އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަސް: ބަލިމީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލިމީހުން ބައިވެރިކުރުން

ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަސް: ބަލިމީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލިމީހުން ބައިވެރިކުރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 44 ސިކުންތު

މިއަހަރުގެ ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޞިއްޙީ ޚިދުމަތުގެ ރައްކާތެރިކަމަށް ބަލިމީހުންނާއި ޢާއިލާތަކާއި ބަލަހައްޓާ ފަރާތްތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމުގެ ގޮތުން "ބަލިމީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލިމީހުން ބައިވެރިކުރުން" މި ޝިޢާރުގެ ދަށުންނެވެ. 

ދިރާސާތަކުން ދައްކާގޮތުގައި ބަލި މީހުން އެމީހުންގެ ފަރުވާދިނުމުގެ މަރުހަލާގައި ބައިވެރިންގެ ގޮތުގައި ބައިވެރިކުރުމުން، ބަލި މީހާއަށް ފަރުވާ ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދެ އެވެ. މީގެ އިތުރުން ބަލި މީހާއަށް އެމީހާއަށް ދެވޭ ފަރުވާ އަކީ ރައްކާތެރި ފަރުވާއެއް ކަމުގެ އިހުސާސް މިކަމުގެ ސަބަބުން ގެނެސްދެ އެވެ. މި ކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ބަލިމީހާއަށް ފަރުވާ ދިނުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަން ދިރާސާތަކުން ދައްކަ އެވެ. 

ޑަބްލިއުއެޗްއޯއިން ވަނީ ހަތަރު ކަމަކަށް ބެހިގެންދާގޮތަށް މި އަހަރުގެ ޝިއާރު "ބަލިމީހުންގެ އަޑު އުފުލާށެވެ!" ނަމުގައި ޝިއާރެއް އިއުލާން ކޮށްފައެވެ. މި ޝިއާރުގެ ދަށުން ބައިނަލްއަގްވާމީ އަދި އިޖްތިމާއީ ފެންވަރުގައި މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި ބަލި މީހުންނާއި އެމީހުންގެ އާއިލާތައް ބާރުވެރި ކުރުވުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިރުޝާދު ދެއްވާފައެވެ. 

މި ޝިއާރު މެދުވެރިކޮށް، ސިޔާސަތުތައް އެކުލަވާލުމުގައި ބަލިމީހުން ބައިވެރިކުރުން އިތުރު ކުރުމަށް ސިއްހީ އިދާރާތަކަށް އިރުޝާދު ދީފަ އެވެ. އަދި ހިންގުމުގެ އޮނިގަނޑުތައް އެކުލަވާލުމުގައި ވެސް ބަލިމީހުންގެ ހިއްސާ އިތުރުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

މިކަން ޙާޞިލުކުރުމަށް ބަލި މީހުންނާއި، އާއިލާ ތަކާއި، މުޖްތަމައުގެ ފަރުދުންނަށް، މިނިވަން ކަމާއިއެކު ހިޔާލު ފާޅު ކުރުމުގެ މަގުތައް ތަނަވަސް ކޮށްދެވިފައި ވުމަކީ، މިކަން އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ދެކެ އެވެ.   

ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ ޑަބްލިއުއެޗްއޯއިން ދުނިޔޭގެ އާންމު ސިއްހަތުގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. މިއީ 2019 ވަނަ އަހަރު 72 ވަނަ ވޯލްޑް ހެލްތު އެސެމްބްލީން "ގްލޯބަލް އެކްޝަން އޮން ޕޭޝަންޓް ސޭފްޓީ" ގަރާރާއި ހަވާލާދީ ހާއްސަކުރި ދުވަހެކެވެ. 

ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަސް އުފެއްދުމުގެ މަޤްޞަދަކީ ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ވިސްނުން އިތުރުކޮށް، ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ. އަދި، ބަލިމީހުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޑަބްލިއުއެޗްއޯގެ މެންބަރު ގައުމުތަކުން އެއްބައިވެ މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް މަގު ތަނަވަސްކޮށްދިނުމެވެ. 

މިއަހަރުގެ ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ބައިނަލްއަޤްވާމީ ކެމްޕެއިންގައި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު މުޅި ދުނިޔެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ޤައުމީ ކެމްޕެއިންތަކާއި، ޕޮލިސީ ފޯރަމްތަކާއި، ވަކާލާތުކުރުމާއި ފަންނީ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ޤާބިލްކަން އިތުރުކުރުމުގެ ހަރަކާތްތަކާއި، އެހެން އަހަރުތަކެކޭ އެއްފަދައިން، ފާހަގަ ކުރެވޭ އިމާރާތްތަކާއި، ތަންތަނުގެ އިތުރުން، މުހިއްމު ބިނާތައް އޮރެންޖު ކުލައިން ދިއްލުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. 

ތިރީގައި މިވަނީ، ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރި ކަމުގެ ދުވަހާއި ގުޅޭގޮތުން، އައިޖީއެމްއެޗްގައި އެނދުމަތި ކުރެވިފައިވާ ކުޑަކުއްޖެއްގެ ބެލެނެވެރިޔަކާއި ކުރެވުނު ސުވާލުތަކާއި އެ ސުވާލުތަކަށް އެފަރާތުން ދީފައިވާ ޖަވާބުތަކެވެ. 

ސ. ތިޔަބޭފުޅާގެ ފަރުވާގައި އަމިއްލަ ބައިވެރިވުން ކިހާވަރަކަށް އޮތްތޯ؟

ޖ. "ކޮންމެ ދުވަހަކު ރައުންޑްސް ނިންމާފައި ޑޮކްޓަރު އަހާލާނެ، އެއްވެސް ސުވާލެއް އޮތްތޯ ނުވަތަ ކަމަކާ ދޭތެރޭ ކޮންސާންއެއް އިންތޯ. ދެން އަޅުގަނޑަށް ވެސް އެހެން ޑޮކްޓަރު އަހާލީމައި ވަރަށް ފަސޭހަ ކިޔައިދޭން. ސުވާލެއް ކޮށްލާއިރަށް ޑޮކްޓަރު ޖަވާބުދޭނެ. ދެން ބުނާނެ އެހެންނޫނީޔާ އަހާލާށޭ ނަރުހުންކައިރީގައި ކޮންޑިޝަންއާ ބެހޭގޮތުން. ކޮންމެ ދުވަހަކުވެސް ނަރުހުން ކައިރީގައި އަހާލީމާ ނަރުހުންވެސް ވަރަށް ރަނގަޅަށް ކިޔާލަދޭ ކަންތައްތަށް ހުރި ގޮތް" 

ސ. ތިޔަބޭފުޅުންގެ ކަންބޮޑުވުންތައް ނަރުހުންނާއި ހިއްސާކުރުމަށް ފަސޭހަތޯ؟ ނުވަތަ އެކަމަށް ފުރުސަތު ލިބޭތޯ؟

ޖ. "މިހާރު ބޭބީ މިކޮޅުގައި (އައިޖީއެމްއެޗްގައި) ބާއްވާފައި އޮންނަތާ 21 ދުވަސް މިވީ. ފެށުނީއްސުރެއްވެސް ނަރުހުން ވަރަށް ރަނގަޅު. އެންމެ ފުރަތަމަ ވައިން އިރުވެސް ކިޔައިދިން އަތްދޮންނަން ޖެހޭ ކަމާއި, ގައުންއެއް ލާންޖެހޭ ކަމާ, ބޭބީގެ ސޭފްޓީއަށް އެންމެ ފުރަތަމަ ދުވަހުވެސް ބުނާނެ ދެ ޕޭރެންޓުންނަށްވެސް އާދެވެންޏާމު ދެޕޭރެންޓުންވެސް ބޭބީ ކައިރިއަށް އަންނާށޭ. އޭގެ މުހިންމުކަންވެސް ކިޔައިދިން. ފަސްޓްޓައިމް ޕޭރެންޓަކަށްވީމާ އަޅުގަނޑަކަށްވެސް ނޭނގެ ބޭބީ އެންމެ ފުރަތަމަ އުރާލާކަށެއް. އެކަމު ނަރުހުންވެސް ވަރަށް ރަނގަޅު އަޅުގަނޑުއަތަށް ބޭބީދީ, ބޭބީ ހޯލްޑުކުރަންވީ ގޮތް ކިޔަދިން. ނަރުހުން ވަރަށް ޕޭޝަންޓް އަޅުގަނޑާއެކީގައި އަޅުގަނޑު ފަސްޓްޓައިމް މޯމްއަކަށްވީމައި. 

ސ. އައި.ޖީ.އެމް.އެޗް ގައި ޚިދުމަތް ހޯއްދެވުމުގައި ކުރެވުނު ތަޖުރިބާ ހިއްސާކޮށްދެވިދާނެތޯ؟

ޖ. އަބަދުވެސް, ކޮންމެ ދުވަހަކު ޑޮކްޓަރާ މީޓްކުރަން ޕޭރެންޓުންނަށް ގުޅާނެ ރައުންޑްސް ނިމޭއިރަށް. އެތާންގަ އޮންނައިރުގައި ވަރަށް ބޮޑަށް ނޯޓިސްވި ހުރިހާ ނާސްއެއް ވެސް ވަރަށް ބޭސްބީސުންނާ ކޮމިއުނިކޭޓްކުރާނީ ވަރަށް ލޯބިން. އެކަމާ ވަރަށް އުފާވޭ.

ދެން އިތުރަށް ނޯޓިސްވި އަނެއްކަމަކީ, ކޮންމެ ނަރުހެއްވެސް ބޭބީސް ކައިރިއަށްދާއިރު, ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން, އަތް ސެނިޓައިޒް ކުރުން ފަދަ ކަންކަން ކުރާކަން. އެކަމާހެދިން ބޭބީގެ ސޭފްޓީ ހޮސްޕިޓަލުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް. "

"ކޮންމެ ދުވަހަކުވެސް ރަންޑްސްއަށް ހަމަ ގުޅާނެ. ކޮންމެ ދުވަހަކު ރައުންޑަށް ދިޔައިމައި އެދުވަހުގެ ކޮންޑިޝަން ކިޔައިދޭނެ. ހަމަ ވަރަށް ޑީޓެއިލްކޮށް ކިޔައިދޭނެ ބޭބީގެ ވެއިޓުން ފަށައިގެން, ބޭބީގެ އެއްވެސް ކޮންޕްލެއިނެއް އެދުވަހު އިންތޯ, ނޫނީޔާމު, ޕޭޝަންޓްގެ އެއްވެސް ކޮންސާންއެއް އިންތޯ, ނޫނީ ސުވާލެއް އިންތޯ. ދެން އެ ހުރިހާ އެއްޗެއް ތަފްސީލުވެސް ކޮށްދޭނެ. "

ސ. ޖުމްލަ ގޮތެއްގައި ބުނެދޭނަމަ ލިބޭހިދުމަތާއި ދޭތެރޭ ހިޔާލަކީ ކޮބައިތޯ؟ ރަނގަޅު ކުރެވޭނެ ކަންތައްތައް ހިއްސާކޮށްލެވިދާނެތޯ؟

ޖ. "ޖުމްލަ ގޮތެއްގައި ވަރަށް ވަރަށް އުފާވޭ ލިބޭ ހިދުމަތާ ދޭތެރޭގައި. އަސްލުމިކޮޅުގައި ބޭބީ ބާއްވާފައިދާންވެސް އެހާ ޖެހިލުމެއް ނުވޭ. އެހާ ރަނގަޅު ނަރުހުންވެސް, ޑޮކްޓަރުންވެސް. އުފާވޭ މިތާންގައި ނަރުހުން އެހާ ރަނގަޅަށް ބޭބީ ބަލައިދޭތީ. ނިއު މޯމް އަކަށްވީމައި ވަރަށް ބައިވަރު ކަންކަން ނޭންގުނު ނަމަވެސް, މިކޮޅުގެ ނާސާސް ފަރާތުން ވަރަށް ބައިވަރު ކަންތައްތައް ދަސްވި. ޑޮކްޓާސް ވެސް ކިޔަދިން ވަރަށް ބައިވަރު ކަންތައްތައް. "

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު