އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ މަސްރޭސް: ރެކޯޑްތަކާއި އެކު ތާރީހީ ކާމިޔާބުތަކެއް!

އުރީދޫ މަސްރޭސް: ރެކޯޑްތަކާއި އެކު ތާރީހީ ކާމިޔާބުތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 18 ސިކުންތު

ފޯރިއާއި އެކު ކުރިއަށް ދިޔަ އުރީދޫ މަސްރޭސް 2023 މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ގައި ކުރިއަށް ގެންގޮސް ކޮންމެ ސިޓީ އަކުން 1 ވަނަ 2 ވަނަ 3 ވަނަ އާއި އެންމެ މޮޅު އަންހެން އަދި ފިރިހެން ކެޔޮޅުގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތްތައްވެސ ވަނީ ހޮވާފައެވެ.

އުރީދޫ މަސްރޭހަކީ ދިވެހި މަސްވެރިންގެ ހުނަރެއް ޝައުގުވެރިކަންވެސް ދައްކުވައިދޭ މުބާރާތެކެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މުބާރާތެކެވެ. 74 ޓީމުން ބައިވެރިވެ މަސްވެރިންގެ ކުޅަދާނަ ހުނަރު ދައްކާލާ، މަސްރޭހުގެ ރެކޯޑްތައް މުގުރާލައި، މަސްރޭހުގެ ތާރީޚުގައި އަދި ބޭނިފައި ނުވާ މަސްތަކާއިއެކު، މިއަހަރުގެ މަސްރޭސް ވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ. 

އެގޮތުން އުރީދޫ މަސްރޭސް 2022 ގައި ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ގެ ރެކޯޑް މުގުރާލާ މި އަހަރުގެ މުބާރާތުގައި މޮޅު ވި ޓީމު ތަކުގެ ތެރެއިން ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސް ވަނީ 1326.45 ޕޮއިންޓް ހޯދާފައެވެ. ހަމަ އެއާއެކު ކުޅުދުއްފުށި ސިޓީއިން ބުޅިކެނޑި ޓީމުން 1214.25 ޕޮއިންޓް ހޯދައިފައިވާއިރު މާލި ސިޓީއިން މުބާރާތް ކާމިޔާބު ކުރީ ސޮނީ ފިޝިން ޓީމުން 860 ޕޮއިންޓް ހޯދައިގެންނެވެ. 

"އުރީދޫ މަސްރޭސް މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާވެގެން ދިއުމަކީ މަސްވެރިކަމަށް ލޯބިކުރާފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. މި ފަދަ ބޮޑު ކުލަގަދަ އަދި މުބާރާތެއްގައި ބައިވެރި ވެ ވާދަކުރުމުގެ ފުރުސަތު އުރީދޫއިން ފަހިކޮށްދިން ކަމަށްޓަކާ އުރީދޫ އަށް ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. މަސްރޭހުގައި ބައިވެރި ވުމުގެ ފުރުސަތު އިއުލާނުކުރީއްސުރެ ކުޅުދުއްފުށިން މަސްވެރިކަމަށް ލޯބިކުރާ ވަރަށް ގިނަ ފަރާތްތަކުން މުބާރާތައް ތައްޔާރު ވާން ފެށި، އެގޮތުން ބުޅިކެނޑި ޓީމުން ވެސް ހަމަ ފޯރިއާ އެކު މަސައްކަތްކުރީ އެއް ވަނަ ކާމިޔާބުކުރަން. އަދި މި ވަނަ ހާސިލް ވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔުން. އަޅުގަނޑުމެން މިތިބީ ދެވަނަ ފަހަރަށްވެސް ތަށިނަގަން ތައްޔާރަށް." ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަން ޓީމް ބުޅިކެނޑިން މޮހައްމަދު އުމަރު ވިދާޅުވިއެވެ. 

އުރީދޫ މަސްރޭސް 2023 ގެ ތާރީހީ ކާމިޔާބުތައް!

އުރީދޫ މަސްރޭސް 2023 ގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަފާސް ހިސާބަކީ މި އަހަރު އުރީދޫ މަސްރޭހުގެ ތާރީހުގައި މުޅިން އަލަށް ހިބަރު ބާނާފައިވާކަމެވެ. ހިބަރު ބޭނުމަކީ ކޮންމެ މަސްވެރިއަކަށްވެސް ވެސް ފަހުރުވެރި ކާމިޔާބެކެވެ. ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަން ޓީމް ބުޅި ކެނޑި އާއި ރަނަރަޕް ޓީމް ލައްޓި ވަނީ ޖުމްލަ 3 ހިބަރު ބާނާ ތާރީހު ހަދައިފަ އެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ކަނޑުގެ ބަޔޯޑައިވާސިޓީ މުއްސަނދިކަމާއި ބައިވެރިވާ ޓީމުތަކުގެ ހުނަރު ދައްކުވައިދޭ ކާމިޔާބީއެކެވެ.

އުރީދޫ މަސްރޭހުގެ ތާރީހުގެ ތެރެއަށް ވަދެގެން ދާ ދެވަނަ ކަމަކީ ކައްޓެޅީ ގެ ނަމުން ނަން ދީފައިވާ ޕްރޮމެތިއަން އެސްކޯލާ ބާނާފާވާކަމެވެ. ކަނޑު ގެ އެންމެ އަޑީގައި ދިރިއުޅޭ މި މަހަކީ ބޭނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ބާވަތެކެވެ. ކައްޓެޅި މަސް ބާނާފައިވަނީ  ދެ ޗެމްޕިއަން ޓީމް ކަމަށްވާ އައްޑޫ ސިޓީގެ ޓީމް ފެހުރިހި އާއި ފުވައްމުލައް ސިޓީގެ ޓީމް ރީފް ރައިޑާސް އިންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަރަމުން އަންނަ ތަފާތު ކަނޑުގެ ދިރުންތައް މި ނާދިރު ބޭނުންތަކުން ދައްކުވައިދެއެވެ. 

އުރީދޫ މަސްރޭސް 2023 ގެ އެންމެ ބަރު މަސްތައް

އެންމެ ބަރު މަސް ކެޓަގަރީގައި ވެސް ހިތްގައިމު ތަފާސް ހިސާބުތަކެއް ފެނިގެން ދިޔައިރު، ސީ ގިއާ މޯލްޑިވްސްގެ ހާއްސަ ގިފްޓް ޕެކް ހާސިލްކުރި ހުނަރުވެރި މަސްވެރިން ވަނީ ތަފާތު މަސްތަކެއް ބާނާފައެވެ. މާލެ ސިޓީ އިން ޓީމް ސޮނީ ފިޝިންގް އިން ވަލީދު 17.54 ކިލޯގްރާމް ބަރުދަނުގައި ހުރި ބޮޑު މުޑަހަންޖެއް ބާނާފައިވާއިރު، ކުޅުދުއްފުށި ސިޓީއިން އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ބުޅި ކެނޑިން ހަސަން އަލީ އެވެ. 25.85 ކިލޯގްރާމްގެ އަގުހުރި ހިބަރެއް ބާނާ ހަސަން ވަނީ ކުރިއަށް އޮތް މުބާރާތްތަކަށް ބޮޑު ހިތްވަރެއް ހޯދައިދީފި އެވެ. އައްޑޫ ސިޓީ ގެ ޗެމްޕިއަން ޓީމް - ޓީމް ފެހުރިހިން ނަޖާ 5.5 ކިލޯގެ ބަރުދަނުގައި ހުރި ފާހަގަކޮށްލެވޭ ވާހޫ (ކުރުމަސް) ބާނާފައިވާއިރު، ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސްގެ އަބްދުالله އިބްރާހިމް 8.05 ކިލޯގްރާމްގެ ރޫބީއަކާ އެކު އެންމެ ދެކުނުގެ ސަރަހައްދުގެ އަގުހުރި މަސްވެރިކަން ފެނިގެންދިޔައެވެ. 

އެންމެ ހުނަރުވެރި އަންހެން އަދި ފިރިހެން ކެޔޮޅު

މި މުބާރާތުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މޮޅު ފިރިހެން އަދި އަންހެން ކެޔޮޅު ގެ އަގު ވަޒަންކޮށްފައިވެ އެވެ. ފާހަގަކޮށްލެވޭ މި މަސްވެރިން ވަނީ ގިނަ އަދަދެއްގެ މަސް ބާނާ އެމީހުންގެ ހިތްވަރާއި ހުނަރު ދައްކާލައިފަ އެވެ.

·        މާލެ: ޓީމް ކްރަންޗީޒްގެ ނައުޝާދު އެންމެ މޮޅު ފިރިހެން ކެޔޮޅު ގެ ލަގަބް ހޯދީ ޖުމްލަ 17 ބާނައިގެންނެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅު ގެ ޝަރަފު ޑެޓިއުންފިޝިންގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މަސްވެރިކަމަށް ލޯބިކުރާ ފެޒޫ އަށެވެ.

·        ކުޅުދުއްފުށި ސިޓީ: އެންމެ މޮޅު ފިރިހެން މަސްވެރިޔާގެ މަގާމް 16 މަސް ބާނާ ޓީމް ލައްޓީގެ އާދަމް ހިލްމީ ހޯދިއިރު، އެންމެ މޮޅު އަންހެން ކެޔޮޅު މަގާމު ޓީމް ދަމާ ނާގާގެ ޚަދީޖާ މޫސާ ވަނީ ކާމިޔާބުކޮށްފައެވެ.

·        އައްޑޫ ސިޓީ: ޖުމްލަ 7 މަސް ބާނާ ޓީމް ހެޕީ މާކެޓުގެ އިބްރާހިމް އަބްދުالله އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވާއިރު އެންމެ މޮޅު އަންހެންކެޔޮޅުގެ މަގާމަށް ހޮވުނީ ޓީމް ފެހިރިހީގެ އަޒްލިފާ އަޒީޒެވެ.

·        ފުވައްމުލައް ސިޓީ: އެންމެ މޮޅު މަސްވެރިޔާގެ މަގާމް އަބްދުالله އިބްރާހިމް ހޯދީ ޖުމްލަ 17 މަސްބާނައިގެންނެވެ. އަދި ފުވައްމުލައް ސިޓީގެ އެންމެ މޮޅު އަންހެން ކެޔޮޅު ކާމިޔާބު ކޮށްފައިވަނީ ޓީމް މޭރި ބޮލް އިން ސަފާ އަދްނާނެވެ. 

އުރީދޫ މަސްރޭސް 2023 އަކީ ހަމައެކަނި މަސްވެރިކަމުގެ މުބާރާތެއް ނޫނެވެ. އެއީ ރެކޯޑްތައް މުގުރާލައި، މަދުން ނޫނީ ނުބޭނޭ މަސްތަކާއި، ރާއްޖޭގެ މަސްވެރިންގެ އާދަޔާ ހިލާފު ހުނަރުތައް ދައްކާލި މުބާރާތެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ އާދަކާދަ ކުރިއަރަމުން އަންނައިރު، އުރީދޫ މަސްރޭސް އިން ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ވެސް ކުލަގަދަ އަދި ފޯރިއާއެކު އައު ކާމިޔާބީތައް ފެނިގެން ދާނެ ކަމީ ޔަގިންކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު