އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކު ތިބާއާމެދު ދޮގުވާހަކައެއް ފަތުރާއިރަށް އެކަން ދޮގުކުރަން ހުވާތައްނުކޮށް ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދޭށެވެ!: މުފްތީ މެންކް

މީހަކު ތިބާއާމެދު ދޮގުވާހަކައެއް ފަތުރާއިރަށް އެކަން ދޮގުކުރަން ހުވާތައްނުކޮށް ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދޭށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އުފަލަކަށް ހަދައިގެންވެސް މީސްތަކުންގެ ބޮލުގައި އެމީހުން ނުވެސް ދެނެހުރި ކަންކަމުގެ އިލްޒާމްތައް އަޅުވައި ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ގިނަބައަކުކުރާ ކަމެކެވެ. އެއީ ބޮޑުފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑުފާފައެއްކަން ޤަބޫލުކޮށް ބިރުވެތިވާ މީހުން މިދަނީ މަދުވަމުންނެވެ.

މީހަކު ތިބާއާމެދު ދޮގުވާހަކައެއް ފަތުރާއިރަށް އެކަން ދޮގުކުރަން ނުވަތަ އެއީ ދޮގުކަން ށާބިތުކުރަން މީހުން އަވަސްވެގަނެއެވެ. ތެޅިފޮޅިގަނެއެވެ. އެތައް ބައިވަރުހުވާތައްވެސްކުރެއެވެ. އެކަމަށް އަވަސްއަރައިގަނެ ތެޅިފޮޅިނުގަންނާށެވެ. ހުވާތައްނުކުރާށެވެ! އޭނާކުރި ޢަމަލުގެ ހިތިރަހަ ޢޭނާއަށް ﷲ ތަޢާލާ ދެއްވަވާނތެވެ!

ދޮގުބުނާ މީހުން އަބަދުވެސްދާނީ ފަޟީޙަތްވަމުންނެވެ. އެއީ ދޮގުކަން ކޮންމެވެސް ހިސާބަކުން ފަޅާއަރާނެއެވެ. ދެން އުޅެންޖެހޭނީ އަނެއްކާވެސް ބަދަލުނުކުރެވިގެންނެވެ. ހަދަންޖެހޭނީ އިތުރުދޮގުތަކެވެ. ދޮގުހަދާ މީހަކަށް އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. އަބަދުވެސް ހުންނަންޖެހޭނީ ދޮގުމައްޗަށް ދޮގުހަދަހަދައެވެ. އުޅެންޖެހޭނީ ހެދި ދޮގުން ސަލާމަތްނުވެވިގެންނެވެ. ނަތީޖާއަކީ އެމީހާގެ ފަތުގައި ހުރިހކަމެއް ލިޔެވި ފާފަތައް ފުނިޖެހެމުންދާނެކަމެވެ.

އަހަރެން މިބުނަނީ އަޅުވާ ދޮގު އިލްޒާމުން ސަލާމަތްވާން އެއްވެސް ކަމެއް ނުކުރުމަކަށް ނޫނެވެ. ނަމަވެސް އެކަމުގައި ތެޅިފޮޅިނުގަތުމަށެވެ. މާމައްޗަށް ކަންކަން ނުގެންދިއުމަށެވެ. ބަސްތައް ބުނެ އަނެކާފަދައިން އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހަކަށް ނުވުމަށެވެ. އޭނާ ދެއްކި ދޮގުވާހަކަތައް މީސްތަކުން އަޑުއެހިފަދައިން ތިބާ ބުނާބަސްތަކާއި ޢަމަލުކުރާގޮތް ބަލަންވެސް ގިނަބައަކު ތިބޭނެތީއެވެ.

މީސްތަކުންނޭވެ! އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އާއިމެދުގައިވެސް އިތުރުއެކަލޭގެފާނުގެ ޞަޙާބީންނާއިމެދުގައިވެސް ހަމަ އެފަދަ ދޮގު އިލްޒާމްތައް އެޅުވިއެވެ. އެބޭކަލުން ޢަމަލުކުރެއްވެވިގޮތް ދަސްކުރާށެވެ. މިއުންމަތުގެ މައިކަނބަލުންގެތެރެއިން ޢައިޝަތުގެފާނުގެ އިސްތަށިފުޅުގައި އެޅުވި ދޮގު އިލްޒާމް ހަނދާނަށް ގެންނާށެވެ. އެކަމަނާ އެކަންކަމަށް ކެތްތެރިވެވަޑައިގަތުމުން 7 އުޑުމަތިން ވަޙީ ބާވައިލައްވަވައި އެ ދޮގުތުހުމަތުތަކުން އެކަމަނާއަށް ސަލާމަތްކަން ނުދެއްވަވާހެއްޔެވެ؟

ވީމާ ތިމާ އާއިމެދު ފަތުރާ ދޮގުވާހަކަތަކާއިމެދު ކަންބޮޑުވެ ތެޅިފޮޅި ހުވާތައް ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ އެކަންކުރިވަރަކަށް އެކަން ވެގެންދާނީ ތިބާއަށް ލައްވަވާ ރަޙްމަތަކަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް