުއެނގިހުރެ އަޙްމަދަށް ކުރެވެމުން ތިއަ އައީ ވަރަށް ފައިދާހުރި ކަމެކެވެ. އެމީހަކަށް ނުއަންގައި އެމީހަކަށް ސިއްރުން މީހަކަށް ހެޔޮ ދުޢާކުރާނަމަ އެމީހަކު އެ ދުޢާކުރި ކަމެއް އެމީހަކަށް ހިންމަވައި ދެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. އެއީ ޞަޙީހް ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ. 

ވީމާ އަހްމަދަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޢިލްމާއި ތަނަވަސްކަން ދެއްވެވި ސަބަބަކީ އަހްމަދުގެ އަޚުންނާއި އުޚުތުންނަށްޓަކައި އަޙްމަދު ކުރި ދުޢާތަކަށް މަލާއިކަތުން އާމީން ވިދާޅުވެ ހަމަ އެ ކަންކަން އަޙްމަދަށް ދެއްވެވުން އެދި ކުރެއްވެވި ދުޢާ ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް