އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވާހަކަ – ނީނާ

ވާހަކަ – ނީނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 5 ސިކުންތު

އުންމު ނަވާރު

 

ނީނާ އޭލެވެލް ނިއްމާލުމަށްފަހު ބޭނުންވީ އިތުރަށް ކިޔެވުމަށް މާލެ ދިއުމަށްށެވެ. ނަމަވެސް މިކަމާ ބައްޕަ ކުޑަ ހުސޭނު ހިތްހަމަ ނުޖެހުނެވެ. ސަބަބެއް ކަމުގައި ބުނީ މާލެ ދިޔައީމައި ނީނާއަށް ހަރަދު ކުރާނެ ފައިސާއެއް ނެތީކަމަށެވެ. މިއީ ކަޑައެޅިގެން ދޮގެއް ކަން ނީނާއަށް އެގުނެވެ. ބައްޕަ މަސައްކަތް ކުރާތަނުން މަހަކު ވަރަށް ބޮޑު މުސާރައެއް ބައްޕައަށް ދޭކަށް ނީނާއަށްވަނީ އިގެފައެވެ. އެއީ އެއްދުވަހަކު މަންމަ އާއި ބައްޕަ ދެއްކި ވާހަކައެއްގެ ތެރެއިން ނީނާއަށް އަޑުއިވެފައިވާތީއެވެ. 

ނީނާ  ދުވަހަކުވެސް މާލެ ނުދެއެވެ. ވަރަށް ގިނަ ފަހަރު ސްކޫލް ޗުއްޓީގައި މާލެ ދާން ބޭނުން ކަމަށް ނީނާވަނީ ކުޑައިރު ބައްޕަ ގާތު ބުނެފައެވެ. ނީނާގެ އެކުވެރިން ޗުއްޓީތަކުގައި މާލެދާތީ ނީނާވެސް ދާހިތްވަނީއެވެ. ކޮންމެ ފަހަރަކުވެސް ބައްޕަ ބުނަނީ ރުފިޔާ ނެތީ ކަމުގައެވެ. ކުޑައިރު އެކަން ޤަބޫލުކޮށްގެން ނީނާ ހުންނަނީއެވެ. ފުރާވަރަށް އެޅުމުން ނީނާއަށް ވިސްނެން ފެށުނެވެ. ބައްޕަ ނީނާ ބުނާ ކޮންމެ ކަމެއްވެސް ކޮށްދެއެވެ. ވަރަށް ލޯބިންނެވެ. ނަމަވެސް މާލެ ދާ ވާހަކަ ދައްކާއިރަށް ރުފިޔާ ނެތް ކަމަށް ބުނެ ބައްޕަގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަލާމާތްތައް ފާޅުވެއެވެ. މިކަމާމެދު މަންމައާއި ސުވާލުކުރުމުން މަންމަގެ ފަރާތުން އެއްވެސް ޖަވާބެއް ނީނާއަކަށް ނުލިބެއެވެ.

ނީނާވެސް މިފަހަރު ހުރީ ގޮތް ދޫކުރާކަށް ނޫނެވެ. ކޮންމެ ގޮތެއް ހަދާފަވެސް ކިޔެވުމަށް މާލެ ދިއުމަށް ނީނާ ބޭނުންވިއެވެ. މި ހުވަފެން ހަގީގަތަކަށް ހެދޭތޯ  ނީނާ މާލެއިން ވަޒީފާއެއް ލިބޭތޯ މަސައްކަތް ފެށިއެވެ. ހަފްތާއެއްވެގެން ދިޔައިރުވެސް އެދެވޭ ކަހަލަ ނަތީޖާއެއް ނުލިބުނެވެ. ނީނާގެ އުންމީދުގެ ހުޅުކޮޅު ދިއްލުނީ ކުޑަކުއްޖަކު ބަލައިދޭ މަތިން މާލޭ ގެއެއްގައި ހިލޭ ހުރެވޭގޮތް ވުމުންނެވެ. މިހިސާބަށް ކަންތައް ދިއުމުން އެންމެފަހުން ބައްޕަ ކުޑަ ހުސޭނަށްވެސް ޖެހުނީ ހަތިޔާރު ބަހައްޓާފަ ނީނާ މާލެ ފޮނުވަންށެވެ. އަބަދު މާލެ ނުފޮނުވައި ދަރިފުޅު ނުހިފެއްޓޭނެކަށް ކުޑަ ހުސޭނަށް ވިސްނުނެވެ. ނަމަވެސް ކަންތައް ވެދާނެ ގޮތަކާމެދު ކުޑަ ހުސޭނަށް ވިސްނެއެވެ. ލޯބިން ބަލައި ބޮޑުކުރި ދަރިފުޅު ގެއްލިދާނެތީ އެކަމާ ޖެހިލުންވެއެވެ.

ނީނާ މާލެ ދާ ދުވަސް އައިސް ޖެހެއްޖެވެ. ދުވަހަކުވެސް މައިންބަފައިންނާއި ވަކިން އުޅެފައިނުވާ ދެލޮލޮގެ ނޫރު ފަދަ ނީނާ މާލެ ފޮނުވަން ޖެހޭތީ ނީނާގެ މައިންބަފައިން އިނީ ވަރަށް ދެރަވެފައެވެ. އަދި އެހާމެ ނުތަނަވަސް ވެފައެވެ. ނުދަންނަ ބައެއްގެ ތެތެއަށް ދަރިފުޅު ދޫކޮށްލަން ޖެހޭތީއެވެ. ހަދިޔާ ބަދިޔާ ފޮށިގަނޑާއި ތަންމަތި ބޮޑި ހުރީ ތައްޔާރުގައެވެ. މަންމައާއި ސަލާން ކުރުމަށްފަހު ބައްޕަ ކުޑަ ހުސޭނާއެކު މާލެ ފުރުމަށް ބޯޓަށް ނީނާ އެރިއެވެ. 

ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ދުވަހެކެވެ. ބަރާބަރު 5 ގަނޑިއިރާއި 30 މިނެޓްގެ ދަތުރަކަށްފަހު މާލެއަށް އާދެވުނެވެ. އެއިރު ނީނާ އޮތީ ގަދަ ނިދީގައެވެ. ކުޑަ ހުސޭނު ނީނާގެ ގައިގާ ކޮއްޓާލުމުން ފުއްމައިގެން ނީނާ ތެދުވިއެވެ. ބައްޕަ ގާތުގައި ހުރުމުން ނީނާ ހިތްހަމަ ޖެހުނެވެ. ވަށާ ހޯދާ ބަލާލިއިރު ފެންނަ މަންޒަރުތަކުން މާލެ އާދެވުނީކަށް ނިނާއަށް އެނގުނެވެ. ނީނާ މާލެ އައި ފުރަތަމަ ފަހަރުކަމުން ފެންނަމުން ދިޔަ މަންޒަރުތަކުން ނީނާ ކުޑަކޮށް ބިރު ގަންނަ ގޮތްވިއެވެ. ހަދިޔާ ފޮށިގަނޑު ނަގާ ހުސޭނު ނީނާ އަތަށް ދިނެވެ. ތަންމަތި ބޮޑި އެއް އަތުން ހިފައިގެން އަނެއް އަތުން ނީނާ އަތުގައި ހިފައިގެން ބޯޓުން ފޭބުމަށް ހުސޭނު ހިގައިގަތެވެ. 

ކާރަކަށް އަރައިގެން ނިނާ ހުންނަ ހަމަޖެހިފައިވާ ގެއަށް ދިއުމަށް ހުސޭނުއާއި ނީނާ ދަތުރު ފެށިއެވެ. 5 ވަރަކަށް މިނެޓް ދުއްވުމަށްފަހު ޑްރައިވަރު ކާރު މަޑު ކޮށްލީ ފެހި މަޑު ކުލައިގެ ދޮރާއްޓެއްލާފައިވާ ގެއެކަށެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން ދޮރު ހުލުވާލިއެވެ. ކުރިމަތީ ފެންނަށް ހުރީ މުސްކުޅި ފުރައިގެ އަންހެނެކެވެ. މޫނުމަތިން ވަރުބަލި ވެފައި ހުރިކަމުގެ އަލާމާތްތައް ފެންނަށް ހުއްޓެވެ. ހީވަނީ ވަރަށް ބުރަ މަސައްކަތެއް ކުރަށް އުޅެފައި އައިހެންނެވެ. ވަރަށް ހިތްހެޔޮމަމާއިއެކު ކޮން ބޭނުމަކު އައި ބައެއްތޯ ކުޑަ ހުސޭނު ގާތު ދައްތަ އަހާލިއެވެ. ހިވާ ގޮތުން އެދައިތައަށް މިއަދު ނީނާމެން އެގެއަށް އަންނާނެކަށް ހަދާންނެތުނީއެވެ. މާލެ އައުމުގެ ކުރިން މިއަދު މާލެ ދާނެވާހަކަ ނިނާ އެގޭ ދައްތައަށް އެންގިއެވެ. ނީނާ އަމިއްލައަށް ތާރަފުވެލާފައި ނީނާއަކީ މިގޭގައި ހުރުމަށްޓަކައި އަންނަ ހަމަޖެހިފައިވާ ކުއްޖާ ކަމުގައި ބުނެލިއެވެ. އެހާރުން ބޮޑު ހިނިތުންވުމަކާއިއެކު އަވަހަށް ގެއަށް ވަނުމަށް ނީނާމެން ގާތު ދައިތަ ބުންޏެވެ. ގެއަށް ވަންނަމުން ބާރު އަޑަކުން ހީނާ އޭ ކިޔާފަ ގޮވަންފެށިއެވެ. މިގޭގައި ހުރުމަށް ހަމަޖެހިފައިވާ މަންޖެ އައީ ކަމުގައި އެދައިތަ ބުނަމުންދެއެވެ. ހީނާގެ ނަން އަޑު އިވުމާއިއެކު ކުޑަ ހުސޭނު އަތް ފައި ފިނިވާގޮތް ވިއެވެ. 

މަންމަ މާ ބާރަށް ގޮވާ އަޑަށް ކޮޓަރީގައި އިދެފައި ހީނާ ނިކުތެވެ. އެވަގުތު ފެނުނު މަންޒަރުން ހީނާ ތުރު ތުރު އަޅާގޮތްވިއެވެ. ދެފައިން ވާގި ދޫވާހެންވެސް ހީނާއަށް ހީވިއެވެ. 

( ނުނިމޭ )

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް