އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސަހަރާ މިސްކިތް މަރާމާތުކޮށް އަންހެނުން ނަމާދު ކުރުމަށް ޖާގަ ބޮޑުކުރަނީ!

އާސަހަރާ މިސްކިތް މަރާމާތުކޮށް އަންހެނުން ނަމާދު ކުރުމަށް ޖާގަ ބޮޑުކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އާސަހަރާ މިސްކިތް މަރާމާތުކޮށް އަންހެނުން ނަމާދު ކުރުމަށް ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ޒަމާންތަކަކަށްފަހު އާސަހަރާ ތަރައްޤީކުރުމަށް ނިންމާ އެ މަޝްރޫޢުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި، ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި އާސަހަރާ މަރާމާތުކޮށް ނިމޭއިރު، އަންހެނުން ނަމާދު ކުރުމަށް ބޭނުން ކުރާ ޖާގަ ބޮޑުކުވާނެކަމަށާއި، އަންހެނުންނަށް ހާއްސަ ވުލޫ ކުރާތަނެއްވެސް މަރާމާތުކޮށް ޖާގަ އިތުރުކުރުމަށް ނިންމާފައިވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

އާސަހަރާ މިސްކިތް މަރާމާތުކުރުމަށް ނިންމެވީ އާސަހަރާއަކީ މާލެ ސިޓީގައި ބޭނުން ކުރާ ހަމައެކަނި ސަހަރާކަމަށްވެފައި، އެ ސަހަރާ ފުރިފައިވުމުން ކަމަށް މާލެ ސީޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު