އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރު: އެޗްޕީއޭ

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރު: އެޗްޕީއޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިދުވަސްވަރަކީ ސަރަހައްދީ ޤައުމުތަކުގައިވެސް އިންފްލުއެންޒާ އަދި ކޯވިޑް-19އާއި އަރިދަފުސް ރޯގާތައް އިތުރު ދުވަސްވަރެއްކަމަށެވެ. އަދި ސްކޫލް ބަންދާއި ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައިވެސް ފެތުރޭ މިންވަރު އިތުރުވާކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 19 މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ H3N2 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 8 މީހުންނެވެ. އަދި މިހާތަނަށް އެކަކު އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފާއިތުވި ދެމަހުގެ ތަފާސް ހިސާބަށް ބަލާއިރު އިންފުލުއެންޒާއަށް 24 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ނޮވެމްބަރު މަހު H3N2 އަށް ޕޮޒިޓިވްވެފައިވާ 9 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 10 މީހުން ހިމެނެއެވެ. އަދި އެމަހު އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވެފައިވަނީ 5 މީހުންނެވެ.

މިދިޔަ ޑިިސެމްބަރު މަހު H3N2 އަށް ޕޮޒިޓިވްވެފައިވާ 7 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 14 މީހުން ހިމެނޭކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޑިސެމްބަރު މަހު ވަނީ އިންފްލުއެންޒާ ބީ އަށް 3 މީހަކު ޕޮޒިޓިވްވެފައެވެ. މިދުވަސްވަރު އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުުރވެފައިވާއިރު H1N1 ޖެހިގެން މިހާތަނަށް އެކަކު ވަނީ ނިޔާވެފައެވެ. އަދި 3މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު