އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޖީއެމްއެޗްގައި، މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް ގާއިމްކުރަނީ!

އައިޖީއެމްއެޗްގައި، މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް ގާއިމްކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

އައިޖީއެމްއެޗްގައި، މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ހަލީމު މިހެން ވިދާޅުވީ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުން އިފުތިތާހު ކުރުމަށް ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މުސްތަގުބަލުގައި މެޑިކަލް ޗެކަޕްގެ ހިދުމަތް އެހެން ކެޓަގަރީތަކަށް ފަށާއިރު ވަކި މެޑިކަލް ޗެކަޕް ކްލިނިކެއް ހެދުމަށް އަމާޒުކޮށްގެން އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހަލީމް ވިދާޅުވިއެވެ.

އެ ކްލިނިކް ހުޅުވިގެންދިޔުމާއެކު، މެޑިކަލް ޗެކަޕްގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އަވަހަށް ފަސޭހައިން އެ ޚިދުމަތް އެކުލިނިކުން ލިބިގެން ދާނެކަން ހަލީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިއަދު ތައާރަފްކުރި ހިލޭ މެޑިލަކް ޗެކަޕް ހެދުމުގެ ޚިދުމަތުގެ ދަށުން، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ހެލްތް ސެންޓަރުތައް މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެއްދޭނެ ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.

ރަށްތަކުގައި ނަގާ ސާމްޕަލްތައް ޓެސްޓް ކުރެވޭނެ ގޮތް ނެތްނަމަ، އެ އަތޮޅެއްގެ ހޮސްޕިޓަލަށް ފޮނުވައިގެން ވެސް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ އިންތިޒާމު ހެލްތް ސެންޓަރުތަކުން ހަމަޖެހިގެންދާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ޓެސްޓެއް ހެދުމަށްޓަކައި، މެޑިކަލް ޗެކްއަޕް ހަދާ މީހާ، އެހެން ރަށަކަށް ފުރައިގެންދާން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް މެޑިކަލް ޗެކަޕް ހެއްދޭނެއެވެ. އެގޮތުން ވިލިމާލޭގައި ޗެކަޕް ހައްދާނަމަ 3038520 ނަންބަރަށް އަދި ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޖީޕީ ކްލިނިކުން ޗެކަޕް ހައްދަން ބޭނުން ނަމަ، 1417 ނަންބަރަށް ގުޅައިގެން ކުރިއަށް ދެވޭނެއެވެ. ހަލީމް ވިދާޅުވީ ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ޕްރޮސެސް ކުރިއަށް ދާނީ މާލެއެކޭ އެއްގޮތަށް ކަމަށެވެ.

މިއަދުން ފެށިގެން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހިލޭ ހެއްދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި 35 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށާއި، 19 އަހަރުން ދަށުގެ ކުދިންނަށް އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މި މެޑިކަލް ޗެކަޕް ހެއްދޭއިރު 19 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި ހިދުމަތް ދޭން ފަށާނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ހިލޭ ހޯދޭނެއެވެ.

އެގޮތުން މިއަދު ތައާރަފްކުރި ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ރަސްމީކޮށް އައިޖީއެމްއެޗްގައި ފަށައިފައިވާކަން އެ ހޮސްޕިޓަލުންވެސް ވަނީ ހާމަކޮށްފައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު