އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު ގެންދަން އެއްކުރެވެންހުރި ބޯނަސްތައް އެއްނުކުރާ މީހަކީ ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކަށް ނުވެވޭނެ!: މުފްތީ މެންކް

ޤިޔާމަތް ދުވަހު ގެންދަން އެއްކުރެވެންހުރި ބޯނަސްތައް އެއްނުކުރާ މީހަކީ ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކަށް ނުވެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ﷲ ތަޢާލާ ފަރުޟް ކުރައްވަވާފައިވާ ކަންކަން ކުރެވޭނަމަ އެއީ ސުވަރުގެ އާރާސްތުކުރުމެވެ. ނަހީކުރެއްވެވި ކަންކަމުން ދުރުހެލިވެވޭނަމަ އެއީ އިތުރު ބޯނަސްއެކެވެ. އެކަމަކު އަހުރެމެންގެ ތެރެއިން މިބުނި ބޯނަސް ހޯދަން މަސައްކތްކުރެވެނީ މަދު މީހަކަށެވެ. 

މިސާލެއް ބުނެފާނަމެވެ. ބޯނަސް ލިބޭ ގޭމްތައް ބައިވަރެވެ. ހަޤީޤަތުގައި އެލިބޭ ބޯނަސްއަކުން ތިމާއަށް އެއްވެސް ފައިދާއެއްވެސް ނުކުރެއެވެ. އެކަމަކު ބޯނަސްއެއް ލިބޭއިރަށް އެބޯނަސް ހޯދަން ތެޅިފޮޅިގަނެވެއެވެ. ފުރުޞަތު ގެއްލުމުގެ ކުރިން ބޯނަސް ޕޮއިންޓްކޮޅު ލިބިގަތުމަށެވެ. 

އެކަމަކު ﷲ ތަޢާލާ ދެއްވަވާ ބޯނަސް ލިބިގަންނަން ސަމާލުކަން ދެވޭހެއްޔެވެ؟ އެކަމުގެ މިސާލެއްވެސް ބުނެލާނަމެވެ. ބައެއް ޤައުމުތަކުގައި މަގުމައްޗަށް ނުކުތުމުން ލޮލާއި އެންމެ ގިނައިން ދިމާވާނީ އިސް ތިރިކުރަން ޖެހޭ ޙާލަތުތަކެވެ. ބެލުންތައް ތިރިކުރަންޖެހޭ ޙާލަތުތަކެވެ. އެފަދަ ޙާލަތުގައި ބެލުންތައް ތިރިކުރުމަކީ ލިބޭ ބޯނަސްއެކެވެ. 

ހަމައެކަނި އެކަމެއް ނޫނެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކޮންމެ ކަމެއް، ފާފައަކަސްވެދާނެ ކަމަށް ހީކުރެވޭ ކަމެއް ނުކޮށް ދޫކޮށްލުމަކީ ލިބިގަނެވޭ ބޯނަސްއެކެވެ. ވީމާ ހެޔޮ ޢަމަލުކުރުމުން ލިބޭ ޘަވާބުގެ އިތުރުން ފާފައެއް ނުކުރުމުން ލިބެން އޮތް ބޯނަސް ދޫކޮށްލައިގެން ސުވަރުގެ ޙާޞިލްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މަސައްކަތްކުރަންވީ ފަރުޟުތައް ފުރިހަމައަށް އަދާކުރުމަށާއި ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެކަންކަމަށް ސަމާލުކަން ދެމުން ވީހައި ގިނަ ބޯނަސް ލިބިގަންނަން މަސައްކަތްކުރާށެވެ. އާޚިރަތް ބާއްކަވެރިކުރުމަކީ އެއީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު