އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު
ތަފާތު ސަބަބުތައް ކުރިމަތިވެ މިއަދު އާސޫރާ ރޯދަ ނުހިފުނު ބަޔަކުވެސް ތިބޭނެއެވެ. އަދި މިއަދު ޙައިޟުން ޠޯހިރުވެވޭ ބައަކުވެސް ތިބޭނެއެވެ. އެމީހުންވެސް ކަންބޮޑުވާކަށް ނުޖެހެއެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ.
މާދަމާ، 10 ވާ ހުކުރު ދުވަހާއި އަދި ޖެހިގެން އޮތް ހޮނިހިރު ދުވަހު ހިފާލުމުން ފުދުނީއެވެ. އާޝީރާ ރޯދަހިފުނީއެވެ. އަދި އެދެދުވަހު ހިފާރޯދައިން އެމީހަކު ބޭނުންނަމަ އިތުރު ފައިދާއެއްވެސް ހޯދެން އެބައޮތެވެ.
އެކަން ބަޔާންކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ:
"އާޝޫރާ ދުވަހު ރޯދަ ހިފާއިރު، ގެއްލިފައިވާ ރޯދައެއް ޤަޟާކުރުމުގެ ނިޔަތުގައިވެސް ހިފިދާނެ. އޭރުން ޤަޟާ ރޯދައެއް ހިފިފައި، ޢާޝޫރާ ދުވަހުވެސް ރޯދަ ހިފުނުކަމަށްވާނެ." މިފަދައިންނެވެ.
އަލްޙާފިޡް އިބްން ޙަޖަރު ވިދާޅުވެފައިވެއެވެ.
"އާޝޫރާ ރޯދަހިފުމުގައި 3 ދަރަޖައެއް ވެއެވެ. އެއިގެ ތެރެއިން އެންމެ ދަށުދަރަޖައަކީ 10 ވަނަ ދުވަހު އެކަނި ރޯދަހިފުމެވެ. ދެވަނަ ދަރަޖައަކީ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަހިފުމެވެ. އެންމެ މަތީ ދަރަޖައަކީ 9،10،11 މި 3 ދުވަހު ރޯދަހިފުމެވެ.
Advertisement
27 ޖުލައި 2023