އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ތައާރަފްކޮށްފި!

ދިރާގުން ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ތައާރަފްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ދިރަގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް 28 ޖުލައި އިން 5 އޮގަސްޓް 2023 އަށް ބޭއްވުމަށް އިއުލާނުކޮށްފިއެވެ!

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް މި އުފާވެރި ހަބަރު ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ހަފުތާ ކުރީކޮޅު ވަނީ އިއުލާނުކޮށްފަ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވަނީ 26 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 00:00ގެ ނިޔަލަށް ޙާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އުމުރުން 15 އަހަރުން މަތީގެ ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. ކޮންމެ ޓީމަކަށް 5 ކުޅުންތެރިން ނަށް ފުރުސަތު ދެވޭނެ ގޮތަށް 40 ޓީމެއްގެ ލިމިޓެއް އޮތުމުން ވީއެންމެ އަވަހަކަށް ރަޖިސްޓްރީ ކަށަވަރުކުރުމަށް ދިރާގުން އިލްތިމާސްކުރެއެވެ. 

މުބާރާތުގެ ފުރަތަމަ 7 ދުވަސް އޮންލައިންކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިރާގު ޔޫޓިއުބް ޕޭޖުން މި މެޗުތަށް ލައިވް ކުރެވިގެންދާނެއެވެ. 5 އޯގަސްޓުގައި ބެއްވޭ ގްރޭންޑް ފިނާލޭ ވެގެންދާނީ ފުލް ޑޭ ފިޒިކަލް އިވެންޓަކަށެވެ. ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭފަދަ ފޯރިގަދަ އިވެންޓަކަށް ވެގެންދާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. 

މޮބައިލް ލެޖެންޑްސް އަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓުވެސްމެއެވެ. ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.   

  

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް