އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާ ކުރިއާލައި އަންނަ ޝަޢުބާން މަހަށް ތައްޔާރުވާން މިހަނދާންކޮށްދެނީ ވަރަށް މުހިންމުޥީމަ!

މިހާ ކުރިއާލައި އަންނަ ޝަޢުބާން މަހަށް ތައްޔާރުވާން މިހަނދާންކޮށްދެނީ ވަރަށް މުހިންމުޥީމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

"ރަޖަބް މަސް ވަނީ ﷲ ތަޢާލާއަށެވެ. ޝަޢްބާން މަހަކީ ތިމަންކަލޭގެފާނުގެ މައްސަރެވެ. ރަމަޟާން މަހަކީ ތިމަންކަލޭގެފާނުގެ އުންމަތަށްވާ މައްސަރެވެ."

މިމޭރުމުން ޙަދީޘްފުޅު ކުރައްވަވާފައިވާއިރު އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވީ ޝަޢްބާން މަހުގައެވެ. ޝަޢްބާން މަހުގެ އެމެފަހު ދުވަސްކޮޅު ފިޔަވައި ރޯދަ ނުހިއްޕަވަނީ ކޮން ދުވަހަކުކަން ބުނެވެން ނެތް މިންވަރަށް ޝަޢްބާން މަހު ރަސޫލް ﷺ ރޯދަ ހިއްޕެވިއެވެ.

މީސްތަކުންނޭވެ! ޝަޢުބާންމަހު ރޯދަހިފުމުގެ ސުންނަތް މިދަނީ ގެއްލެމުންނެވެ. މިއީ ދިރުވައި ޢާލާކުރަންޖެހިފައިވާ ވަރަށް މަތިވެރި ސުންނަތެކެވެ. އަދި އެހައިމެ ފައިދާވެސް ބޮޑު ސުންނަތެކެވެ. ވީމާ ރަމަޟާން މަހަށް ފަރިތަކުރުމުގެ ގޮތުންވެސް ޝަޢްބާން މަހު ވީހައި ގިނައިން ރޯދަހިފަން މިހާރުންސުރެ ތައްޔާރުވާށެވެ!

އަދި ކީއްހެއްޔެވެ! ހަދީޘްފުޅުން އެނގެން އޮތީ ޝަޢުބާން މަހަކީ އެމީހެއްގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދާނެ މަސްކަމަށާއި އެހައި ގިނައިން ޝަޢްބާން މަހު ރޯދަ ހިއްޕެވީ ޢަމަލުފުޅުތައް އުފުއްލެވޭހިނދު ރޯދައަށް ހުންނަވަން ބޭނުންފުޅުވާތީ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުމެއް:

 

https://www.islamicity.org/6013/fasting-in-shaban-to-honor-ramadan

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް