އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ގްރޫޕް ގައުމުތަކުގައި އައިއޯޓީ ގެ ޙިދުމަތްތައް ކުރިއެރުވުމަށް އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެ!

އުރީދޫ ގްރޫޕް ގައުމުތަކުގައި އައިއޯޓީ ގެ ޙިދުމަތްތައް ކުރިއެރުވުމަށް އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު

އައިއޯޓީ ސޮލިއުޝަންތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުރީދޫ ގްރޫޕުން އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެ އެވެ.

މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސް ގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުނި އެވެ. އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާ ކޯޕަރޭޓިވް އެވެ. ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓިވިޓީ ޓްރެންޑްތައް ބަލައި، ކަނެކްޓެޑް ޑިވައިސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ޕާޓްނަރުންނާއި ކަސްޓަމަރުންނާއި އެކު ތަޖުރިބާތަށް ހިއްސާކުރާ ހާއްސަ ފޯރަމެކެވެ.

އެލަޔަންސްގެ މެންބަރެއްގެ ހައިސިއްޔަތުން އުރީދޫއަކީ މިހާރު ބައިނަލްއަޤްވާމީ އައިއޯޓީ މަޝްވަރާތަކުގައި ބައިވެރިވާނެ ކުންފުންޏެކެވެ. މިކަމުގެ ސަބަބުން އުރީދޫގެ ހިދުމަތް ދޭ މާކެޓް ތަކުގެ ލޯކަލް ގަވައިދުތަކުގެ މައުލޫމާތު އެލަޔަންސްއަށް ފޯރުކޮށްދީ ސަރަހައްދީ މާކެޓުތަކުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ވަރުގަދަވެގެންދެ އެވެ. މީގެ އިތުރުން "އުރީދޫ ސަރަޙައްދު" އަށް ވަންނަ ކަސްޓަމަރުންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ގެނައުމުގައި އުރީދޫ ގްރޫޕުން އެހެން އޮޕަރޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އެހެންކަމުން އުރީދޫ އަކީ މިހާރު އައިއޯޓީގެ ހިދުމަތް އާ މާކެޓްތަކަށް ފުޅާކުރަން ބޭނުންވާ އޮޕަރޭޓަރުންގެ މުހިންމު ޕާޓްނަރެކެވެ.

ރާއްޖޭގެ ބާޒާރުގައި އިނޮވޭޝަނާއި އައިއޯޓީ ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން 2019 ވަނަ އަހަރު އުރީދޫގެ 5ޖީ ނެޓްވޯކް ތައާރަފްކޮށް މިހާރު ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދަށް އެ ނެޓްވޯކް ފުޅާކޮށްފަ އެވެ. 5ޖީ ނެޓްވޯކް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ ބްރޯޑްބޭންޑް ގެ ޚިދުމަތް - އުރީދޫ 5ޖީ އެއަރފައިބަރ މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް 5ޖީގެ ހަލުވި ސްޕީޑްގެ ބޭނުން ހިފުމުގެ ފުރުޞަތު ފަހިކޮށްދީ، މުޖުތަމަޢު އާ ފުރުޞަތުތަކަކާ ގުޅުވާލާފައެވެ. 

އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވައި ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާ ކުންފުންޏެކެވެ. މި ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫއިން ވަނީ ރާއްޖޭގެ ފުރަތަމަ ޓިއާ 3 ސެޓިފިކޭޝަން ރެޑީ ޑޭޓާ ސެންޓަރެއްވެސް ތަޢާރަފްކޮށްފައެވެ. އަދި ހަމައެއާއެކު 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ދަށުން ހދ.ކުޅުދުއްފުށީގައި ނެޓްވޯކް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ދެވަނަ ޑޭޓާ ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައިޕަރސްކޭލްގެ ޚިދުމަތާއި، ކަނެކްޓިވިޓީ އިތުރުކުރުމުން، މި ތަރައްޤީގެ ސަބަބުން ވިޔަފާރިތައް ބާރުވެރިވެ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިވެ، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.

ޑެޕިއުޓީ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ތަރައްގީ ގެނައުމަށް އޮޕަރޭޓަރުން އެއްބާރުލުން ވަރަށް މުހިންމު. އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި އަޅުގަނޑުމެންގެ މާކެޓުތަކުގައި ކާމިޔާބުކަމާއެކު އައިއޯޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެލަޔަންސާ ގުޅިގެން، މެދުއިރުމައްޗާއި، އުތުރު އެފްރިކާއާއި، ދެކުނުއިރުމަތީ އޭޝިއާގެ ލޯކަލް ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމުގައި، އަޅުގަނޑުމެންގެ ތަޖުރިބާގެ އެހީތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެން ގުޅިގެން އިތުރު ގައުމުތަކުގައި ކަނެކްޓެޑް ޑިވައިސްތައް ޑިޕްލޮއިމެންޓް ކުރުން ފަސޭހަކޮށް، އައިއޯޓީ ސޮލިއުޝަންތަކުގެ ފުރިހަމަ ގާބިލުކަން ދުނިޔޭގެ ފެންވަރުގައި ބޭނުންކުރުމަށް ވިޔަފާރިތަކަށް ބާރުދޭނަން."

އެލަޔަންސްގެ މެމްބަރޝިޕް އުރީދޫ އަށް ލިބުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ކަނެކްޓިވިޓީ އާއި އެއްބާރުލުން އިތުރުކުރުމަށް އެ ގްރޫޕުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިނާ ސަރަޙައްދު ތަމްސީލުކުރާ ހަމައެކަނި އޮޕަރޭޓަރުގެ ހައިސިއްޔަތުން އުރީދޫގެ ސަބަބުން އެލަޔަންސްގެ ކަވަރޭޖް ކުރިން ބޭނުން ނުކުރެވޭ ސަރަޙައްދުތަކަށް ފުޅާކޮށް، އެއްބާރުލުމާއި ކުރިއެރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. 

އައިއޯޓީ ވޯލްޑް އެލަޔަންސްގެ ޗެއާމަން މާކް ވެން ޑެން ބާގް ވިދާޅުވީ، "އެލަޔަންސްގެ އެންމެ ފަހުގެ މެމްބަރު - އުރީދޫއަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެލައެންސް އިން ކުރާ މަސައްކަތް އިތުރު ސަރަހައްދުތަކަށް ފުޅާ ކޮށް އުރީދޫ ގެ ތަޖުރިބާ އާއި އެކު ވިޔަފާރިތަކަށް އިތުރު ގައުމުތަކުގައި ގުޅިފައިވާ ޑިވައިސްތައް ތައާރަފް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރުމުގައި އުރީދޫއިން މުހިންމު ރޯލެއް އަދާ ކޮށްދޭނެ."

އެލަޔަންސްގެ ގެ މެމްބަރުންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފައި، އައިއޯޓީ ޓެކްނޮލޮޖީތަކަށް އަހުލުވެރިކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޑކުރިއަރުވައި، އެންމެންނަށް ވެސް މިހާރަށްވުރެ ސްމާޓް ގުޅިފައިވާ ދުނިޔެއެއް އުފެއްދުމަކީ އުރީދޫ ގެ އަމާޒެކެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް