އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ސަޖިދަ ދިގުކޮށްލި 4 އުދަރެސް ފެނުޖެހިފައިވާ މީހާގެ ހުރިހާ ބޭނުންތައް ކުއްލިއަކަށް ފުއްދަވައިދެއްވައިފި! އަލްޙަމްދުލިﷲ

ޢިބްރަތްތެރި ވާހަކަ: ސަޖިދަ ދިގުކޮށްލި 4 އުދަރެސް ފެނުޖެހިފައިވާ މީހާގެ ހުރިހާ ބޭނުންތައް ކުއްލިއަކަށް ފުއްދަވައިދެއްވައިފި! އަލްޙަމްދުލިﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކޮށް ދުޢާކުރަމުން ގެންދިއުމުން އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަމަށް މިއަދުނޫހުގައި ވަރަށް ގިނައިން ލިޔެފައި އެބަހުރެއެވެ. އެކަމަށް އަޅުގަނޑު ޝައްކުރާތީއެއް ނޫނެވެ. ނަމަވެސް ސުވާލެއް ކޮށްލަން ބޭނުންވެއެވެ. އެއީ އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން މީހެއްގެ ހިތުގައި އުފެދޭ ސުވާލުތަކަށް އޭނާއަށް ޖަވާބެއް ހޯދައިދެވޭތޯއެވެ.  

އެސުވާލަކީ އެފަދަ ތަޖުރިބާއެއް ކުރެވުނު އެކަކާއިވެސް ބައްދަލުވެފައިވޭތޯއެވެ؟  

ކިޔުންތެރިޔާގެ ސުވާލަށްޓަކާ އުފާކުރަމެވެ. ތިރީގައި އެވާ ވާހަކައަކީ މިދިއަ ކޮވިޑް ތެރޭގައި ލޮލަށް ފެނުނު ކަމެކެވެ. އެވާހަކައިގައި ކިޔުންތެރިޔާ ފާހަގަކޮށްފައި އެވަނީ ވަޒިފާ ލިބޭނެކަމުގެ ޔަޤީންކަމުގައި ރާއްޖެ އައި މިޞުރުގެ ޑޮކްޓަރަކަށް ކަންކަން ދިމާވިގޮތެވެ. އޭނާއާއިއެކު ވިޔަފާރިވެރިންގެ މިސްކިތުގައި ވަރަށް ގިނައިން ވަޤުތު ހޭދަކުރެވުނެވެ. އެކުގައި ނަމާދުވެސް ކުރެވުނެވެ. އެއިރު އެމިސްކިތަށް އަރައި އުޅުނު ވަރަށް ގިނަ މީހުންނަށް އޭނާގެ ކަންކަން ރަނގަޅަށް އެނގޭނެއެވެ.  

މިފަދަ ކިތަންމެ ބައަކާއި ވަނީ ބައްދަލުވެފައެވެ. މައްސަލައަކަށްވަނީ އަހަރެމެންނަށް ކެތްތެރިކަމާއިއެކު ޘާބިތުވެނުލެވޭކަމެވެ. ޘާބިތުވެ ލެވިއްޖެނަމަ ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ  

އޭނާއަކީ މައްސަލަތަކުން ފުރިފައި ހުރި މީހެކެވެ. ބޮޑު ހޭދައެއްކޮށްގެން ރާއްޖެއައީ ވަރަށް ބޮޑު އުންމީދަކާއިއެކުގައެވެ. އެއީ ޑޮކްޓަރެއްގެ ވަޒީފާ ލިބޭނެ ކަމުގެ އުންމީދެވެ. ނަމަވެސް ރާއްޖެ އައިތަނުން ކަންކަން މުޅިން އެހެން ގޮތަކަށް ބަދަލުވީއެވެ. ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނުނީއެވެ. 

އޭނާގެ ބަހަކީ "އެކަން ފުރިހަމަކުރައްވަވައި ދެއްވެވުމުން އަހުރެންނަށް އެންމެ ފައިދާކުރާނެ ގަޑިޖެހުމުން ﷲ ތައާލާ އެކަން ފުއްދަވައި ދެއްވަވާނެތެވެ." އެހެންވެ އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަކަށް ނުއެދެއެވެ. މީހުންގެ ގާތަކު އެކަމުގެ ވާހަކަދައްކަމަކުން ނުހިނގައެވެ.  

އޭނާ ކުރާ ކަމަކީ ބަންގީގެ ކުރިން މިސްކިތަށް އެރުމެވެ. ސުންނަތް ނަމާދުތަކުގެ ސަޖިދަ ދިގުކުރުމެވެ. ރަވާތިބު ސުންނަތުގެ 4 ރަކްޢަތް ކުރާނަމަ ފުރަތަމަ 2 ރަކްޢަތުގަ ސަޖިދަ ދިގުކުރާނެއެވެ. ފަހު ދެރަކްޢަތް ދިގުކޮށްފިނަމަ ފަރުޟު ނަމާދަށް ވަޤުތު ނުލިބޭތީ ކުރުކުރާނެއެވެ.  

ސީދާ ބުނާކަށް ނުއެނގެއެވެ. މި މާލެ ސިޓީގެ މިސްކިތެއްގަ މިބަޔާންކުރި ފަދައިން އޭނާ ކަންކަންކުރާތާ މިހާރު 2، 3، 4 މަސްވަރުވެދާނެއެވެ. ކޮވިޑާއި މިވިޑްގައިވެސް އޭނާ މިސްކިތުގައި ޤަވާއިދުން ނަމާދުކުރިއެވެ.  

އުފާވެރިޚަބަރަކީ މީގެ 3 ދުވަސްކުރިން ލިބުނު މެސެޖެވެ. އެދޭ ގޮތަށް ކަންތައްވާނެކަމުގެ މެސެޖެވެ. މިއަދަކީ އޭނާ ހަމަ ސަޖިދައިގައި އޮވެ ދެންނެވިގޮތަށް ޢޭނާގެ ބޭނުން ފުދިގެން ދިއަ ދުވަހެވެ. އޭނާ ރާއްޖެ އައި މަޤްޞަދު ޙާޞިލްވި ދުވަހެވެ! ވަޒީފާ ލިބި، ވަޒީފާ ހަމަޖެހި ވަޒީފާގައި މާލެއިން ރަށަކަށް ފުރި ދުވަހެވެ.  

މީސްތަކުންނޭވެ! މިހިރީ ހަމަ ލޯމަތީގައި ހިނގަމުންދާ ކަންކެމެވެ. މި ވާހަކަތައް ޤަބޫލުކުރަން އުނދަގޫ އެއްވެސް މީހަކު ހުރިނަމަ މިއަދުނޫސް މެދުވެރިކޮށް ބައްދަލުކޮށްލާށެވެ! މިހާމަކުރި ޙަޤީޤަތަށް ހެކިދޭނެ އެތައް ބައަކު މިސްކިތުން ދައްކާނަމެވެ. އިން ޝާ ﷲ  

- މިއަދުނޫހުގެ ކިޔުންތެރިއެއް

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
20%
ރަނގަޅު
40%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް