އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގަ އިމާމްގެ ފަހަތުން ޙަރަކާތްކުރުން- ސަމާލުކަން ނުދެވިއްޖެ ނަމަ ނަމާދު ބާޠިލްވެދާނެ!

ނަމާދުގަ އިމާމްގެ ފަހަތުން ޙަރަކާތްކުރުން- ސަމާލުކަން ނުދެވިއްޖެ ނަމަ ނަމާދު ބާޠިލްވެދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

އިމާމް މީހާ އެއްރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދު ތަކްބީރުކިޔަން ފަށާއިރަށް ބައެއް މީހުން އެބަ ޙަރަކާތްކުރެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. މައުމޫމުން ޙަރަކާތްކުރަންވާނީ އިމާމްމީހާ ޙަރަކާތްކޮށް އަނެއް ރުކުނަށް ނަޤްލްވެ ނިމުމުންނެވެ. 

އެހެން ނޫންނަމަ ނަމާދުގައި އެދެވެނީ އިމާމް މީހާއަށްވުރެ ކުރިއަރައިގެންނެވެ. އެއީ ހުއްދަ ކަމެއް ނޫނެވެ. އެހެންވެ ބައެއް ޢިލްމުވެރިން އެފަދަ މީހުންގެ ނަމާދު ބާޠިލްވެދާނެ ކަމަށްވެސް ބަޔާން ކުރައްވައެވެ. 

عَنْ عَبْدِ اللَّهِ بْنِ يَزِيدَ الخَطْمِيِّ الأَنْصَارِيِّ قَالَ: «حَدَّثَنِي البَرَاءُ رَضِيَ اللَّهُ عَنْهُ - وَهُوَ غَيْرُ كَذُوبٍ - قَالَ: كَانَ رَسُولُ اللَّهِ ﷺ إِذَا قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ، لَمْ يَحْنِ أَحَدٌ مِنَّا ظَهْرَهُ حَتَّى يَقَعَ رَسُولُ اللَّهِ ﷺ سَاجِداً، ثُمَّ نَقَعُ سُجُوداً بَعْدَهُ» 

ޢަބްދު ﷲ ބިން ޔަޒީދު އަލްޚަޠްމީ އަލްއަންޞާރީ رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: "އެކަލޭގެފާނަކީ ދޮގުވެރިއެއް ކަމުގައި ނުވާ ބަރާއު ބިން ޢާޒިބު ތިމަންނައަށް ވިދާޅުވިއެވެ: ރަސޫލު ﷲ سَمِعَ اللَّهُ لِمَنْ حَمِدَهُ ވިދާޅުވުމުން، އެކަލޭގެފާނު ސަޖިދައަށް ވަޑައިގަންނަވަން ދެން ތިމަންމެން ކުރެ އެކަކުވެސް (ސަޖިދައަށް ދާން) ބުރަކަށި ލަނބައި ވެސް ނުލަމެވެ. ދެން ނަބިއްޔާއަށް ފަހު ތިމަންމެން ސަޖިދައަށް ތިރިވަމެވެ."

البخاري (690)، ومسلم (474) 

މިއީ މިހައި ސާފުކޮށް އެނގެން އޮތްކަމެކެވެ. ވީމާ މައުމޫން ޙަރަކާތްތެރިވާއިރު ޢަމަލުކުރަންވާނީ މި ޙަދީޘްފުޅަށެވެ. މިޙަދީޘްފުޅަށް ޢަމަލުކުރަންވީ ހަމައެކަނި ސަޖިދަކުރުމުގައެއް ނޫނެވެ. ކޮންމެ ޙަރަކާތެއްގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް