އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮޅަށްހުރެ ކައިބޮއި ހެދުން: އެއީ ކިޑްނީއަށާ އެހެން ގުނަވަންތަކަށް ނުރައްކާވާކަމެއްކަމަށް ސައިންސްވެރިން އެދަނީ ބުނަމުން-

ކޮޅަށްހުރެ ކައިބޮއި ހެދުން: އެއީ ކިޑްނީއަށާ އެހެން ގުނަވަންތަކަށް ނުރައްކާވާކަމެއްކަމަށް ސައިންސްވެރިން އެދަނީ ބުނަމުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 35 ސިކުންތު

މިހާރަކަށް އައިސް ކޮޅަށް ތިބެގެން ކައިބޮއި ހަދާ ގޮތަށް ބޮޑެތި ޙަފްލާތައްވެސް އިންތިޒާމްކުރެއެވެ. އެހެންކަމުން އެއީ ޒަމާނީ ފެޝަނެއްކަމަށް ދެކެ އެކަމާއިމެދު ކަންބޮޑުވާ މީހުންވެސް ދަނީ މަދުވަމުންނެވެ. ކޮޅަށް ތިބެ ކައިބޮއި ހެދުމާއިމެދު ދީނުގައި އޮތީ ކޮން ގޮތެއްތޯއެވެ؟ 

ކޮޅަށް ހުރެ ފެންބުއިން މަނާ ކުރައްވާފައި ހުރި ޙަދީޘް ތަކެއްވެސް ވެއެވެ. ހަމައެފަދައިން އެކަން ހުއްދަ ކުރައްވާފައިވާ ޙަދީޘް ތަކެއްވެސް ވާރިދުވެފައިވެއެވެ. 

ކޮޅަށް ހުރެ ބުއިން މަނާ ކުރައްވާ ޙަދީޘް ތަކުގެ ތެރޭގައި އަންނަނިވި ޙަދީޘް ހިމެނެއެވެ.

مارواهمسلم (2024) (2025)عَنْأَنَسٍوأَبِيسَعِيدٍالْخُدْرِيِّرضياللهعنهماأَنَّالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَزَجَرَ ( فيلفظ : نَهَى) عَنْالشُّرْبِقَائِمًا 

މާތް ﷲ ރުއްސުންލެއްވި އަނަސް އާއި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. "ކޮޅަށް ހުރެ ފެންބުއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންކާރު ކުރެއްވިއެވެ". އެހެން ރިވާޔަތެއްގައިވެއެވެ. "ކޮޅަށް ހުރެ ފެންބުއިން ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މަނާ ކުރެއްވިއެވެ". 

ކޮޅަށް ހުރެ ބުއިން ހުއްދަ ކަމަށް ދޭހަވާ ރިވާޔަތް ތަކުގެ ތެރޭގައި އަންނަނިވި ރިވާޔަތްތައް ހިމެނިގެންވެއެވެ 

مارواهالبخاري (1637) مسلم (2027) عَنْابْنِعَبَّاسٍرَضِيَاللَّهُعَنْهُماقَالَ : سَقَيْتُرَسُولَاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَمِنْزَمْزَمَفَشَرِبَوَهُوَقَائِمٌ . 

މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޒަމްޒަމް ފެން އެރުވުމުން އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ހިއްޕެވިއެވެ".

وروىالبخاري (5615) عنعَلِيّرَضِيَاللَّهُعَنْهُأنهشَرِبَقَائِمًاثمقَالَ : إِنَّنَاسًايَكْرَهُأَحَدُهُمْأَنْيَشْرَبَوَهُوَقَائِمٌ ، وَإِنِّيرَأَيْتُالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَفَعَلَكَمَارَأَيْتُمُونِيفَعَلْتُ 

މާތް ﷲ ރުއްސުންލެއްވި ޢަލީގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ހިއްޕެވިއެވެ. އަދި ވިދާޅުވިއެވެ. ބަޔަކު މީހުން ކޮޅަށް ހުރެ ބުއިމާއި އިންކާރު ކުރެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންނާ ބޮނިކޮށް ދުއްގޮތަށް، ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހިއްޕަވަނިކޮށް ތިމަންކަލޭގެފަނު ދެކިވަޑައިގަތީމެވެ". 

وروىأحمد (797) أَنَّعَلِيَّبْنَأَبِيطَالِبٍرَضِيَاللَّهُعَنْهُشَرِبَقَائِمًا ، فَنَظَرَإِلَيْهِالنَّاسُكَأَنَّهُمْأَنْكَرُوهُفَقَالَ : مَاتَنْظُرُونَ ! إِنْأَشْرَبْقَائِمًافَقَدْرَأَيْتُالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَيَشْرَبُقَائِمًا ، وَإِنْأَشْرَبْقَاعِدًافَقَدْرَأَيْتُالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَيَشْرَبُقَاعِدًا . قالأحمدشاكرفيتحقيقالمسند : إسنادهصحيحاهـ 

މާނައަކީ: "އިމާމް އަޙްމަދު ރިވާ ކުރެއްވިއެވެ. ޢަލީ ބިން އަބީޠާލިބް- ރަޟިޔަﷲ ޢަންހު- ކޮޅަށް ހުންނަވާ ފެންފޮދު ހިއްޕެވިއެވެ. އެހިނދު މީސްތަކުން އެކަލޭގެފާނާއި ދިމާލަށް އިންކާރުގެ ނަޡަރަކުން ބަލަން ފެށިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިޔަ ބަލަނީ ކޮންކަމަކާ ހުރެ ހެއްޔެވެ؟ އަހަރެން ކޮޅަށް ހުރެ ބުއިނަމަ، އެކަންކޮށްފައިވާނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮޅަށް ހުންނަވައިގެން ފެންފޮދު ހިއްޕަވަނިކޮށް ފެނިގެންނެވެ. އަދި އަހަރެން އިށީނދެ އިނދެ ބޮއިފައި ހުންނާނީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިށީނދެ އިންނަވައިގެން ހިއްޕަވަނިކޮށް ފެނިގެންނެވެ". 

وروىالترمذي (1881) عَنْابْنِعُمَرَرَضِيَاللَّهُعَنْهُماقَالَ : كُنَّانَأْكُلُعَلَىعَهْدِرَسُولِاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَوَنَحْنُنَمْشِي ، وَنَشْرَبُوَنَحْنُقِيَامٌ . صححهالألبانيفيصحيحالترمذي 

މާނައަކީ: އިމާމް ތިރްމިޛީ-ރަޙިމަހުﷲ- ރިވާ ކުރެއްވިއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ހިނގާފައި ދަމުން ކައިހަދަމެވެ. އަދި ކޮޅަށް ހުރެ ބޮއިވެސް ހަދަމެވެ". 

އިސްވެދިޔަ ޙަދީޘްތައް ޖަމްޢު ކުރައްވާ ޢިލްމުވެރިން ވިދާޅުވެފައިވަނީ ކޮޅަށް ހުރެ ބުއިން މަނާކުރައްވާފައިވާ ނަހީ އަކީ ޙަރާމްގެ ނަހީ އެއް ނުން ކަމަށެވެ. އޭގައި އެވަނީ އެންމެ ރަގަޅު ގޮތަށް އިރްޝާދު ދެއްވާފައެވެ. އަދި އެންމެ މޮޅު ގޮތަކީ އިށީނދެ އިނދެގެން ބުއިން ކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮޅަށް ހުންނަވައިގެން ހިއްޕެވި ކަމަށް އައިސްފައިވާ ރިވާޔަތް ތަކުގައި އެވަނީ އެއީ ހުއްދަ ކަމެއްކަން ދައްކުވައިދެއްވުމުގެ ގޮތުންނެވެ. 

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ﷲ ގެ ރަޙްމަތުން މި ޙަދީޘް ތަކުގައި އެއްވެސް ކަހަލަ މައްސަލަ އެއް ނެތެވެ. އަދި އެއްވެސް ޙަދީޘަކީ ޟަޢީފް ޙަދީޘެއްވެސް ނޫނެވެ. އަދި ކިއެއްތަ ހުރިހާ ޙަދީޘަކީ ޞައްޙަ ޙަދީޘެވެ. ވީމާ، މިމައްސަލާގައި އެންމެ ރަގަޅު ގޮތަކީ ކޮޅަށް ހުރެ ނުބިއުމަށް އައިސްފައިވާ ޙަދީޘް ތަކުގައި އެވަނީ އެއީ މަކްރޫހަ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހުއްދަ ކަމެއްކަން އުއްމަތަށް އަންގަވައި ދެއްވުމުގެ ގޮތުން އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ހިއްޕެވީ ކަމަށެވެ".  واللهأعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ކޮޅަށް ހުރެ ކެއުމާއި ފެން ބުއިމަކީ ޞިއްޙީ ގޮތުން ވަރަށް ގެއްލުންހުރިކަމެއް ކަމާއި އެއީ ކޮށްގެން ނުވާނެކަމެއްކަން ސައިންސުގެ ހޯދުންތަކުންވެސް މިހާރު ވަނީ ސާބިތުވެފައެވެ. ކޮޅަށް ހުރެ ފެން ބއިމުން ކިޑަނީ އަށާއި އެހެން ގުނަވަންތަކަށް ބޮޑެތި ގެއްލުންތައް ލިބޭކަމާއި އެކަމުގެ ހުރި ނުރައްކައުތެރިކަން ސައިންސްވެރިން ގެންދަނީ ހާމަކުރަމުންނެވެ. 

ގުޅުންހުރި ލިޔުމެއް-:

https://www.practo.com/healthfeed/why-you-should-never-drink-while-standing-up-44314/post

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް