އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖު ދުވަހާއި އީދު ދުވަހު އައި.ޖީ.އެމް.އެޗް އިން ޚިދުމަތްދޭ ގަޑިތަށް ހާމަކޮށްފި

ހައްޖު ދުވަހާއި އީދު ދުވަހު އައި.ޖީ.އެމް.އެޗް އިން ޚިދުމަތްދޭ ގަޑިތަށް ހާމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

 

1444 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހުގެ މުނާސަބަތާއި ގުޅިގެން އައި.ޖީ.އެމް.އެޗްގެ ޚިދުމަތްތައް ރޭވިފައިވާގޮތް ތައް ހާމަކޮށްފިއެވެ.

އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ޖޫން މަހުގެ 24 (ހޮނިހިރު)، 25 (އާދީއްތަ)، 26 (ހޯމަ) އަދި 01 ޖުލައި (ހޮނިހިރު) ގައި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ކުރިޔަށްދާނެ އެވެ.

އައި.ޖީ.އެމް.އެޗް އިން ބުނެފައިވަނީ ތިރީގައި ބަޔާންކުރެވިފައިވާ ދުވަސްތަކުގައި އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް (އައި.ޕީ.ޑީ އަދި އިމަރޖެންސީ ޚިދުމަތްތައް ފިޔަވައި) ބަންދުވާނެ ކަމަށެވެ.

27 ޖޫން 2023 ވާ އަންގާރަ، ހައްޖު ދުވަސް

28 ޖޫން 2023 ވާ ބުދަ، އަޟްހާ އީދު ދުވަސް

29 ޖޫން 2023 ވާ ބުރާސްފަތި، ޢީދު ދުވަހުގެ މުނާސަބަތުގައި

ކުރިއަށްއޮތް ބަންދުދުވަސްތަކުގައި އޯ.ޕީ.ޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑިގެންދިޔަނަމަވެސް، ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު